Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ކޮވިޑް-19ށް އަންގާރަ ދުވަހު ރިޕޯޓުކުރީ 145 ކޭސް

22 ޖޫން 2021 | އަންގާރަ 18:19

1 ކޭސް އަކީ މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތައް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 22 ޖޫން 2021 | އަންގާރަ 18:19
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ

ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ

ރާއްޖެއިން އަންގާރަ ދުވަހު ކޮވިޑް-19ށް ރިޕޯޓުކުރީ 145 ކޭސް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ރިޕޯޓުކުރި 145 ކޭސްގެ ތެރެއިން 61 ކޭސް އަކީ މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތަކެވެ. އަދި އަތޮޅުތެރެއިން 77 ކޭސް ރިޕޯޓުކޮށްފައިވާއިރު، ރިސޯޓުތަކުން ވެސް 7 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 72،294ށް އަރާފައެވެ. އޭގެ ތެރެއިން 67،507 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު 4،569 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 39 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް މި ބަލީގައި 207 މީހަކު ވަނީ ނިޔާވެފައެވެ.

އެޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހާ ހަމައަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 1000ން މަތިން ރިޕޯޓް ކުރިއެވެ. އަދި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޭރިއެންޓްތައް ރާއްޖޭގައިވެސް ފެތުރެން ފެށުމާއެކުއެވެ.

ރާއްޖޭގައި ކޮވިޑްގެ ވޭރިއަންޓް އުޅެނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް، ރާއްޖެއިން ބޭރަށް ފޮނުވި 30 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު ނުރައްކާތެރި 2 ވޭރިއަންޓް ކަމުގައިވާ، އިންޑިޔާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓްއާއި އިނގިރޭސިވިލާތުން ފެނިފައިވާ އަލްފާ ވޭރިއަންޓްގެ 47 އިންސައްތަ ކޭސް ހިމެނެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގެ ބައެއް ސާމްޕަލްތައް ސީކުއަންސަށް ތިން ފަހަރެއްގެ މަތިން ފޮނުވާފައިވާކަމަށެވެ. އޭގެތެރެއިން ތިން ވަނަ ފަހަރު ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިއިން ކޮންމެ ފަހަރެއްގައިވެސް ފޮނުވާފައިވަނީ 30 ސާމްޕަލްއެވެ.

ސާމްޕަލްތަކުގެ ނަތީޖާ ދައްކާގޮތުން 20 އިންސައްތަ އަކީ އަލްފާ ވޭރިއަންޓެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓެވެ. އަދި އިންޑިޔާގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ 27 އިންސައްތަވެސް ވަނީ ފެނިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް