Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީގެ އިންކުއަރީ

މިމަހުގެ 8 ވަނަ ދުވަހު އިންކުއަރީ ރިޕޯޓު އާއްމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: އަސްލަމް

ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތުގެ އިންކުއަރީ 241 ކޮމިޓީން ފަށާފައިވަނީ، މެއި މަހުގެ 24ވަނަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޖުލައި 2021 | ބުރާސްފަތި 12:45
މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް،

މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް،

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީ ރިޕޯޓު އަންނަ ހަފްތާ ތެރޭގައި އާއްމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވެފައިވާ ގޮތުގެ އިންކުއަރީ 241 ކޮމިޓީން ފަށާފައިވަނީ، މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި މީހުން ކޮމިޓީއަށް ހާޒިރުކުރަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މެމްބަރު އަސްލަމް ވިދާޅުވީ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މަޝްވަރާގެ ތެރެއިން ރިޕޯޓު އާއްމު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މިމަހުގެ 8 ވަނަ ދުވަހު ރިޕޯޓު އާއްމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިޕޯޓު އާއްމުކުރާނީ މެމްބަރުން ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް ބިނާ ކުރުމަށްފަހު ކަަމަށެވެ. ނަމަވެސް ރިޕޯޓުގައި މާބޮޑު ހިލާފެއް އުޅޭނެކަމަށް ލަފާނުކުރެވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަސައްކަތް ކުރަމުންދަނީ ފުރިހަމަ ރިޕޯޓެއް ނެރުމަށްކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ މަސައްކަތް ކުރީ ޖޫން މަހުގެ ތެރޭގައި އާއްމު ކުރުމަށް ކަމަށެވެ. މަސައްކަތްތައް އަވަސްއަރުވަލައިގެން ރިޕޯޓު އާއްމުކުރުމަކީ މަގުސަދު ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. ކޮމެޓީގެ ބައްދަލުވުންތައް ސިއްރުކުރިކަމުގައިވީ ނަމަވެސް ރިޕޯޓު އާއްމުކުރާނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ރިޕޯޓް އެކުލަވާލާއިރު ހާމަނުކުރެވޭނެ ބައެއް މައުލޫމާތުތައް ހުންނާނެކަމަށާއި އެފަދަ މައުލޫމާތުތައް ހާމަކުރުމުގައި އަމަލުކުރާނެ ގޮތަކާމެދު ކޮމިޓީގައި މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ނުހިމަނާ މައުލޫމާތު ނުހިމަނާ އޮތީ ކީއްވެތޯ ރިޕޯޓްގައި ހިމަނާނެ ކަމަށާއި، ކޮމިޓީގެ ރޫހު ހުރީ ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަކުރުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީގައި 50ށް ވުރެ ގިނަ ބޭފުޅުން ހާޒިރުކޮށްގެން ސުވާލުކޮށްފައިވެއެވެ. މީގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން އެކިއެކި އޮފިސަރުންނާއި މިނިސްޓަރުން ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު