Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން ސަރވިސް ބިލަށް ޚިޔާލު ހޯދަނީ

ފޮރިން ސަރވިސްގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

މިބިލް ދިރާސާކުރަމުން އަންނަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖުލައި 2021 | ބުރާސްފަތި 16:13
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރަމުން އަންނަ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ޖުލައި މަހުގެ 15ވަނަ ދުވަހުގެ މެންދުރު 2ގެ ކުރިން ފޮނުވުމަށް އެދޭކަމަށެވެ. އެގޮތުން އީމެއިލްގެ ޒަރީއާއިން ނުވަތަ ލިޔުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޚިޔާލު ފޮނުވުމަށް އެދޭކަމަށެވެ.

Advertisement - newsAdvertisement

މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ބިލުގައި 13 ބާބު ހިމެނޭ ކަމަށާއި، އަދި ބިލު އެކުލެވިގެން ވަނީ 71 މާއްދާގެ މައްޗަށް ކަމަށެވެ. އަދި މި ބިލު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން ކަމަށެވެ.

ބިލުގައި ބުނަނީ މި ގާނޫނަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޒު ކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނު ކަމަށެވެ. އަދި މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު" ކަމަށެވެ.

ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހުތިރާމުކުރުން އިތުރު ކުރުމާއެކު، ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމަށް ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ގާއިމުކުރުން ހިމެނެއެވެ.

އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެކުލަވާލައި ތަންފީޒު ކުރުމަށްޓަކައި ހުނަރުވެރި، އިލްމީ، ތަޖުރިބާކާރު ބައެއްގެ މައްޗަށް އެކުލެވޭ ފުރިހަމަ ފޮރިން ސަރވިސްއެއް ގާއިމުކުރުމަށް މަގުފަހިކުރުން ވެސް ހިމެނެވެ. މީގެ އިތުރުން ޚާރިޖީ ގުޅުންތަކަކީ ދިވެހިރާއްޖެއާއި ބޭރު ދުނިޔެ ގުޅުވައިދޭ އެންމެ މުހިންމު އެއްބަހާ ކަމަށްވުމާއެކު، ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުން އިތުބާރާއެކު ބަލައިގަންނާނެ ފަދަ ފެންވަރަކަށް ރާއްޖޭގެ ޚާރިޖިއްޔާ ތަރުތީބުކޮށް އަތުރާލުމަށް މަގުފަހިކުރުމަކީ ވެސް އެ ގާނޫނުގެ މަގްސަދެކެވެ.

ގާނޫނުގައި ބުނަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތެއްގެމަތިން، ގާނޫނާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ ފޮރިން މިނިސްޓަރު ކަމަށެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެ ކަމަށާއި، ފޮރިން ސެކްރެޓަރީއަކީ ފޮރިން ސަރވިސްގެ އެންމެ އިސްމުވައްޒަފު ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި ގާނޫނުގެ ދަށުން ގަވާއިދުތައް ހަދައި، ހިންގާނީ މިނިސްޓްރީން ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު