Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސްގެ މަތިންދާ ބޯޓު ވެއްޓުން

ފިލިޕީންސްގެ އަސްކަރީ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 45 މީހަކު މަރުވެއްޖެ

މަރުވި މީހުންގެ ތެރޭގައި އާންމުންގެ ތިން މީހަކު ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖުލައި 2021 | އާދީއްތަ 19:00
ފިލިޕީންސްގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވެއްޓުން

ފިލިޕީންސްގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވެއްޓުން

ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ފިލިޕީންސްގެ އަސްކަރީ މަތިންދާބޯޓުގެ ހާދިސާގައި 45 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން އަސްކަރިއްޔާގެ ޖެނެރަލެއް ކަމަށްވާ ކިރިލިޓޯ ސޮބްޖެނާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ވެއްޓިފައިވަނީ c-130 ބޯޓެވެ. ބޯޓު ވެއްޓުނީ ވެރިކަން ކުރާ މެނީލާއާ 1000 ކިލޯ މީޓަރު ދުރުގައި އޮންނަ ޖޯލޯ އައިލެންޑަށެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ބޯޓުގައި 90 މީހަކު ދިޔައީ ދަތުރުކުރަމުންނެވެ. އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ އަސްކަރިއްޔާގެ އޮފިސަރުން ކަމަށާއި، އާންމުންގެ 3 މީހަކު މި ހާދިސާގައި މަރުވެފައިވާ ކަމަށެވެ.

ބޯޓު ވެއްޓުމާއެކު އޭގައި ރޯވެފައިވެއެވެ. މި ހާދިސާގައި އެތައް ބަޔަކު ޒަޚަމް ވެފައިވާ އިރު، 5 މީހަކު އަދި ފެނިފައެއް ނުވެއެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދެމުންދަނީ ކައިރި ހިސާބެއްގައި ހުރި އަސްކަރީ ހޮސްޕިޓަލެއްގައެވެ.

ފިލިޕީންސްގެ ގަޑިން 11:30 ގައި ޖައްސަން އުޅުނު ބޯޓު ރަންވޭގައި ޖައްސަން ޖެހޭ ހިސާބަށްވުރެ މާ ދުރަށް ދެވުމުން އަލުން އުދުއްސައިގަންނަށް މަސައްކަތް ކުރި ނަމަވެސް ބޯޓު ވެއްޓުނީ ކަމަށް، ފިލިޕީންސްގެ އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އަދި ބޯޓު ވެއްޓުމުގެ ކުރިން ބައެއް އޮފިސަރުން ބޯޓުން ފުންމާލިތަން ފެނިފައިވާ ކަމަށް އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ފިލިޕީންސް

އިތުރަށް ކިޔާލަން

03 އެޕްރީލު 2024

ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

03 އެޕްރީލު 2024
ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި
03 ޑިސެމްބަރު 2023

ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

03 ޑިސެމްބަރު 2023
ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ
26 ސެޕްޓެމްބަރު 2022

ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

26 ސެޕްޓެމްބަރު 2022
ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ
31 ޖުލައި 2022

ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ

31 ޖުލައި 2022
ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ
27 ޖުލައި 2022

ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

27 ޖުލައި 2022
ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު