Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްލޮރިޑާގައި އިމާރާތެއް ވެއްޓުން

ފްލޮރިޑާގައި އިމާރާތް ވެއްޓުނު ހާދިސާގައި މިހާތަނަށް ފަސް މަރު

މިހާތަނަށް 130 މީހަކު ސަލާމަތް ކުރެވިފައިވާ އިރު، 156 މީހަކު އަދިވެސް ނުފެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޖޫން 2021 | އާދީއްތަ 09:54
ފްލޮރިޑާގައި އިމާރާތެއް ވެއްޓުން - މިހާތަނަށް 5 މީހަކު މަރުވެފައިވާ އިރު އެކަކު ދެނެގަނެވިފައެއް ނުވޭ

ފްލޮރިޑާގައި އިމާރާތެއް ވެއްޓުން - މިހާތަނަށް 5 މީހަކު މަރުވެފައިވާ އިރު އެކަކު ދެނެގަނެވިފައެއް ނުވޭ

ފްލޮރިޑާގެ އާންމުން ދިރިއުޅެމުން އައި އިމާރާތެއް ވެއްޓުނު ހާދިސާގައި މިހާތަނަށް 5 މީހަކު މަރުވެއްޖެއެވެ.

މިއާމީ ޑޭޑް ކައުންޓީ މޭޔަރ ޑެނިއެލާ ލެވިން ކާވާ ވިދާޅުވީ ބިމާ ހަމަވެފައިވާ އިމާރާތުގެ ދަށުން ހޮނިހިރު ދުވަހުގެ ނިޔަލަށް 5 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އަދިވެސް އިމާރާތުގެ ދަށުގައި މީހުން ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭ ކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުންނާއި ހަވާލާދީ މޭޔަރު ވަނީ ވިދާޅުވެފައެވެ.

މަރުވި މީހުން ދެނެގަތުމަށް އުނދަގޫތަކެއް އެބަހުރި ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އަދި އެއީ ކޮންބައެއްކަން ކަށަވަރު ކުރުމަށްޓަކައި ޑީއެންއޭ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އިމާރާތުގައި ދިރިއުޅެމުން ދިޔަ އާއިލާތަކުގެ ޑީއެންއޭ އެއްކުރަމުންދާ ކަމަށެވެ.

މިހާތަނަށް ދެނެގަނެވިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އެންޓޯނިއޯ ލޮޒާނޯ އާއި 79 އަހަރުގެ ގްލެޑީސް ލޮޒާނޯގެ އިތުރުން 54 އަހަރުގެ މެނުއެލް ލަފޮންޓް ކަމަށް މިއާމީ ޑޭޑް ގެ ފުލުހުން ވަނީ ބުނެފައެވެ. މީގެ ކުރިން 54 އަހަރުގެ ސްޓޭސީ ފެންގް ވެސް ވަނީ ދެނެގަނެވިފައެވެ.

އެންޓޯނިއޯ އާއި ގްލޭޑީސްގެ ހަށިގަނޑު ފެނިފައިވަނީ އިމާރާތުގެ 903 ވަނަ އެޕާޓްމަންޓުންނެވެ. އެންޓޯނިއޯގެ ހަށިގަނޑު ފެނުނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ގްލެޑީސްގެ ހަށިގަނޑު ފެނުނީ 25 ވަނަ ދުވަހުއެވެ.

5 ވަނައަށް ފެނުނު މީހާއަކީ ކާކުކަމެއް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. މިހާތަނަށް 130 މީހަކު ސަލާމަތް ކުރެވިފައިވާ އިރު، 156 މީހަކު އަދިވެސް ނުފެނެއެވެ. އަދި މިހާތަނަށް އައި އިރު އިމާރާތް ވެއްޓެން ދިމާވި ސަބަބެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިމާރާތުގެ 136 ޔުނިޓްގެ ތެރެއިން 55 ޔުނިޓެއް ވަނީ ބިމާ ހަމަވެފައެވެ. އިމާރާތް ވެއްޓުނީ ބުރާސްފަތި ދުވަހުގެ ދަންވަރު 1:30 ހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިމިޝްގަށް ތިން ކާރު ބޮމުގެ ހަމަލާ، ހަތް މީހުން މި ހާދިސާގައި މަރުވި

ދިމިޝްގަށް ތިން ކާރު ބޮމުގެ ހަމަލާ، ހަތް މީހުން މި ހާދިސާގައި މަރުވި

02 ޖުލައި 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

23 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ކޮލަމްބޯގެ ކުނިފުންޏެއް ފުރޮޅާލުން: މިހާތަނަށް 29 މަރު، އިތުރު 30 މީހުން ނުފެނޭ

ކޮލަމްބޯގެ ކުނިފުންޏެއް ފުރޮޅާލުން: މިހާތަނަށް 29 މަރު، އިތުރު 30 މީހުން ނުފެނޭ

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު