Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޕީލްއެލް ޕޯޓުތައް އިތުރަށް ތަރައްގީކުރުން

ޕޯޓުތައް އިތުރަށް ތަރައްގީކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނަން - ޝާހިދު

4 ޖުލައި 2021 | އާދީއްތަ 10:18

ކުންފުނީގެ މެންޑޭޓްގައި ހުރި މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްކުރާނަން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ޖުލައި 2021 | އާދީއްތަ 10:18
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުންދާ ޕޯޓުތައް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލް އިން ޓްރާންސްޕޯޓްގެ ޚިދުމަތްދިނުން ހުއްޓާލުމާގުޅިގެން ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު ވަނީ ޓްރާންސްޕޯޓް ސެކްޓަރ، ކުންފުނިން ވަކިވެގެން ދިޔަަނަމަވެސް ކުންފުނީގެ މެންޑޭޓްގައި ހުރި މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މާލެ ކޮމާޝަލް ހާބަރާއި ހުޅުމާލެ އާއި ކުޅުދުއްފުށި އަދި އައްޑޫގައި އެމްޕީއެލް އިން ދެމުންދާ ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް އެރުވުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާރު މަސައްކަތްކުރަމުންދާ ގުޅީފަޅު ޕޯޓު ޕްރޮޖެކްޓަކީ އެމްޕީއެލް އިން މިހާރު ކުރަމުންދާ އެންމެ ބުރަ އެއް މަސައްކަތްކަމަށާއި މަސައްކަތްތައް ބައްޓަންކުރާއިރު، މިކަމަށް ވެސް ހާއްސަ އިސްކަމެއްދޭން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ މާލެއިން ގުޅީފަޅަށް ކޮމާޝަލް ހާބަރު ބަދަލުކުރުމަކީ ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮމާޝަލް ހާބަރު ގުޅީފަޅަށް ބަދަލުވެގެންދާއިރު، މަސައްކަތުގެ މާހައުލު އެއްކޮށް ބަދަލުވެގެންދަނީ ކަމަށާއި މިހާރު ބޭނުންކުރަމުންދާ ޓެކްނޮލޮޖީގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފެށޭނެ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ ގުޅީފަޅަށް ޕޯޓުގެ މަސައްކަތްތައް ބަދަލުވުމުން ވަރަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަންކަމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަންތައް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޕޯޓުތަކުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތިނަދޫގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލް އިން ދެމުންދިޔަ ޓްރާންސްޕޯޓުގެ ހުރިހާ ޚިދުމަތެއް މިހާރު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށް އެޚިދުމަތާ އެއްކޮށް އަލްވަދާއު ކިޔާފައެވެ.

އެމްޕީއެލް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް