Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަބޫދާބީން ފަތުރުވެރިންނަށް ހިލޭ ވެކްސިން

އަބޫދާބީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިލޭ ވެކްސިން ދެނީ

23 ޖޫން 2021 | ބުދަ 03:26

ދުބާއީ ހިމެނޭހެން ޔޫއޭއީގެ އެހެން ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް މި ފުރުސަތު ފަހިކޮށްދީފައެއް ނުވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 23 ޖޫން 2021 | ބުދަ 03:26
އަބޫދާބީން ފަތުރުވެރިންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭން ފެށުން

އަބޫދާބީން ފަތުރުވެރިންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭން ފެށުން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީ އަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހިލޭ ކޮވިޑް 19 ވެކްސިން ފޯރުކޮށްދޭން ފަށައިފިއެވެ.

ޔޫއޭއީއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން އަބޫދާބީން ދޫކުރާ ވިސާ ލިބިފައިވާ ފަރާތްތަކާއި، އެތެރެވާއިރު ޓޫރިސްޓް ވިސާއަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް، ހިލޭ ވެކްސިން ބުކް ކުރެވޭ ގޮތަށް ހަމަޖެހިފައިވާކަމަށް، އެމިރޭޓްސްގެ ޕަބްލިކް ހެލްތު އިންފްރާސްޓްރަކްޗަރ ހިންގާ އަބޫދާބީ ހެލްތު ސާވިސެސް ކޮމްޕެނީއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެންޓްރީ ވިސާއާއި، ރެސިޑެންސީ ވިސާގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް ވެސް ހިލޭ ވެކްސިނަށް އެދެވޭނެ ކަމަށް އަބޫދާބީ މީޑިއާ އޮފީހުން ބުނެއެވެ.

ޔޫއޭއީގެ ސިއްހީ އިދާރާތަކުން ހާމަކުރާގޮތުން، ވެކްސިންޖެހޭ އާބާދީގެ 85 އިންސައްތަ ވަނީ މަދުވެގެން ވެކްސިންގެ އެއްޑޯޒް ޖަހާފައެވެ. އެކަމަކު އޭގެތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ ކިތެއް މީހުންކަމެއް ސާފެއް ނުވެއެވެ.

މިދިޔަ މަހު އަބޫދާބީގައި ކޮވިޑް 19 ގެ ކޭސްތައް ފެންނަ އަދަދު އިތުރުވިއެވެ. އެހެންކަމުން އަބޫދާބީއަށް އެތެރެވުމުގައި ޚާއްސަ އުސޫލުތަކެއް އަދިވެސް އޮތީ ކަނޑައަޅާފައެވެ. އެގޮތުން އަބޫދާބީއަށް އެތެރެވާ މީހުން ކަރަންޓީނުވާންޖެހެއެވެ. އަދި ޕީސީއާރް ޓެސްޓްވެސް ހަދަންޖެހެއެވެ.

އެކަމަކު އެމެރިކާއާއި، ޖަރުމަނުވިލާތާއި، ޗައިނާ ހިމެނޭހެން 27 ގައުމަކުން ކަރަންޓީނު ވުމަކާއި ނުލައި، އަބޫދާބީއަށް އެތެރެވެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އަބޫދާބީއަށް އެތެރެވާ ފަތުރުވެރިންނަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވިޔަސް، ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލު ކަމުގައިވާ ދުބާއީ ހިމެނޭހެން ޔޫއޭއީގެ އެހެން ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް މި ފުރުސަތު ފަހިކޮށްދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2019

އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދިން އަދަދު ކުޑަވުމުން ލަންކާއިން ބޮޑާހާކައިފި

28 ޖުލައި 2019
އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދިން އަދަދު ކުޑަވުމުން ލަންކާއިން ބޮޑާހާކައިފި
12 މާރިޗު 2019

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

12 މާރިޗު 2019
ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި
29 އޯގަސްޓު 2018

ދަރިވަރުންނަށް މައްސަރު ޕެޑް ހިލޭ ދޭ ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑް

29 އޯގަސްޓު 2018
ދަރިވަރުންނަށް މައްސަރު ޕެޑް ހިލޭ ދޭ ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑް
21 ޖޫން 2018

ރޭލެއްގެ ތެރޭގައި ވިހެއި ކުއްޖަކަށް ރޭލު ދަތުރުތައް ހިލޭ

21 ޖޫން 2018
ރޭލެއްގެ ތެރޭގައި ވިހެއި ކުއްޖަކަށް ރޭލު ދަތުރުތައް ހިލޭ
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
24 ފެބުރުއަރީ 2018

ޗެއްނާއީގެ ހޮސްޕިޓަލަކުން އުރަމަތި އިއާދަކުރުމުގެ އޮޕަރޭޝަން ކޮށްދިނުން ހިލޭ

24 ފެބުރުއަރީ 2018
ޗެއްނާއީގެ ހޮސްޕިޓަލަކުން އުރަމަތި އިއާދަކުރުމުގެ އޮޕަރޭޝަން ކޮށްދިނުން ހިލޭ
29 ޑިސެމްބަރު 2017

މުގާބޭގެ ރިޓަޔާމެންޓް ޕެކޭޖް: އަމިއްލަ ގެކޮޅެއް، 20 މުވައްޒަފުން، ކާރު ފްލީޓެއް، ހިލޭ ވައިގެ ދަތުރުފަތުރު

29 ޑިސެމްބަރު 2017
މުގާބޭގެ ރިޓަޔާމެންޓް ޕެކޭޖް: އަމިއްލަ ގެކޮޅެއް، 20 މުވައްޒަފުން، ކާރު ފްލީޓެއް، ހިލޭ ވައިގެ ދަތުރުފަތުރު
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
15 އެޕްރީލު 2017

ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި

15 އެޕްރީލު 2017
ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް