Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާމިގިލި ޕޯޓު ސްކޭލް ޑައުންކުރުން

މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ހުއްޓައެއްނުލާ، ސްކޭލް ޑައުން ކުރަނީ - އެމްޕީއެލް

23 ޖޫން 2021 | ބުދަ 06:16

އެމްޕީއެލްގެ އެހެނިހެން ސެކްޝަންތަކަށް ބަދަލުވާން ބޭނުން ނަމަ އެފުރުސަތު ވަނީ ހުޅުވާލާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖޫން 2021 | ބުދަ 06:16
މާމިގިލި ޕޯޓު

މާމިގިލި ޕޯޓު

މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ސްކޭލް ޑައުންކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

މާމިގިލި ޕޯޓުގައި މިވަގުތު 35 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، އެމުވައްޒަފުންނަށް އެމްޕީއެލްގެ އެހެނިހެން ސެކްޝަންތަކަށް ބަދަލުވާން ބޭނުން ނަމަ އެފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ. އަދި ޕޯޓުގެ އޮޕަރޭޝަން ސްކޭލް ޑައުންކުރުމަށް ނިންމާފައިވީ ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށް އެމްޕީއެލް އިން ބުނެއެވެ.

ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2017 ވަނަ އަހަރު މާމިގިލީގައި އިންޓަރނޭޝަނަލް ޕޯޓެއް ތަރައްގީކުރަން އެމްޕީއެލްއާ ހަވާލުކުރި ނަމަވެސް އެކަށީގެންވާ ގޮތުގައި ޕޯޓު ހިންގޭނެ މަގު ފަހިކޮށްދީފައެއް ނުވެއެވެ. އޭގެ ސަބަބުން 2018 ވަނަ އަހަރު ޕޯޓުގެ އޮޕަރޭޝަން ފަށައި މިހާތަނަށް އެންމެ ބޯޓެއް ވެސް މާމިގިލި ޕޯޓަށް ޖައްސާފައި ނުވި ނަމަވެސް ޕޯޓުގެ އޮޕަރޭޝަންތައް އަދި ހުއްޓާލަން ގަސްތުނުކުރާކަމަށް އެމްޕީއެލް އިން ބުނެއެވެ.

މާމިގިލީ ޕޯޓު ތަރައްގީކޮށް މަސައްކަތް ކޮށްފައިވަނީ ބްރޭކް ބަލްކްގެ ޚިދުމަތާއެކުއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްގެ ތެރެއިން ބޮންޑެޑް ވެއާހައުސް، ކޯލްޑް ސްޓޯރޭޖް، ބޯޓް ޔާޑް އަދި މަސްވެރިންނަށް އައިސް ވިއްކޭނެފަދަ ވަސީލަތްތައް ގާއިމުކުރަން އޭރު ނިންމާފައިވެއެވެ.

މާމިގިލީ ޕޯޓު އެމްޕީއެލް އިން ހިންގަމުންދަނީ އެތައް މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ މާމިގިލީ ޕޯޓުން ދައުލަތަށް އަހަރަކު 8 މިލިއަން ރުފިޔާގެ ގެއްލުން ވާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2022

ފަތުރުވެރިން ތިބުމަށް ޚާއްސަ 1،194 ފެސިލިޓީ އޮޕަރޭޝަންގައި

22 އޮކްޓޯބަރު 2022
ފަތުރުވެރިން ތިބުމަށް ޚާއްސަ 1،194 ފެސިލިޓީ އޮޕަރޭޝަންގައި
18 އޮކްޓޯބަރު 2022

ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި

18 އޮކްޓޯބަރު 2022
ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި
15 މާރިޗު 2022

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މާބޮޑުތަން މަދެއްނުވޭ: ޓަރމިނަލް އޮޕަރޭޝަން ޖެނެރަލް މެނޭޖަރު

15 މާރިޗު 2022
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މާބޮޑުތަން މަދެއްނުވޭ: ޓަރމިނަލް އޮޕަރޭޝަން ޖެނެރަލް މެނޭޖަރު
01 ޖެނުއަރީ 2022

ސީޕްލޭން އޮޕަރޭޝަން ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ: އެމްޑީ މިހާދު

01 ޖެނުއަރީ 2022
ސީޕްލޭން އޮޕަރޭޝަން ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ: އެމްޑީ މިހާދު
21 އޮކްޓޯބަރު 2021

ހުޅުމާލެ ޕޯޓްގެ އޮޕަރޭޝަންތައް އަންނަނީ ފުޅާވަމުން: އެމްޕީއެލް

21 އޮކްޓޯބަރު 2021
ހުޅުމާލެ ޕޯޓްގެ އޮޕަރޭޝަންތައް އަންނަނީ ފުޅާވަމުން: އެމްޕީއެލް
15 މާރިޗު 2021

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު މިއަހަރުގެ ޖުލައި މަހު ފަށަނީ

15 މާރިޗު 2021
މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު މިއަހަރުގެ ޖުލައި މަހު ފަށަނީ
09 ޖުލައި 2020

ބީއެމްއެލް އިން އދ. މާމިގިލީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

09 ޖުލައި 2020
ބީއެމްއެލް އިން އދ. މާމިގިލީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
31 މާރިޗު 2020

ކޮވިޑް-19: އެއަރ ކެނެޑާގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށް ކުރުމަށް ނިންމައިފި

31 މާރިޗު 2020
ކޮވިޑް-19: އެއަރ ކެނެޑާގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށް ކުރުމަށް ނިންމައިފި
08 މާރިޗު 2020

ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

08 މާރިޗު 2020
ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި
19 ސެޕްޓެމްބަރު 2017

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި

19 ސެޕްޓެމްބަރު 2017
އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް