Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާތައް ޖޫރިމަނާކުރުން

ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް ޚަބަރުފަތުރައިގެން އަވަސް އޮންލައިން ޖޫރިމަނާކޮށްފި

24 ޖޫން 2021 | ބުރާސްފަތި 09:56

ބެލެވޭ ގޮތުގައި ފިޔަވަޅު އެޅީ މަރާލި 13 އަހަރުގެ ކުއްޖާގެ ޚަބަރުތަކާ ގުޅިގެން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 24 ޖޫން 2021 | ބުރާސްފަތި 09:56
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް ކުއްޖާ ފެނުނު ސަރަހައްދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް ކުއްޖާ ފެނުނު ސަރަހައްދު

ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް ޚަބަރުފަތުރައިގެން އަވަސް އޮންލައިން ޖޫރިމަނާކޮށް އިތުރު ތިން މީޑިއާއަކަށް ޖެންޑަރ މިނިސްޓްރީ އިން އިންޒާރު ދީފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް މީޑިއާގައި މައުލޫމާތު ހާމަކުރަމުންދާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި، 33 ވަނަ މާއްދާ އަދި 53 ވަނަ މާއްދާގެ ދަށުން ތިން މީޑިއާ އަކަށް ނޯޓިސްދީ އަވަސް އޮންލައިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އެގޮތުން އަވަސް އޮންލައިން ޖޫރިމަނާކޮށްފައި ވަނީ 2000 ރުފިޔާއިންނެވެ.

Advertisement - newsAdvertisement

ނޯޓިސް ދީފައި ވަނީ ވަގުތު އޮންލައިން، ވަން އޮންލައިން އަދި އަދަދު އޮންލައިންއަށެވެ. މި ފިޔަވަޅުތައް އަޅާފައި މިވަނީ ކޮން ޚަބަރަކާ ގުޅިގެންކަމެއް ހާމަނުކުރި ނަމަވެސް ބެލެވޭ ގޮތުގައި މިއީ ދާދި ފަހުން ރަހީނުކޮށް މަރާލި އުމުރުން 13 އަހަރު ކުޑަ ކުއްޖާއާ ގުޅިގެން ޝާއިއުކޮށްފައިވާ ހަޚަބަރުތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ.

މި މަހުގެ 14 ވަނަ ދުވަހު މީޑިއާ ކައުންސިލް އިން ވެސް އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައުލޫމާތު މީޑިއާތަކުން ހާމަކުރާއިރު, މީހަކު 18 އަހަރުވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ވެސް ހާމަކޮށްގެން ނުވާނެއެވެ. އަދި ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއްގައި ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މައުލޫމާތެއް މީޑިއާތަކުގައި ހާމަކުރުމަކީ މަނާކަމެކެވެ.

އެގޮތުން ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިއު ކުރުމަކީ މަނާކަމެކެވެ. އަދި ކުއްޖާގެ މައުލޫމާތު ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ވެސް ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިއު ކުރުމަކީ މަނާކަމެކެވެ.

އުސޫލުގައިވާ ގޮތުން ކުށްކުރާ ކުއްޖާގެ ސްކޫލާއި އެޑްރެސް އަދި ނަން ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ޝަރީއަތުގެ މަރުހަލާގެ ތެރެއިން ވެސް އާންމުކުރުމަކީ މަނާކަމެކެވެ. ނަމަވެސް ކުއްޖާގެ މަސްލަހަތަށް ޓަކައި ކަނޑައެޅިފައިވާ ހާލަތުތަކެއްގައި، އަދި ލިޔުމުން ރެކޯޑު ކުރެވޭ ސަބަބުތަކަށް ޓަކައި، ކޯޓުން ހުއްދަކުރާ މައުލޫމާތުތަކެއް މީޑިއާގައި އަދި އެ ނޫން ވެސް ވަސީލަތްތަކުގައި އާންމުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރަށް ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށްޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ވެސް މަނާކަމެކެވެ. އެގޮތުން ކުއްޖާގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް، ނުވަތަ ނުސީދާ ގޮތުން ވެސް ކުއްޖާ އަކީ ކާކުކަން ދޭހަވާ ނުވަތަ ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް އާންމުކުރުމަކީ ވެސް މަނާކަމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
03 މެއި 2017

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް