Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކާގޯ ފްލައިޓެއްގެ އިންޖީނު ފެއިލްވުން

ކާގޯ ފްލައިޓެއްގެ އިންޖީނު ފެއިލްވެ އިމަރޖެންސީކޮށް ކަނޑަށް ޖައްސައިފި

2 ޖުލައި 2021 | ހުކުރު 15:19

މިފްލައިޓުގައި ދަތުރުކުރަމުންދިޔައީ ދެ މީހުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ޖުލައި 2021 | ހުކުރު 15:19
ހަވާއީ ކައިރިން ކަނޑަށް އެމަރޖެންސީކޮށް ޖައްސާފައިވަނީ ފްލައިޓުގެ އިންޖީނުގެ މައްސަލަ ޖެހިގެން

ހަވާއީ ކައިރިން ކަނޑަށް އެމަރޖެންސީކޮށް ޖައްސާފައިވަނީ ފްލައިޓުގެ އިންޖީނުގެ މައްސަލަ ޖެހިގެން

ދެ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ކާގޯ ފްލައިޓެއްގެ އިންޖީނު ފެއިލްވެ ހަވާއީ ކައިރިން އިމަރޖެންސީކޮށް ކަނޑަށް ޖައްސައިފިއެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ބުނީ ރޯޑްސް އެކްސްޕްރެސް 810ގެ ފްލައިޓެއް ހަވާއީގެ ވެރިރަށް ހޮނުލުލޫއިން ދަތުރު ކުރަމުންދިޔަ ކަމަށާއި، މި ފްލައިޓް އިމަރޖެންސީކޮށް ކަނޑަށް ޖައްސާފައިވަނީ އެމެރިކާ ގަޑިން 02:30 ގައެވެ.

މި ފްލައިޓުން ދަތުރުކުރި ޕައިލެޓުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ހަވާއީ ކައިރިން ކަނޑަށް ފްލައިޓް ޖައްސާފައިވަނީ ފްލައިޓުގެ އިންޖީނުގެ މައްސަލަ ޖެހިގެންނެވެ. އިންޖީނުގެ މައްސަލަ ޖެހުމާއެކު ޕައިލެޓުން ވަނީ އަނބުރާ ހޮނުލުލޫއަށް ދާން މަސައްކަތްކޮށްފައެވެ.

އެމެރިކާގެ ކޯސްޓްގާޑާއި ހޮނުލުލޫގެ ފަޔަރ ޑިޕާޓްމަންޓުން ފްލައިޓް ޖެއްސި ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަަމަށް ވެސް ބޭރުގައި މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މި ފްލައިޓަކީ ބޮއިންގ 737 މަރުކާގެ ކާގޯ ފްލައިޓެކެވެ. ބޮއިންގ 737 މަރުކާގެ ބޯޓުތަކަކީ މީގެ ކުރިން ވެސް ވަރަށް ގިނަ މައްސަލަތައް ޖެހިފައިވާ ބޯޓުތަކެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން އުދުހުން މަނާ ކޮށްފައި އޮތުމަށްފަހު، ބޮއިންގ 737 މެކްސްގެ ފްލައިޓްތަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވަނީ މި އަހަރުގެ ކުރީކޮޅުގައެވެ.

ދަތުރުތައް ހުއްޓާލާފައިވަނީ ލަޔަން އެއަރ އަދި އިތިއޯޕިއަން އެއަރގެ ދެ ބޯޓެއް ވެއްޓި، 346 މީހަކު މަރުވި ހާދިސާއަކާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން މައްސަލަ ބަލާފައިވާ ފަރާތްތަކުން ބުނި ގޮތުގައި މަތިންދާ ބޯޓުތައް ވެއްޓެން މެދުވެރިވީ ބޯޓުގައި ހިމެނޭ ފްލައިޓް ކޮންޓްރޯލް ސިސްޓަމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. ބޮއިންގ ކުންފުނިން ވަނީ މިވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ހާދިސާ ހިނގި ފަހުން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފްލައިޓް އުފައްދާ ކުންފުނި ކަމުގައިވާ ބޮއިންގއަށް، މާކެޓް ވެލިއުގެ 26 ބިލިއަން ޑޮލަރު ވަނީ 2019 ވަނަ އަހަރު ގެއްލިފައެވެ. ބޮއިން ކުންފުންޏަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ 737 މެކްސް އުދުހުން މަނާ ކުރި ފަހުން އެކުންފުނިން އުފައްދާފައިވާ އެ މަރުކާގެ 450 މަތިންދާ ބޯޓު އެމެރިކާއިން ބޭރު ކުރުމެވެ.

އެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް