Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޝަލްޑްގެ ވެކްސިންގެ ދެޑޯޒް ހަމަކުރުން

ކޮވިޝީލްޑްގެ އެޕޮއިންޓްމަންޓް ނިޒާމު ހަރުދަނާކުރުމަށް އޮންލައިންކޮށް ޓޯކަން ދޫކުރަނީ

ޓޯކަން ދޫކުރަނީ ކޮންމެ ދުވަހެއްގެވެސް ހެދނުނު 09:00ން 12 ޖެހުމައަށް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 5 ޖުލައި 2021 | ހޯމަ 02:27
މާލޭގައި ވެކްސިން ޖެހުމަށް އެކި ފަހަރުމަތިން ވަނީ  މައްސަލަތައް ފެންމަތިވެފައި

މާލޭގައި ވެކްސިން ޖެހުމަށް އެކި ފަހަރުމަތިން ވަނީ މައްސަލަތައް ފެންމަތިވެފައި

ކޮވިޝީލްޑް ވެކްސިން ޖެހުމުގައި ގަވައިދާ ޚިލާފަށް އަމަލުތަކެއް ފެންމަތިވެ، އެޕޮއިންއިންޓްމަންޓް ނިޒާމު ހަރުދަނާކުރުމަށް އޮންލައިންކޮށް ޓޯކަން ނަންބަރު ދޫކުރަން ނިންމައިފިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ޖޫން ގައި ފަށާފައިވާއިރު، ވެކްސިން ޖަހަމުން ދަނީ އެޕޮއިންޓްމެންޓް ހެއްދުމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވެކްސިން ޖެހުމަށް ހުޅުވާލި ފުރަތަމަ ދުވަހު އެޕޮއިންޓްމެންޓް ނަހައްދާ ވެކްސިން ޖަހަންދާކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި އެޕޮއިންޓް ނުހައްދާ ވެކްސިން ޖަހަން ދިއުމުން ވެކްސިން ޖަހައި ނުދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ އިދާރާއިން މިހާރު ދަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށް ގުޅައި އެޕޮއިންޓްމެންޓް ހެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިއަދު ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް އެޗްޕީއޭއިން ގުޅަމުން ގެންދާނެއެވެ. އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ދިއުމަށް ސަމާލުކަންދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. އަދި މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް މިހާރު މިވަނީ އިއުލާންކުރައްވާފައެވެ.

ވެކްސިން ޖަހަން ނިންމާފައިވާ ކޮންމެ ސެންޓަރަކުން ވެކްސިން ދޭނެ މީހުންގެ އަދަދެއް ކަނޑައަޅައި، އެ އަދަދުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުުން މިއިން ކޮންމެ ސެންޓަރެއްގައި ވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ވެކްސިން ޖަހަމުންދާއިރު، މިހާރު އޮތް އިންތިޒާމުގެ ދަށުން ހެނދުނު 10:00ގެ ދަންފަޅިއާއި 13:00ގެ ދަންފަޅިއަށް ބަލަން ހަމަޖައްސާފައިވަނީ އެއް ހަމައެއްގައެވެ. އައު ބަދަލުތަކާއެކު ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުން ކޮންމެ ދަންފަޅިއެއްގައި 200 މީހުންނަށް ޓޯކަން ދޫކުރާނެއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިއަދަދު އުޅެނީ 120 ގައެވެ. އަދި ނެޝަނަލް އާޓް ގެލައރީއިން ވެސް ދެ ދަންފަޅީގެ ތެރެއިން ކޮންމެ ދަންފަޅިއެއްގައި 70 ޓޯކަން ނަންބަރު ދޫކުރާނެއެވެ. ޓޯކަން ދޫކުރަނީ ކޮންމެ ދުވަހެއްގެ ވެސް ހެދނުނު 09:00ން 12 ޖެހުމާ ހަމައަށެވެ. ވެކްސިންގެ މައްސަލަ ހައްލުކުރުމަށް މިވަގުތު އެޕޮއިންޓްމަންޓް ދޫކުރާނީ 1 ފެބްރުއަރީ އާއި 15 މާޗާ ދެމެދު ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.

ވެކްސިން ޖަހަން ދާ ފަރާތްތަކުން ވެކްސިން ކާޑާއި އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާތަން ދެއްކޭނެ ހެދުމެއް ލުމާއި، ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް ވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ. ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި އަދި އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިޔުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށިއިރު އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އޭރު ރާއްޖެއަށް ލިބިފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒެވެ. އިންޑިޔާއިން ކޮވިޝީލްޑް ވެކްސިންގެ އިތުރު 1 ލައްކަ ޑޯޒް ހަދިޔާކުރީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ކޮވިޝީލްޑް ވެކްސިންގެ 3 ލައްކަ ޑޯޒް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިންގެ 1 ލައްކަ ޑޯޒު ރާއްޖެ ގެނައީ މަރޗް މަހުގެ 29 ވަނަ ދުވަހުއެވެ.

ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދަތިތައް ދިމާވީ އިންޑިޔާއިން މާޗް މަހުގެ ފަހުކޮޅު އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރުން މެދުކަނޑާލުމުންނެވެ. އެގައުމުގެ ވެކްސިނޭޝަން ޕްރޮގްރާމްގެ ސްޕީޑް ދަށްވެ ކޭސްތައް އަތްނުފޯރާ ހިސާބަށް ދާންފެށުމުން ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުން މެދުކަނޑާލިއެވެ. ނަމަވެސް ރާއްޖެއަށް މިހާރު ކޮވިޝީލްޑް ވެކްސިންގެ ޝިޕްމެންޓެއް ލިބިފައިވުމުން އަލުން މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މި ވަނީ ފަށާފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން 4 ޖުލައިގައި ވަނީ މަސައްކަތް ފަށާފައިއެވެ. ދެން ރާއްޖޭގައި ޖަހާ ފައިޒާ ވެކްިސންއަކީ އެންމެ ފުރަތަމަވެސް ވަކި ޚާއްސަ ކެޓަގަރީތަކަޖަށް އެޕޮއިންޓްމަންޓް އުސޫލުން ޖަހަމުން އަންނަ ވެކްސިންތަކެކެެވެ.

އެޗްޕީއޭޓްވިޓަރކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"

"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"

07 ސެޕްޓެމްބަރު 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު