Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ

މަރާލާފައި ވަނީ ޖެންޑަރ މިނިސްޓްރީން ސޯޝަލް ސަޕޯޓް ފޯރުކޮށްދެމުންދިޔަ ކުއްޖެއް- ޔުމްނާ

ކުއްޖާ އަކީ ތައުލީމީ ގޮތުން ރަނގަޅު ގާބިލުކަންހުރި ކުއްޖެއްކަމަށް ކުއްޖާގެ މުދައްރިސުން ފާހަގަކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 ޖޫން 2021 | އަންގާރަ 12:38
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ

ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ

ރަހީނުކޮށްގެން މަރާލާފައިވާ ކުއްޖާ އަކީ ޖެންޑަރ މިނިސްޓްރީން ސޯޝަލް ސަޕޯޓް ފޯރުކޮށްދެމުންދިޔަ ކުއްޖެއް ކަމަށް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލުމަށްފަހު ފޮއްޓަކަށްލައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައިވާ މައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރ ޔުމްނާ ވަނީ، މަރާލާފައި އޮއްވާ ފެނުނު ކުޑަ ކުއްޖާ އަކީ އެމިނިސްޓްރީން ސޯޝަލް ސަޕޯޓް ފޯރުކޮށްދެމުންދިޔަ ކުއްޖެއް ކަމަށް ވިދާޅުވެފައެވެ. ޔުމްނާ ވިދާޅުވީ އެކުއްޖާ އަށް ބޭނުންވާ ސޯޝަލް ސަޕޯޓް މިނިސްޓްރީން ފޯރުކޮށްދެމުން ދިޔައީ އާއިލާއާ ގުޅިގެން ކަމަށާއި، އެކުއްޖާއަކީ ސްކޫލަށްގޮސް ތައުލީމު ހާސިލުކުރަމުންދިޔަ ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާ އަކީ ތައުލީމީ ގޮތުން ރަނގަޅު ކުއްޖެއްކަމަށް ކުއްޖާގެ މުދައްރިސުން ފާހަގަކުރާ ކަމަށެވެ.

އަދި ކުއްޖާގެ މަރުގެ ވާހަކައަކީ ލިބިވަޑައިގަތް ކުއްލި ސިހުމެއް ކަމަށާއި، އެވާހަކައާއެކު އާއިލާއަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ފަށާފައިވާކަމަށެވެ. އެގޮތުން އާއިލާއަށް ބޭނުންވާނެ ސޯޝަލް ސައިކޯ ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތަކުގެ އިތުރުން އެހެނިހެން އެހީތެރިކަން ފޯރުކޮށްދީ، އާއިލާގެ ހިތްދަތިކަން ކުޑަކުރުމަށް ކޮށްދެވޭނެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔުމްނާ ވަނީ މިހާދިސާގެ ވާހަކަތައް އާންމުކުރާއިރު، ކުއްޖާއާއި އާއިލާގެ ކަރާމާތަށް ގެއްލުން ނުވާނެހެން އަމަލުކުރުމަށާއި، އަދި އާއިލާގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ނުވާނެ ގޮތަށް އަމަލު ކުރުމަށް އެދިވަޑައިގެންފައެވެ. އޭގެ އިތުރުން މީޑިއާތަކުން މިހާދިސާގެ މައުލޫމާތުތައް ރިޕޯޓްކުރާއިރު، ސައްހަ މައުލޫމާތު ރިޕޯޓްކުރުމަށާއި، މިމައުލޫމާތުތަކުން އާއިލާއަށް ލިބޭނެ ނަފްސާނީ ހިތްދަތިކަން ކުޑަވާނެ ގޮތަކަށް އަމަލުރުމަށް ޔުމްނާ ވަނީ އިލްތިމާސް ކުރަައްވާފައެވެ. އަދި ކުއްޖާއާ އާއިލާގެ ޒާތީ މައުލޫމާތުތައް ހިއްސާނުކުރުމަށް އެދިވަޑައިގެންފައިވާއިރު، ކުއްޖާގެ މައުލޫމާތުތައް ހިއްސާ ކުރާ މީހުންނާ މެދު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެ ކަމަށް ވަނީ ހަދާންކޮށްދީފައެވެ.

މިހާރުވެސް ބައެއް ނޫސްތަކުގައި ކުއްޖާގެ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކުރުން މިނިސްޓްރީން ކުށްވެރިކޮށްފައިވާއިރު، ކުއްޖާގެ މަރުގެ ޚަބަރާއެކު މީސްމީޑީއާގައި ކުއްޖާއާއި އާއިލާ ކުށްވެރިކޮށް މިދަނޑިވަޅުގައި މައުލޫމާތު ހާމަކުރުމަކީ އާއިލާއަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއް ކަަމަށް ފާހަގަކުރައްވައި، ކުއްޖާގެ އާއިލާގެ އިޙުސާސްތަކަށް އިހުތިރާމުކޮށް މިފަދަ ޚަބަރުތަކާއި ކުއްޖާގެ ފޮޓޯތަކާއި މަޢުލޫމާތު ދައުރުނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް މި މަހުގެ 20ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ، ދަންވަރު 2:38ހާއިރުއެވެ. މި މައްސަލައާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

03 އެޕްރީލު 2017
ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން
02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
17 މާރިޗު 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި

17 މާރިޗު 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި
13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު