Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރެފިކިންގ އިން ޕަރސަންސް

ޓިއަރ 2ށް ރާއްޖެ ޕްރޮމޯޓް ވެއްޖެ

2017 ވަނަ އަހަރު ހިއުމަން ޓްރެފިކިންގ ވޮޗްލިސްޓުގައި ރާއްޖެ އޮަތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 ޖުލައި 2021 | ހުކުރު 08:01
މާލޭގެ މަގުމަތީގައި މީހުން ގިނަވެފައިވާ ވަގުތެއް

މާލޭގެ މަގުމަތީގައި މީހުން ގިނަވެފައިވާ ވަގުތެއް

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގެ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވެއްޖެއެވެ.

އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެެއްލެވުމަށްފަހު، ޓްރެފިކިންގ ވޮޗްލިސްޓުގައި ހިމަނުއްވާފައެވެ. 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، ހިއުމަން ޓްރެފިކިންއާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޓިއަރ 3 އަށް އޮޓަމެޓިކުން ޑައުންގްރޭޑު ވިޔަ ނުދީ ސަލާމަތްވެފައެވެ.

ޓިއަރ 3 އަށް ވެއްޓުމަކީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާ ނޮން-ހިއުމެނިޓޭރިއަން އެހީ ކަނޑައިލުމަށް މަގުފަހިވާނެ ކަމެކެވެ.

އެމެރިކާ ސަރުކާރުން ބުނީ، ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ނުހަނު ދަތި އުނދަގޫ ހާލަތުގައި ވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ހާސިލްވެފައިވާކަމެވެ.

މިނިސްޓަރ އޮފް ޑިފެންސް، މާރިޔާ އަޙްމަދު ދީދީ ވަނީ، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމާއި ޚާއްޞަ އިސްކަން ފާހަގަކުރައްވާފައެވެ.

ޑިސެމްބަރ 1، 2019 އިން ފެށިގެން، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ ރައީސް އަދި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރާއި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބުރަ މަސައްކަތް ފާހަގަކޮށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމުކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމުކުރުމަށާއި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.

އެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު