Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީރާންގެ އައު ރައީސް

އީރާންގެ އައު ރައީސާމެދު ދުނިޔޭގެ ގައުމުތަކުން ދެކެނީ ކިހިނެއް؟

އެމެރިކާއިން ބުނެފައިވަނީ، އީރާންގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ފުރުސަތު ނުލިބުމަކީ ހިތާމަކުރާ ކަމެއް ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 20 ޖޫން 2021 | އާދީއްތަ 08:09
ރައީސީ އިންތިޚާބުވީ، ވޯޓުގައި ބައިވެރި މީހުންގެ 61.95 އިންސައްތަ ވޯޓުން

ރައީސީ އިންތިޚާބުވީ، ވޯޓުގައި ބައިވެރި މީހުންގެ 61.95 އިންސައްތަ ވޯޓުން

އިރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، މިހާތަނަށް އެގައުމުގެ ޝަރުޢީ ދާއިރާގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން، އުއްތަމަ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި، ހަރުކަށި ސިޔާސަތަށް ތާޢީދު ކުރާ އިބްރާހިމް ރައީސީއެވެ.

މި އިންތިޚާބު ވެގެން ގޮސްފައި މިވަނީ އީރާނުގެ ރޫޙާނީ ލީޑަރުގެ ރުހުން ލިބިވަޑައިގެން ހުންނެވި ބޭފުޅަކު، އިންތިޚާބީ އެންމެ މަތީމަގާމަށް އައި އިންތިޚާބުގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ އިރާނުގެ ތާރީޚުގައި ވެސް އެންމެ މަދު އަދަދެއްގެ ބަޔަކު ވޯޓުލާން ނުކުތް އިންތިޚާބުގެ ގޮތުގައި ވެސް މި އިންތިޚާބު މިވަނީ ވެގެން ގޮސްފައެވެ.

ރައީސީ އިންތިޚާބު ކާމިޔާބު ކުރީ، 61.95 އިންސައްތަ ވޯޓުންނެވެ. މި އިންތިޚާބުގައި ވޯޓުލާން ނުކުތީ، 48.8 އިންސައްތަ މީހުންނެވެ.

އުމުރުން 60 އަހަރުގެ ރައީސީ މަގާމާ ހަވާލު ވެވަޑައިގަންނަވާނީ، މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދުކުރާ، މިހާރުގެ ރައީސް ހަސަން ރޫހާނީގެ ދައުރު އަންނަ އޮގަސްޓު މަހު ހަމަ ވުމުންނެވެ. އީރާނުގެ ގާނޫނު އަސާސީގައި ވާގޮތުން، ތިންވަނަ ދައުރަކަށް ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަސަން ރޫހާނީއަށް ލިބިގެނެއް ނުދެއެވެ.

ރައީސީ އިރާނުގެ ރައީސްކަމާ ހަވާލު ވެވަޑައިގަންނަވަނީ އެގައުމަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ. އެއީ، ދުނިޔޭގެ ބާރުތަކާއެކީ ވެފައިވާ ނިއުކުލިއަރ އެއްބަސްވުމުގެ ސަބަބުން، އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެގައުމުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން އެތައް ޒަމާންތަކެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ވެސް ވަނީ ނެދެވޭ އަސަރުތަކެއް ކޮށްފައެވެ.

އިރާން

މަގާމުގެ ދައުރު ހަމަކުރައްވާ ވަޑައިގަންނަވާ މިހާރުގެ ރައީސް ހަސަން ރޫހާނީ ވަނީ، ރައީސީގެ އޮފީހަށް ވަޑައިގެން ރައީސީއަށް މަރުހަބާ ވިދާޅުވެފައެވެ.

ރޫހާނީއާ ހަވާލާދީ އީރާނުގެ ސްޓޭޓް މީޑިއާގައި ރިޕޯޓު ކޮށްފައިވަނީ ކުރިޔަށް އަތް 45 ދުވަހުގެ ތެރޭގައި އައު ސަރުކާރު އެކުލަވާލުމަށް، އިންތިޚާބީ ރައީސަށް ފުރިހަމައަށް އެއްބާރުުން ދޭނެ ކަމަށެވެ.

އެމެރިކާ

އެމެރިކާއިން ބުނެފައިވަނީ، އީރާންގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ފުރުސަތު ނުލިބުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ބުނެފައިވަނީ، 2015 ވަނަ އަހަރުގެ ނިއުކުލިއަރ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމުގެ ގޮތުން ނުސީދާކޮށް ކުރިއަށްގެންދާ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށެވެ.

ރަޝިއާ

ރަޝިއާގެ ރައީސް ލަޑްމިއަރ ޕޫޓިން އީރާންގެ އައު ރައީސަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށް ތެހެރާންގައި ހުންނަ ރަޝިއާ އެމްބަސީގެ ޕްރެސް އޮފިސަރާ ހަވާލާދީ، ރަޝިއާގެ ސަރުކާރުގެ ނޫސް އޭޖެންސީގައި ރިޕޯޓު ކޮށްފައިވެއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އިސްރާއީލު

އިސްރާއީލުން ބުނެފައިވަނީ ރައީސީ އަކީ އީރާންގެ ރައީސްކަމަށް އިންތިޚާބުވި އެއްމެ ހަރުކަށި ފިކުރުގެ މީހާ ކަމަށެވެ.

އިސްރާއީލުގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ، ރައީސީވަނީ، ޝަރީއަތަކާ ނުލައި އީރާންގެ 30،000 ރައްޔިތުން މެރުމަށް އަމުރުކޮށް، ބައިނަލް އަގުވާމީ މުޖުތަމަޢަށް ގޮންޖަހާފައި ކަމަށެވެ.

އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހައްދުފަހަނައަޅާފައިވާ މީހަކު އީރާނުގެ ރައީސަކަށް އިންތިޚާބުވުމުން، އީރާންގެ ހަގީގީ މަގްސަދު ވަރަށް ރަނގަޅަށް ސާފުވާކަމަށް ވެސް ބުނެފައިވެއެވެ.

މިއީ ބައިނަލް އަގުވާމީ މުޖުތަމައު އިން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

ޕާކިސްތާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެފައިވަނީ، އިންތިޚާބީ ރައީސް ރައީސީއާއެކީ ސަރަހައްދީ ހަމަޖެހުމާ އަދި ކުރިއެރުމަށްޓަކާ މަސައްކަތް ކުރުމަށް ބޭނުންވާ ކަމުގައެވެ. އަދި އީރާނާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ތުރުކީ

ތުރުކީގެ ރައީސް ޠައްޔިބު އުރްދުޣާން ވަނީ، އިންތިޚާބީ ރައީސަށް މަރުހަބާ ވިދާޅުވެ، ރައީސީގެ ދައުރުގައި، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެެވެ. އަދި ރައީސީ އާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ސީރިއާ

ސީރިއާގެ ރައީސްގެ ބައްޝާރް އަލް-އަސަދުގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އާ ރައީސާއެކީ މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމަށް ބޭނުންފުޅު ވެވަޑައިގަންނަވާ ކަމަށެވެ.

އިރާގް

އިރާގުގެ ރައީސް ބަރުހަމް ސާލިހު ވިދާޅުވީ، އިރާގުން ބޭނުންވަނީ، އަވައްޓެރި އީރާނުގެ ރައްޔިތުންނާ އެކީ ވަރަށް ވަރުގަދަ، ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް-ކަދިމިވެސް ވަނި، ރައީސީއަށް ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ. ބޮޑުވަޒީރުގެ ޓްވީތްގައި ވިދާޅުވެފައިވަނީ، އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ދެގައުުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގަތަރު

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލްތާނީ ވެސް ވަނީ ރައީސީއަށް ލިބިލެއްވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ހަރުދާނާ ކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވެފައިވަނީ، ރައީސީގެ އިންތިޚާބީ ކާމިޔާބީއިން އިތުރަށް ބުނެދިން ވާހަކައަކީ، އިންސާނިއްޔަތާ ދެކޮޅަށް އޭނާ ހިންގާފައިވާ ޖަރީމާތައް ބަލައި ތަހުގީގު ކުރަންޖެހޭ ވާހަކަ ކަމަށެވެ.

އިންސާނިއްޔަތާ ދެކޮޅަށް އިބުރާހިމް ރައީސީ ހިންގާފައިވާ ކުއްތައް ތަހުގީގު ނުކުރެވި، އޭނާ އީރާނުގެ ރައީސްކަމަށް އިންތިޚާބުވެގެން ދިޔަ ދިއުމުން ދޭހަކޮށްދެނީ، އީރާނުގައި މަތީ މަގާމުތަކުގައި ތިބި މިފަދަ މީހުންނަށް ލިބިފައި އޮންނަ ހިމާޔަތާއި ރައްކާތެރިކަން ކަމަށް އެގްނެސް ބުނެފައިވެއެެވެ. އަދި މިކަންކަން ތަހުގީގު ކުރުމަށް ގޮވާލުން ހުއްޓާ ނުލާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހަމާސް ޖަމާއަތް

ގާޒާގައި ހުންނަ ހަމާސްގެ ތަރުޖަމާން ހާޒިމް ގައްސާމް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ރައީސީ ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމުގައެވެ. އަދި އީރާނަށް ކާމިޔާބީއާއި އުފާ ފާގަތިކަން އެދޭ ކަމަށާއި، އީރާނަކީ އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރާ އެންމެ ބޮޑު ބައިވެރިއާ ކަމުގައި ބަޔާނުގައި ވެއެވެ.

ހިއުމަން ރައިޓްސް ވޮޗް

ހިއުމަން ރައިޓްސް ވޮޗުން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ޑައިރެކްޓަރ މައިކަލް ބުނެފައިވަނީ، ރައީސީ ވެރިކަމަށް އިންތިޚާބުވީ އިންސާފުވެރި އިންތިޚާބަކުން ނޫން ކަމަށެވެ. ޝަރުއީ ދާއިރާގެ އިސްވެރިއެއްގެ ގޮތުގައި އިންނަވައި، ބޮޑެތި މައްސަލަތަކަށް އިންސާފު ނުލިބި އެބަހުރިކަމަށެވެ. ރިޔާސީ ރޭހުގައި ވާދަ ކުރެއްވުމުގެ ބަދަލުގައި އިންސާފުވެރި ތަހުގީގެއް ހިންގައި ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު