Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފަސް ލައްކައާ ގާތްކޮށްފި

23 ޖޫން 2021 | ބުދަ 07:50

ރާއްޖޭގައި ފަތުރުވެރިން އެވްރެޖްކޮށް ހޭދަކުރަނީ ނުވަ ދުވަސް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖޫން 2021 | ބުދަ 07:50
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގައި

ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފަސް ލައްކައާ ގާތްކުރާ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ ފުރަތަމަ 21 ދުވަހު 38,966 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޖޫން 20 ވަނަ ދުވަހު އައިސްފައިވާއިރު، އެދުވަހު ރާއްޖެ އައިސްފައި ވަނީ 2،519 ފަތުރުވެރިންނެވެ. މިއީ ގިނަ ދުވަސްތަކަކަށް ފަހު 2،500ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ދުވަހެވެ.

Advertisement - newsAdvertisement

ޖޫން މަހު އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ ހަތް ވަނަ ދުވަހުއެވެ. އެއީ، 1،416 ފަތުރުވެރިންނެވެ. ޖޫން މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އަންނަނީ 1,856 ފަތުރުވެރިން ކަމަށާއި އެފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ނުވަ ދުވަސް ހޭދަކުރާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން، މާޗް މަހު 109,585 ފަތުރުވެރިން، އޭޕްރިލް މަހު 91,200 ފަތުރުވެރިން އަދި މެއި މަހު 64,613 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2,971 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފެބްރުއަރީ މަހު އެއަދަދު ވަނީ 3,460ށް އަރާފައެވެ. އަދި މާޗު މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 3,535ށް އިތުރުވެފައެވެ. ނަމަވެސް އޭޕްރިލް މަހު ފަތުރުވެރިން އަންނަ އަދަދު މަޑުމަޑުން ދަށަށް ދާން ފަށައި އެމަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3,040 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މެއި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައިސްފައި ވަނީ 2,084 ފަތުރުވެރިންނެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 10 ގައުމަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ އިންޑިއާއި، ޖަރުމަން، ޔޫކްރެއިން، ކަޒަކިސްތާން، އެމެރިކާ، އިނގިރޭސިވިލާތް އަދި ރޫމޭނިއާ އާއި ފްރާންސްގެ އިތުރުން ޗެކް ރިޕަބްލިކް އެވެ.

އަހަރުގެ މިހާތަނަށް 493,349 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ 2020 ވަނަ އަހަރާ އަޅައިބަލާއިރު 28.9 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް 2019 ވަނަ އަހަރާއި އަޅައިބަލާއިރު، އަދިވެސް ރާއްޖޭގެ ފަތުރުވެރިކަން އޮތީ 40.4 އިންސައްތަ ދަށުގައެވެ.

އަހަރުގެ މިހާތަނަށް 731 ޓޫރިސްޓް ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، 47,482 އެނދު ދަނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އޮޕަރޭޓްކުރަމުންނެވެ. އަދި ބައިނަލްއަގުވާމީ 30 އެއަރލައިނަކުން ޝެޑިއުލްޑް ދަތުރުތައް ކުރަމުން އަންނަ އިރު، 10 އެއަރލައިނަކުން އަންނަނީ ޗާޓަރު ދަތުރުތައް ކުރަމުންނެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާ އެކު ފަތުރުވެރިން އައި މިންވަރު ދަށަށް ދިޔަނަމަވެސް އަސަރުކޮށްފައި ވަނީ ލޯސީޒަންގެ އަމާޒަށް ކަމަށާއި ހަރުގެ ޓާގެޓްތައް އަދިވެސް ހާސިލުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އެއީ ކޮވިޑްގެ ސަބަބުން ދެކުނު އޭޝިއާގެ ޤައުމުތަކުން ފަތުރުވެރިން ގެނައުން ހުއްޓާލަން ޖެހުމާއި، އިނގިރޭސިވިލާތް ފަދަ މުހިންމު މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިން ހުއްޓުމަކަށް އައުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް، މިއަހަރަށް ސަރުކާރުން އަމާޒުހިފި މުޅިި ޖުމުލަ ޓާގެޓްތަކަށް ވާސިލުވެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް