Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެލެތޯނުން އެއްކުރެވުނު ފައިސާ ހަވާލުކުރުން

ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯނުން އެއްކުރެވުނު ފައިސާ ފަލަސްތީނާ ހަވާލުކޮށްފި

ޗެކާ ހަވާލުވެވަޑައިގެންނެވީ މެލޭޝިއާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ވަލީދު އަބޫ އަލީ

ރާއްޖެ އެމްވީ | 25 ޖޫން 2021 | ހުކުރު 12:50
ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯނުން އެއްކުރެވުނު ފައިސާ ފަލަސްތީނާ ހަވާލުކުރުމުގެ ރަސްމިއްޔާތު

ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯނުން އެއްކުރެވުނު ފައިސާ ފަލަސްތީނާ ހަވާލުކުރުމުގެ ރަސްމިއްޔާތު

އިޒްރޭލުގެ އުދުވާނުގެ ސަބަބުން ފުނޑުފުނޑުވެފައިވާ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް "ދިވެހިން ފަލަސްތީނާއެކު" މި ނަމުގައި ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނުން އެއްކުރެވުނު ފައިސާ ފަލަސްތީނުގެ ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ހުކުރު ދުވަހު މެންދުރު ފަހު ތިނެއް ޖެހިއިރު ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ރާއްޖެޓީވީގެ ފަރާތުން ފަލަސްތީނުގެ ސަރުކާރާ 104,749.65 ޑޮލަރުގެ ޗެކް ހަވާލުކޮށްދެއްވީ ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމެވެ. ފަލަސްތީނުގެ ސަރުކާރުގެ ފަރާތުން ޗެކާ ހަވާލުވެވަޑައިގެންނެވީ މެލޭޝިއާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ވަލީދު އަބޫ އަލީއެވެ. އޭނާއަކީ ފަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުވެސްމެއެވެ.

Advertisement - newsAdvertisement

"ދިވެހިން ފަލަސްތީނާއެކު" މިނަމުގައި ރާއްޖެޓީވީން ޓެލެތޯނެއް ކުރިއަށް ގެންދިޔައީ 21 މެއި 2021 ވީ ހުކުރު ދުވަހުގެ ހެނދުނު ހަޔަކުން ފެށިގެން 22 މެއި 2021 ވީ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއްގެ ނިޔަލަށެވެ، ކޮވިޑު-19 ޕެންޑެމިކްގެ ތެރޭގައި މުޅިއެކު 34 ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ޓެލެތޯނުން 1،615،239.65 ދިވެހި ރުފިޔާ ވަނީ އެއްކުރެވިފައެވެ. އެއީ އެމެރިކާ ޑޮލަރުން 104,749.65 އެވެ. ފަލަސްތީނުގެ ސަފީރާ ހަވާލު ކުރެވުނީ އެ އަދަދެވެ.

ޗެކް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމު ވިދާޅުވީ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު އެއްކުރުމުގެ ގޮތުން މި ޓެލެތޯން އިންތިޒާމްކުރެވުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ކަމަށް ވިޔަސް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވަނީ ވަރަށްވެސް ބޮޑު އެއްބާރުލުމެއް ކަމުގައެވެ. ގާޒާ އަލުން އާރާސްތު ކުރުމަށް ބޭނުންވާ އަސްލު އަދަދަށް ނިސްބަތްކުރާއިރު މިއީ ވަރަށް ކުޑަ އަދަދެއް ކަމުގައިވިޔަސް ފުނޑުފުނޑު ވެފައިވާ ސިއްހީ ޚިދުމަތުގެ ދާއިރާ އަލުން ކޮޅަށް ޖެހުމުގައި މި ހަދިޔާވެސް މުހިއްމުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މިއީ ދިވެހިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު އޮންނަ އަޚުވަންތަކަމުގެ ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް އަހުމަދު ސަލީމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު