Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ކޮވިޑް ފެތުރުނުގޮތް

ޗައިނާގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ކޮވިޑް ފެތުރެމުން ދިޔަކަމަށް ބެލެވޭ: ދިރާސާ

އެންމެ ބޮޑަށް އަންދާޒާކޮށްފައިވަނީ ވައިރަސް ފެނިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޖޫން 2021 | ހޮނިހިރު 02:11
ޗައިނާގައި ކޮވިޑަށް އެންޓިބޮޑީ ޓެސްޓު ހަދަނީ

ޗައިނާގައި ކޮވިޑަށް އެންޓިބޮޑީ ޓެސްޓު ހަދަނީ

ޗައިނާގެ ވުހާން އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމުގެ ދެ މަސް ދުވަސްކުރިން 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޗައިނާގައި ކޮވިޑް-19ގެ ވައިރަސް ފެތުރެމުންދިޔަ ކަމަށް ބެލެވޭކަމަށް އެކަމާއި ގުޅިގެން ކުރިޔަށްގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

ހުކުރު ދުވަހު މިދިރާސާގެ ކަރުދާސް ޝާއިއުކޮށްފައިވަނީ ޕީއެލްއޯއެސް ޕެތަޖެންސް ޖަރނަލްއެއްގައެވެ. މިދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ބްރިޓެން ޔުނިވަރސިޓީ އޮފް ކެންޓުންނެވެ. ދިރާސާގައި ބޭނުންކޮށްފައިވަނީ ކޮންޒަރވޭޝަން ސައިންސްގެ މެތަޑްތަކެވެ. މިމެތަޑްތައް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއިން ހާމަވެފައިވަނީ ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ކުރީކޮޅުން ފެށިގެން ނޮވެމްބަރ މަހުގެ މެދުތެރެއާ ހިސާބާ ހަމައަށެވެ.

މިދިރާސާގައި އެންމެ ބޮޑަށް އަންދާޒާކޮށްފައިވަނީ ވައިރަސް ފެނިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުކަމަށެވެ. މިވައިރަސް މުޅި ދުނިޔެއަށް ފެތުރެން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށްވެސް ދިރާސާގައި ވަނީ އަންދާޒާކޮށްފައެވެ.

ޗައިނާއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭހެއް ފެނިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް އަންގާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެއީ ވުހާންގެ ސީފުޑް މާރުކޭޓަކާއި ގުޅުވައެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ގޮތާއި ފެތުރުނު ގޮތުގެ މައްޗަށް ޗައިނާ އާއި ޑަބްލިޔުއެޗްއޯ ގުޅިގެން ހަދާފައިވާ ދިރާސާއެއް ވަނީ މަރޗް މަހު ޝާއިއުކޮށްފައެވެ. މިދިރާސާގައިވާ ގޮތުގައި ވުހާން ގައި ވައިރަސް ފެތުރުމުގެ ކުރިން އިންސާނުންގެ މެދުގައި ވައިރަސް ފެތުރިފައިވާ ކަމަށް ބެލެވެއެވެ.

އަނެއްކޮޅުން ކުރިން ރިވިއުކޮށްފައިނުވާ ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑްގެ ކޭސްތަކެއްގެ ސީކިޔެންސްތަކެއް ސިއަޓަލްގެ ފްރެޑް ހަޓިޗްސަން ކެންސަރ ރިސަރޗް ސެންޓަރުން ވަނީ މިހަފްތާގައި ހޯދާފައެވެ. މިއީ ކުރިން ފޮހެލާފައިވާ ސީކުޔެންސްއެކެވެ.

މިޑާޓާތަކުން އެނގޭގޮތުގައި ވުހާންގެ ހުނާން މާކެޓުން ފެނިފައިވާ ވައިރަސް އަކީ މުޅިން ކޮވިޑް ވައިރަސްގެ ސާމްޕަލްސް އެއް ނޫނެވެ. ނަމަވެސް އެއީ އޭރު ޗައިނާގެ އެހެން ހިސާބުތަކުގައި ފެތުރެމުންދިޔަ އެންމެ ކުރީއްސުރެވެސް އުޅޭ ވައިރަސްގެ ވޭރިއަންޓެއްގެ ސީކިޔުންސްއެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ބުނާގޮތުގައި މިސާމްޕަލްތައް ދިރާސާކުރުމަށް ވަނީ 2020 ވަނަ އަހަރުގެ މަރޗް މަހު ސީކުޔެންސް ރީޑް އަރކައިވް (އެސްއާރުއޭ) އަށް ލާފައެވެ. ނަމަވެސް ޗައިނާއިން މިކަން ތަހުގީގުކުރަމުންދިޔަ ފަރާތްތަކުގެ އެދުމުގެ މަތިން މިސީކުޔެންސް ވަނީ ފޮހެލާފައެވެ. އެއީ ފަހުން އެސީކުޔެންސް އަޕްކުރާނެކަމަށާއި އޭގެ ތަފްސީލުތައް އެހެން އަރކައިވްއަކަށްދޭނެ ކަމަށް ބުނެއެވެ.

މިސީކުޔެންސް ޗައިނާއިން ފޮހެލަން އެންގުމުން ފާޑުކިޔާ ފަރާތްތަކުން ވަނީ މިއީ ޗައިނާއިން ކޮވިޑް-19ގެ އަސްލު އޮޅުވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިދޭ އިތުރު ހެއްކެއް ކަމަށް ބުނެފައެވެ.

އެގޮތުން ވުހާން އިން ފެނުނު ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގޮތް ބަޔާންކޮށްދެވޭނެވަރުގެ ސީކުޔެންސެއް ފޮހެލުމަށް ސައިންސްވެރިންތަކެއް އަންގާނީ ކޮން ބޭނުމެއްގައިތޯ އަންނަނީ ސުވާލު އުފައްދަމުންނެވެ.

އަނެއްކޮޅުން ކޮވިޑްގެ އަސްލު ދެނެގަތުމަށް އޮސްޓްރޭލިއާގެ ސައިންސްވެރިން ތަކެއް ކުރިޔަށް ގެންދިޔަ ދިރާސާއެއް ބުރާސްފަތި ދުވަހު ވަނީ ސައިންޓިފިކް ރިޕޯޓްސް ޖަރނަލްގައި ޝާއިއުކޮށްފައެވެ. މިދިރާސާގައި ބޭނުންކޮށްފައިވަނީ ވައިރަސްގެ ޖެނޮމިކް ޑާޓާއެވެ. މިދިރާސާއިން އެނގޭގޮތުގައި ވައިރަސް އެންމެ ފަސޭހައިން ޖެހެނީ އެހެން ދިރޭއެއްޗިއްސަށްވުރެ ބޮޑަށް އިންސާނުންނަށެވެ. މާނައަކީ އެންމެ ފުރަތަމަ ވައިރަސް ފެނުނުއިރުވެސް ވަނީ އިންސާނުންގެ ހަށިގަނޑަށް ވަދެ ވައިރަސްއަށް ބަދަލުތައް އަންނަން ފަށާފައެވެ.

އަދި އިންސާނުންނާ ހަމައަށް ވައިރަސް ވާސިލްވުމުގައި އެހެން ޖަނަވާރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ވައިރަސް އަކީ ޗައިނާގެ ލެބޯޓްރީއަކުން އުފައްދާފައިވާ ވައިރަސް އެއްކަމަށް ދެކެވެމުންދާ ވާހަކަތައް މިހޯދުމާއެކުވެސް އެއްކޮށް ދޮގުނުކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

މިހާރު ހޯދިފައިވާ ހޯދުންތައް އިތުރަށް ފުޅާކޮށް އިތުރު ޓެސްޓްތަކެއް ކުރިޔަށް ގެންގޮސްގެންނޫނީ ކޮވިޑްގެ އަސްލު ދެނެނުގަނެވޭނެކަމަށް ސައިންސްވެރިން ދެކެއެވެ.

އެހެންނަމަވެސް ވައިރަސް އަކީ ލެބޯޓްރީއަކުން ލީކުވި ވައިރަސްއެއް ކަމަށް ދެކެވޭ ވާހަކަތަކާއި ވައިރަސްގެ އަސްލު ދެނެގަތުމަށް އިތުރު ދިރާސާތަކެއް ކުރެވެންޖެހޭ ކަމަށް ދެކެވޭ ވާހަކަތަކާއެކު އަދި މިކަމަށް އިތުރު ވަގުތުނަގާނެކަމަށް ސައިންސްވެރިން ދެކެއެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު