Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ނެޓް ޒީރޯ ކުރުން

ކާބަން ނިއުޓްރަލްކުރާ ވާހަކަ ދެއްކީމަ އޭރު އެންމެން ހީކުރީ އަޅުގަނޑު މޮޔަވީއޭ: ނަޝީދު

29 ޖޫން 2021 | އަންގާރަ 17:01

ގްރީން އިންފްރާ ސްޓަރްކްޗަރއެއް ހެދުމަކީ 'ނެޓް ޒީރޯ'އަށް ވާސިލްވުމުގެ މޮޅު ގޮތް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 29 ޖޫން 2021 | އަންގާރަ 17:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ރާއްޖެއަކީ ކާރބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް 2009ވަނަ އަހަރު އެވާހަކަ ދެއްކެވުމުން އޭރު އެންމެން ވެސް ހީކުރީ އެމަނިކުފާނު "މޮޔަފުޅުވީ"އޭ ކަމަށާއި، ނަމަވެސް މިހާރު އެންމެންނަށް ވެސް އޭގެ މުހިންމުކަން އިހުސާސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ ވިޔަފާރިއާއި އިޤްތިޞާދާބެހޭ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަކީ ޖަޒީރާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ ވަށައިގެންވާ މޫދާއި ކަނޑާއި، އަދި ރާއްޖޭގެ ގުދުރަތީ ރީތި ކަމަކީ ރާއްޖެއަށް ލިބޭ އެންމެ ބޮޑު އެއް ފައިދާ ކަމަށެވެ. މީގެ އިތުރަށް ރާއްޖެ އަކީ ވިޔަފާރިއާއި ކެއިން ބުއިމުގައި ވެސް މޫދާއި ކަނޑަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ މުޅި ދުނިޔޭގެ ވެސް ކަނޑުގެ ސަރަހައްދު "ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ"ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑަށް ހޫނުވެ އޭގެ ސަބަބުން މުރަކައިގެ ބަގީޗާތައް ހަލާކުވަމުން އަންނަ ކަމަށެވެ. އަދި އޯވަރ ފިޝިންގއާއި، މޫދަށް އަޅާ ޕްލާސްޓިކް ކުނީގެ ސަބަބުން ތިމާވެށީގެ އެތައް މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަންކަމަށް އޮތީ އެންމެ ހައްލެއް ކަމަށެވެ. އެއީ ގްރީން ހައުސް ގޭސް ބޭރުކުރުން ހުއްޓާލުން ކަމަށާއި، އެއީ ވަރަށް ވެސް ފަސޭހަ ކަމެއް ކަމަށެވެ. މި ވާހަކައަކީ އެމަނިކުފާނު ވަރަށް ކުރިން ފަށައިގެން ވެސް ދައްކަވާ ވާހަކައެއް ކަމަށާއި، އަދި 2009ވަނަ އަހަރުން ފެށިގެން ރާއްޖެ އަކީ ކާރބަން ނިއުޓްރަލް ގައުމަކަށް ހެދުމުގެ މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކާރބަން ނިއުޓްރަލް ކުރުމުގެ ވާހަކައަކީ ހުޅަނގުގެ ވިސްނުމުގެ އެންވަޔަރަމެންޓަލިސްޓުންނަށް ތަންކޮޅެއް އުނދަގޫ ވާހަކައަކަށް ވެދާނެ ކަމަށެވެ. މިކަމުގައި ދެގޮތެއް އޮންނަ ކަމަށެވެ. އެއްގޮތަކީ އެންމެން އެކީ ގަސްތަކާއި ޖަންގަލި ތެރޭގައި ދިރިއުޅެއް ފެށުން ކަމަށާއި، އަނެއް ގޮތަކީ ޓެކްނޮލޮޖީގެ ތެރެއިން މިކަން ތަރައްގީކުރުން ކަމަށެވެ. އެގޮތުން ގްރީން އިންފްރާ ސްޓަރްކްޗަރއެއް ހެދުން ކަމަށާއި ކާރބަން ނިއުޓްރަލް ކުރުމުގެ މޮޅު، އަދި ޒަމާނާ ގުޅޭ ގޮތަކީ އެއީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިޒަމާނުގައި ކާރބަން ނިއުޓްރަލްއަށް ބޭނުންކުރާ ޒަމާނީ ނަމަކީ "ނެޓް ޒީރޯ" ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުން މި އަމާޒަށް މަސައްކަތްކުރާތަން ފެނުމަކީ ވަރަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް