Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސްގެ ކޮވިޑްގެ ހާލަތު

ކޮވިޑް ވެކްސިން ޖެހުމަށް އިންކާރުކުރާނަމަ ޖަލަށްލާނެކަމުގެ އިންޒާރު ފިލިޕީންސްގެ ރައީސް ދެއްވައިފި

22 ޖޫން 2021 | އަންގާރަ 16:45

ފިލިޕީންސްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މާޗް މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖޫން 2021 | އަންގާރަ 16:45
ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑަޓާޓް

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑަޓާޓް

ކޮވިޑް-19ގެ އެންމެ ނުރައްކާތެރި އެއް ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ފިލިޕީންސްގައި އިތުރުވަމުން އަންނައިރު، ކޮވިޑް ވެކްސިން ޖެހުމަށް އިންކާރުކުރާ މީހުން ޖަލަށް ލާނެކަމުގެ އިންޒާރު އެގައުމުގެ ރައީސް ރޮޑްރިގޯ ޑަޓާޓް ދެއްވައިފިއެވެ.

ފިލިޕީންސްގެ ބޯޑަރު ކޮންޓްރޯލްކުރުންވެސް ވަނީ ވަރުގަދަކޮށްފައެވެ. ފިލިޕީންސްގެ ރައީސް ވިދާޅުވީ ވެކްސިން ޖަހާނީތޯ ނޫނީ ޖަލަށްދާނީތޯ ނިންމާނީ ރައްޔިތުންކަމަށެވެ.

ފިލިޕީންސްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މާޗް މަހުއެވެ. ނަމަވެސް ވެކްސިން ޖަހަންދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޑަޓާޓް ވިދާޅުވީ ރައްޔިތުން ބޯހަރީކަމަށެވެ.

މީގެއިތުރުން ލޮކްޑައުންގެ އުސޫލުތަކާ ޚިލާފުވާ މީހުންގެ ގަޔަށް ބަޑިޖަހާނެކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ. މިއިންޒާރު ދެއްވާފައިވާއިރު ލޮކްޑައުންގެ އުސޫލުތަކާއި ޚިލާފުވާ މީހުންގެ ގަޔަށް ބަޑިޖަހަމުންދާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

110 މިލިއަން މީހުން ދިރިއުޅެމުން އަންނަ ފިލިޕީންސްގައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވަނީ އަދި އެންމެ 1.95 އިންސައްތަ މީހުންކަމަށް ވެކްސިން ޓްރެކަރއިން ވަނީ ބުނެފައެވެ.

އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި 8.4 މިލިއަން ޑޯޒް ވަނީ އެކި ހިސާބުތަކަށް ފޯރުކޮށްދީފައެވެ. 6.2 މިލިއަން މީހުންނަށް ފުރަތަމަ ޑޯޒް ދީފައިވާއިރު 2.1 މިލިއަން މީހުންނަށް ދެ ޑޯޒް ވަނީ ދީފައެވެ.

ހޯމަ ދުވަހާ ހިސާބަށް އެގައުމުގައި 1.3 މިލިއަން ކޭސް ފެނިފައިވާއިރު 56،000 އެކްޓިވް ކޭސް އެގައުމުގައި އުޅެއެވެ.

ޑަޓާޓް ވިދާޅުވީ ވެކްސިން ޖެހުމަށް ދެކޮޅުހަދާ މީހުން ޖެހޭނީ ގައުމު ދޫކޮށްދާން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2019

ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ

30 ޑިސެމްބަރު 2019
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ
02 ނޮވެމްބަރު 2019

ހައްދު ޖެހުމަށް އަޑު އުފުލި މިހާ ގައިގައި ހައްދު ޖަހައިފި

02 ނޮވެމްބަރު 2019
ހައްދު ޖެހުމަށް އަޑު އުފުލި މިހާ ގައިގައި ހައްދު ޖަހައިފި
12 މާރިޗު 2019

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

12 މާރިޗު 2019
ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
09 މެއި 2018

އެމެރިކާ ކަންތައް ކުރިގޮތުން އީރާނުގެ ހަމަޖެހުމަށް ބުރޫއަރާނެ: ތުރުކީ

09 މެއި 2018
އެމެރިކާ ކަންތައް ކުރިގޮތުން އީރާނުގެ ހަމަޖެހުމަށް ބުރޫއަރާނެ: ތުރުކީ
31 މާރިޗު 2018

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018
ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި
03 މާރިޗު 2018

ބޯޑަރު ކައިރިން ދުރަށް ޖެހުމަށް މިޔަންމާ ސިފައިންނަށް ބަންގްލަދޭޝްއިން އަންގައިފި

03 މާރިޗު 2018
ބޯޑަރު ކައިރިން ދުރަށް ޖެހުމަށް މިޔަންމާ ސިފައިންނަށް ބަންގްލަދޭޝްއިން އަންގައިފި
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް