Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިކޮނޮމިކް ސްޓިމިއުލަސް ލޯން

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 ޖޫން 2021 | ބުރާސްފަތި 14:18
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ކޮވިޑް-19ގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާކަން އިއުލާނުކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ. އެމަނިކުފާނުކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން، ބީއެމްއެލް މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި، މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި, އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލައިފައިވާ ސްކީމެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ މިލޯން ސްކީމަކީ މެއި 27 ވަނަ ދުވަހު ސަރުކާރުން އިއުލާނުކުރި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރެވޭ ލޯން ސްކީމެއް ކަމަށެވެ. އެގޮތުން ބަލިމަޑުކަމާ ގުޅިގެން، މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދިހުށަހެޅޭނެ ކަމަށާއި، މިއީ ރަހުނަކާ ނުލައި 6 އިންސައްތައިގެ ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭ އިރު، ގްރޭސް ޕީރިއެޑްގެ ގޮތުގައި ގިނަވެގެން 12 މަސް ދުވަސް ލިބޭނެއެވެ.

ޖޫން 20ވަނަ ދުވަހުން ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ހަމަޖެހިފައިވާ އިރު، މީގެ ކުރިން ބީއެމްއެލްއިން ވަނީ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 585.9 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
07 ޑިސެމްބަރު 2025

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް
04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު