Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިއްސާރާގައި ލިބުނު ގެއްލުމަށް އެހީވުން

ވިއްސާރާގައި ގެއްލުންވި 8 ރަށަކަށް 1.4 މިލިޔަން ރުފިޔާގެ އެހީއެއް!

23 ޖޫން 2021 | ބުދަ 13:36

އެންޑީއެމްއޭއިން ގެއްލުން ދެނެގަތުމަށް އެސެސްމަންޓްގައި 562 ގެއެއް އެސެސްކޮށްފައިވޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 23 ޖޫން 2021 | ބުދަ 13:36
މެއި މަހު ކުރި ވިއްސާރައިގައި ގިނަ ރަށްތަކަކަށް ވަނީ ގެއްލުންވެފައި

މެއި މަހު ކުރި ވިއްސާރައިގައި ގިނަ ރަށްތަކަކަށް ވަނީ ގެއްލުންވެފައި

މިދިޔަ މެއި މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ގެއްލުންވި 8 ރަށަކަށް 1.4 މިލިޔަން ރުފިޔާގެ އެހީ ވާން ނިންމައިފިއެވެ.

ވިއްސާރާގައި ގޭބިސީ ފެންވަރުގައި ބޯހިޔާވަހިކަމަށާއި، ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުންވި މިންވަރު ބެލުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންްޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ އެސެސްމެންޓެއް ހަދާފައެވެ. އެސެސްމަންޓްގައި 562 ގެއެއް އެސެސްކޮށްފައިވެއެވެ. އެސެސްމެންޓް ނިންމުމަށް ފަހު އެންޑީއެމްއޭއިން ވަނީ ރިޕޯޓުގެ ހޯދުންތައް ހާމަކޮށްފައެވެ. އެގޮތުން ގެއްލުންވި 8 ރަށެއްގެ 384 ގެޔަކަށް 1.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މޭ މަހު ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ގެތަކަށެވެ. އެގޮތުން ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމަށް މައްސަލަތައް ދިމާވެ ނަޖިސްބޭރުވުމުގެ މައްސަލަވެސް ކުރިމަތިވިއެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި، ހއ. ދިއްދޫ، އަދި އެ އަތޮޅު އުލިގަމަށްވެސް ވަނީ ނިސްބަތުން ގިނަ ގެއްލުންތަކެއް ވެފައެވެ. މިރަށްރަށުގެ އިތުރުން މިފަހަރު އެހީ ފޯރުކޮށްދޭނީ ނ. މަގޫދޫ، ހދ. ނެއްލައިދޫ، އަދި ރ. ދުވާފަރަށެވެ.

އެންޑީއެމްއޭގެ އެސެސްމަންޓުން ދައްކާ ގޮތުގައި ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން 3.9 މިލިއަން ރުފިޔާއަށް އަރައެވެ. އެ ގެއްލުމަށް އެހީގެ ގޮތުގައި 794،015 ރުފިޔާ ދިނުމަށް އެންޑީއެމްއޭން ވަނީ ނިންމައިފައެވެ. އަދި އިމާރާތްތަކަށް ލިބުނު ގެއްލުން 642،849 ރުފިޔާއަށް އަރާއިރު އެހީގެ ގޮތުގައި އެ އަދަދަށް ފައިސާ ދޭން އެންޑީއެމްއޭން ވަނީ ނިންމައިފައެވެ. އެންޑީއެމްއޭގެ އެސެސްމަންޓްގައި ވަނީ ވިއްސާރައިގެ ސަބަބުން ދަނޑު ބިންތަކާއި، އާންމު ޚިދުމަތްދޭ އިމާރާތްތަކާއި، އޮޑި ދޯނިފަހަރަށް ގެއްލުންވެގެން، އިތުރު 13 ރަށަކުން ރިޕޯޓްކޮށްފައިވާކަންވެސް ހާމަކޮށްފައެވެ. އެހެންނަމަވެސް، މި ރަށްރަށާއި ބެހޭ މައުލޫމާތެއް، އަދި އެހީ ދިނުމުގެ ތަފުސީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ދޭތެރެދޭތެރެއިން ކުރާ ވިއްސާރައިގައި ރާއްޖޭގެ ރަށްތަކަށް ލިބޭ ގެއްލުން ދަނީ ބޮޑުވަމުންނެވެ. މިފަހުން ކުރި ވިއްސާރައިގައި ހއ. ހޯރަފުއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި އެ ރަށު އެއާޕޯޓަށް ކުރާ ދަތުރުތައް ވެސް ހުއްޓާލަން ޖެހުނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، މެއި މަހު މޫސުން ގޯސްވެ ވާރޭވެހުމާއި، އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ރަންވޭއަށް ގިނަ އަދަދެއްގެ ވެއްޔާއި ގައު އަރާފައިވާ ކަމަށެވެ. އަދި އެތަކެތި ސާފު ކުރުމަށް ކައުންސިލުން ގޮވާލި ގޮވާލުމަށް އިޖާބަ ދީ މުޅި ހޯރަފުށީ ރައްޔިތުން ކަހަލަ ގޮތަކަށް ނުކުމެ ވަރަށް ޖޯޝާއެކު މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހއ. ހޯރަފުށީ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތައް 8 ޖޫން 2021ގައި ވަނީ ނިންމާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް