Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު

އެސްއެމްއީތަކަށް އެހީތެރިވުމަށް ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ތައާރަފުކޮށްފި

23 ޖޫން 2021 | ބުދަ 11:20

ލޮކްޑައުންގައި އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކަށް އިސްކަންދެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖޫން 2021 | ބުދަ 11:20
ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ޕެކޭޖް ދޫކުރަން ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ، ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް

ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ޕެކޭޖް ދޫކުރަން ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ، ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ގޮތުގައި ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން އެކުލަވާލާފައިވާ ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ޕެކޭޖްތަކުގެ ސަބަބުން ވިޔަފާރިތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި ޕެކޭޖްތަކަކީ މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކުރާ ޕެކޭޖްތަކެކެވެ. އެގޮތުން މިސްކީމަކީ ރިލީފް ލޯނަކަށްވުރެ ބޮޑަށް އެސް.ޑީ.އެފް.ސީ ގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން، ކޮންސަލްޓަންޓުންގެ އެހީތެރިކަމާއެކު ލޯނުތަކަށް އެދޭ ފަރާތްތަކާ މަޝްވަރާކުރެވިގެން، އެ ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަށް، އެއަށް ބޭނުންވާނެ ފައިސާއާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ދީގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްކީމެކެވެ.

ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ޕެކޭޖް ދޫކުރަން ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ، ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރިތަކަށެވެ. އެގޮތުން ތިން ޕެކޭޖެއް މި ސްޓިމިއުލަސް ޕެކޭޖުގައި ހިމެނޭއިރު، އެއީ ސްޓިމިއުލަސް ޕެކޭޖު 1، 2 އަދި 3 އެވެ. ސްޓިމިއުލަސް ޕެކޭޖު 1، ދޫކުރަނީ ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށެވެ. ސްޓިމިއުލަސް ޕެކޭޖު 2، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދޭއިރު، ސްޓިމިއުލަސް ޕެކޭޖު 3ން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމާއި، ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ލިބިގެންދާނެއެވެ.

ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ޕެކޭޖްތަކަށް ހުށައަޅާ ވިޔަފާރިތަކަކީ 2018 އިން ފެށިގެން 2020 އަށް ތިން އަހަރު ފައިދާ ވެފައިވާ ވިޔަފާރިތަކަށް ވާންޖެހެއެވެ. އަދި ޕެކޭޖަކަށް ހުށައަޅާނަމަ މިދިޔަ އަހަރު ތެރޭގައި އެއްވެސް ލޯނެއް ޑީފޯލްޓް ވެފައި ވެގެން ނުވާނެއެވެ. މިހާރު ލޯނެއް ނަގާފައިވާނަމަ، އާ ފެސިލިޓީގެ ތެރެއަށް ތާވަލުކުރެވޭއިރު، ޕެކޭޖަށް އެދި ހުށަހަޅާ ވިޔަފާރިވާން ވާނީ ވޭތުވެ ދިޔަ އަހަރު މެދުނުކެނޑި ކޮށްފައިވާ ވިޔަފާރިއަކަށެވެ.

ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ޕެކޭޖްގެ ދަށުން ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ އެއް މިލިއަން ރުފިޔާ އެވެ. މިލޯނަށް އެދި ހުށަހެޅުމަށް ރަހުނެއް ބޭނުންނުވާއިރު، ވިޔަފާރި ފުޅާ ކުރުމަށް ނަގާ ލޯނެއްގައި މެނުވީ އިކުއިޓީއެއް ބޭނުމެއް ނުވާނެއެވެ. އަދި ލޯނު އަނބުރާ ދައްކަން 5 އަހަރާއި 8 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އޭގެ އިތުރުން މިޕެކޭޖުގެ ދަށުން އިންޓަރެސްޓްގެ ގޮތުގައި އަހަރަކު ހަ އިންސައްތަ ނަގާނެއެވެ. ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 24 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މިލޯނު ސްކީމްގައި އެންމެ ބޮޑަށް އިސްކަން ދެނީ ލޮކްޑައުންގައި އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކަށް ކަަމުން މާލެ ސަރަހައްދުގެ ވިޔަފާރިތަކާއި ގިނަ ދުވަހު ލޮކްޑައުންގައި ހުރި އެހެން ރަށްތަކުގެ ވިޔަފާރިތަކަށް އިސްކަން ދެވޭނެއެވެ. މި ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި މަހުއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖޫން 2021

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ފަށައިފި

20 ޖޫން 2021
އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ފަށައިފި
17 ޖޫން 2021

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

17 ޖޫން 2021
އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި
03 ޖޫން 2021

ޖިމް، ސެލޫން، ކެފޭ އަދި ރެސްޓޯރެންޓްތަކަށް ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް

03 ޖޫން 2021
ޖިމް، ސެލޫން، ކެފޭ އަދި ރެސްޓޯރެންޓްތަކަށް ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް
17 އެޕްރީލު 2021

ކޮވިޑް19 ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ އިގްތިސާދަށް 18.3 އިންސައްތައިގެ ކުރިއެރުމެއް

17 އެޕްރީލު 2021
ކޮވިޑް19 ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ އިގްތިސާދަށް 18.3 އިންސައްތައިގެ ކުރިއެރުމެއް
09 މާރިޗު 2021

އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް މީރާއިން ހާއްސަ ޕްރޮގްރާމެއް

09 މާރިޗު 2021
އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް މީރާއިން ހާއްސަ ޕްރޮގްރާމެއް
13 ނޮވެމްބަރު 2020

ބީއެމްއެލްއިން އެސްއެމްއީތަކަށް ކޮވިޑް ރިލީފް ފައިނޭންސިން ދޫކުރަނީ

13 ނޮވެމްބަރު 2020
ބީއެމްއެލްއިން އެސްއެމްއީތަކަށް ކޮވިޑް ރިލީފް ފައިނޭންސިން ދޫކުރަނީ
05 ނޮވެމްބަރު 2020

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ މަސައްކަތްތަކައް އެހީތެރިވުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

05 ނޮވެމްބަރު 2020
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ މަސައްކަތްތަކައް އެހީތެރިވުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
23 ސެޕްޓެމްބަރު 2020

އެސްއެމްއީތަކަށް ދޫކުރި ލޯންތައް 1720 ފަރާތަކަށް ދޫކޮށްފި

23 ސެޕްޓެމްބަރު 2020
އެސްއެމްއީތަކަށް ދޫކުރި ލޯންތައް 1720 ފަރާތަކަށް ދޫކޮށްފި
12 ނޮވެމްބަރު 2019

އެސްއެމްއީތަކަށް ހާއްސަ ބިޒްނަސް ސެންޓަރެއް ބީއެމްއެލްއިން ހުޅުވައިިފި

12 ނޮވެމްބަރު 2019
އެސްއެމްއީތަކަށް ހާއްސަ ބިޒްނަސް ސެންޓަރެއް ބީއެމްއެލްއިން ހުޅުވައިިފި
10 ފެބުރުއަރީ 2018

އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް ބީއެމްއެލް އިން އިފްތިތާހުކޮށްފި

10 ފެބުރުއަރީ 2018
އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް ބީއެމްއެލް އިން އިފްތިތާހުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް