Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނިމާދޫ އެއާޕޯޓު ތަރައްގީކުރުން

އެއާޕޯޓު ތަރައްގީކުރަން މިނިސްޓްރީން އެދުނު ވަރުގެ ބިމެއް ދޭން ކަންބޮޑުވޭ – ހަނިމާދޫ ކައުންސިލް

24 ޖޫން 2021 | ބުރާސްފަތި 06:27

މިކަމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު ފަތުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 24 ޖޫން 2021 | ބުރާސްފަތި 06:27
ހަނިމާދޫ އެއަރޕޯޓް

ހަނިމާދޫ އެއަރޕޯޓް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން އެދުނު ވަރުގެ ބޮޑު ބިމެއް ދޭން ކަންބޮޑުވާކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން ވަނީ އެރަށު ކައުންސިލަށް ހުށަހަޅާފައެވެ. އެއީ މުސްތަގުބަލުގައި އެއާޕޯޓު ބޮޑުކުރުމަށާއި، އެބިމުން ބައެއް، އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ މައި މަރުކަޒު ބިނާކުރުމަށް ބޭނުންކުރުމަށާއި، އެއަރޕޯޓާއެކު ހަދާ ސިޓީ ހޮޓަލަށް ބޭނުންކުރުމަށެވެ.

Advertisement - newsAdvertisement

ހަނިމާދޫއިން މިވަރުގެ ބިމެއް ދިނުމާމެދު އެރަށުގެ ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައްޔިތުންގެ އެ ކަންބޮޑުވުންތައް މި މަހުގެ 6 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައި ވާކަމަށް ކައުންސިލުން ބުނެއެވެ. އަދި އެއާޕޯޓުގެ ތަރައްގީއަށް އެވަރުގެ ބޮޑު ބިމެއް ބޭނުންވޭތޯ މިނިސްޓްރީގައި ދަންނަވާފައި ވާކަމަށް ކައުންސިލުން ބުނެއެވެ.

ހަނިމާދޫ ކައުންސިލަށް ޕްލޭނިން މިނިސްޓްރީން ފޮނުވި ޖަވާބާ ހަވާލާދީ، ކައުންސިލުން ބުނީ، ހަނިމާދޫ އެއާޕޯޓުގެ ބައުންޑްރީއަށް އިތުރުކުރުމަށް 853،937 އަކަފޫޓުގެ ބިމަކީ ވަރަށް މުހިންމު ބިމެއްކަމަށް މިނިސްޓްރީން އަންގާފައި ވާކަމަށެވެ.

މި ވަރުގެ ބޮޑު ބިމެއް ދިނުމާމެދު ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ޕްލޭނިން މިނިސްޓްރީއާ މަޝްވަރާ ކުރަމުން ދާކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ އެވަރުގެ ބޮޑު ބިމެއް ނުދީ، ނުވަތަ މިނިސްޓްރީން އެދޭ ބިން ވީހާވެސް ކުޑަކޮށް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުއަށް އިތުރުކޮށް، މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ވޭތޯ މިނިސްޓްރީއާ މަޝްވަރާ ކުރަމުން ދާކަމަށް ކައުންސިލުން ބުނެއެވެ.

ހަނިމާދޫ ކައުންސިލުން ވަނީ ކައުންސިލް ބަދުނާމު ވާގޮތަށް، ކައުންސިލްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހަގީގަތާ ޚިލާފު ވާހަކަ ނުވަތަ ފޮޓޯ މީސް މީޑިއާގައި ހާމަކުރާތީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އެކަން ކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
25 ފެބުރުއަރީ 2017

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް