Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ13 އަހަރު ކުއްޖާގެ މަރު

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާނީ ސިއްރުކޮށްގެން

ދައުވާ ސާބިތު ވެއްޖެނަމަ 100 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2021 | ބުރާސްފަތި 06:14
ކްރިމިނަލް ކޯޓް- ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ މެންދުރު 11:00ށް

ކްރިމިނަލް ކޯޓް- ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ މެންދުރު 11:00ށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި މަރުގެ ދައުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގޭ އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ ޝަރީއަތް ކުރިއަށްދާނީ ސިއްރުކޮށްގެންކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މި މައްސަލައިގައި ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށެވެ. ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ ސިއްރުކޮށްގެންކަމަށް މައުލޫމާތު ދީފައެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ އިބްރާހިމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ. ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާއިރު މި ދައުވާތައް ސާބިތު ވެއްޖެނަމަ 100 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. ޕީޖީ ވިދާޅުވެފައިވަނީ، ދައުވާ ސަބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.

ކުޑަ ކުއްޖާ މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުންނެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލައިގެ ދައުވާ އުފުލާފައިވަނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ.

13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވީ ޖުލައި 5 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް ވަޅުލާފައިވަނީ ޖުލައި 12 ވަނަ ދުވަހުއެވެ.

ރަހީނުކޮށްގެން ގެންގުޅުނު ކުއްޖަކު މަރާލުންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު