Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޯޓު

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޭރު މަސްބޯޓެއްގެ ވެރިޔާ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި ބޯޓަކީ ސްރީލަންކާގެ މަސްބޯޓެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖުލައި 2021 | ހޮނިހިރު 17:44
ރާއްޖެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމުން މީގެ ކުރިންވެސް ވަނީ ގިނަ ބޯޓުތަކެއް އަތުލައިގެންފައި

ރާއްޖެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމުން މީގެ ކުރިންވެސް ވަނީ ގިނަ ބޯޓުތަކެއް އަތުލައިގެންފައި

ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޯޓެއް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިބޯޓަކީ ޖޫން މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދަނިކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބޭރުގެ ބޯޓެކެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި މަސްބޯޓު ފެނިފައިވަނީ ލ.އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ސީލައިން-03" ނަމަކަށްކިޔާ ދޯންޏަކަށް ކަމަށެވެ. މި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، ލ.އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވުނު އިރު ބޯޓުގައި ފަސް ފަޅުވެރިން ތިއްބެވެ.

މިބޯޓު ޖޫރިމަނާކުރި ކުރުމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިމަސް ބޯޓު ޖޫރިމަނާކޮށްފައިވަނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

މިކަމާއިގުޅޭ ގޮތުން އިތުރު ތަފްސީލު "ރާއްޖެއެމްވީ"އަށް ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ކޮމްޕްލެއިންސް އޮފިސަރ ހުސައިން ޒަމީލް ވިދާޅުވީ ޖޫން މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސްރީލަންކާގެ ބޯޓެއް ކަމަށެވެ. އަދި މީގެކުރިންވެސް ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޯޓު ފަހަރު ޖޫރިމަނާކޮށްފައިވާނެ ކަމަށް ޒަމީލު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބުނެފައިވަނީ ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަންވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ހުއްދަ، ދުރާލާ ހޯދުމަށްފަހުގައިކަމަށެވެ. ޒަމީލު ވިދާޅުވީ މިމަސްބޯޓު ރާއްޖެ ސަރަހައްދަށް ވަދެފައިވަނީ އެފަދަ ހުއްދައެއް ހޯދައިގެން ނޫން ކަމަށެވެ. މީގެއިތުރުން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ބޯޓު ގެންދިޔުމަށްފަހު އެބޯޓުގައި ވާ ލިޔެކިޔުންތައް ޗެކްކޮށް ބޯޓުގެ ވެރިފަރާތަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިވާކަމަށް ޒަމީލް ވިދާޅުވިއެވެ.

ޒަމީލު ވިދާޅުވީ ހަތަރު ލައްކަ ރުފިޔާއިން ބޯޓު ޖޫރިމަނާކޮށްފައިވަނީ އެބޯޓުން ބާނާފައިވާ މަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާނާފައިވާ މަސްފެނިފައިވާތީ އެމަހުގެ މާކެޓް ވެލިޔުއަށް ބެލުމަށްފަހު ކަމަށެވެ.

ޒަމީލު ވިދާޅުވީ މިބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ އިސްދޫ މުއްޔާ ދިމާލުން 147 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ވިޔަސް ބޯޓުގައި ތިބި ފަޅުވެރިންނަށް އެމީހުންގެ ގައުމަށް ދިޔުމުގެ ފުރުސަތު އޮންނާނެކަމަށް ޒަމީލު ވިދާޅުވިއެވެ. އަދި 30 ދުވަހުގެ ތެރޭގައި ވެރިފަރާތުން ޖޫރިމަނާ ފައިސާ ދައްކަންޖެހޭނެ ކަމަށާއި ނުދައްކައިފިނަމަ އެބޯޓު ދައުލަތަށް ނެގުމަށާއި ބޯޓުގެ ވެރިމީހާއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާނެކަމަށް ޒަމީލު ވިދާޅުވިއެވެ.

މިގޮތަށް ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓު ފަހަރު މީގެކުރިންވެސް ޖޫރިމަނާކޮށްފައިވާއިރު އޭގެތެރެއިން ބައެއް ފަރާތްތަކުން ޖޫރިމަނާ ފައިސާ ދައްކާފައިވެސްވާ ކަމަށް ޒަމީލު ވިދާޅުވިއެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާނެ ކަމަށް ޒަމީލު ވިދާޅުވިއެވެ.

ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މިގޮތަށް ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ އުޅަނދު ފަހަރާއި ގުޅޭ މައުލޫމާތު މަސްވެރިންގެ ފަރާތުން ފޯރުކޮށްދެމުންދާކަން ޒަމީލު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ކޯސްޓްގާޑުގެ އެހީތެރިކަންވެސް ލިބޭކަމަށް ޒަމީލު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު