Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިޔަވަތިހިޔާ

ފިޔަވަތިހިޔާ އަށް އެހީވާން "އެންޓަބެކްސްގެ" ބިޔަ ކެމްޕޭނެއް ފަށައިފި

މިކެމްޕެއިން ކުރިއަށްދާނީ އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 މެއި 2017 | އާދީއްތަ 15:15
"އެންޓަބެކްސްގެ" ބިޔަ ކެމްޕޭނެއް ފަށައިފި

"އެންޓަބެކްސްގެ" ބިޔަ ކެމްޕޭނެއް ފަށައިފި

"ގިވް ހޯޕް، ރިސީވް ހޯޕް" ގެ ނަމުގައި ލޮޓަސްއިން އިސްނަގައިގެން ރާއްޖޭގެ ފެންވަރުގައި ކުރިއަށްދާ ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.

މާބްލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެގައި ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒައިނަލް ވިދާޅުވީ މިއީ މެލޭޝިއާގެ ލަމް ސޫން ކުންފުނީގެ އެންޓަބެކްސް އާއި ރާއްޖޭގެ ލޮޓަސް ފިހާރައާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް އެހީވުމުގެ ގޮތުން ފެށި ކެމްޕޭނެއް ކަމަށެވެ.

މިއީ ފަންޑް ރެއިޒިން ކެމްޕޭނެއް ކަމަށާއި މި ކެމްޕޭނުގެ ދަށުން ގަންނަ ކޮންމެ އެންޓަބެކްސް ޝަވާ ޖެލް ފުޅިއަކުން ދެ ރުފިޔާ ފިޔަވަތިހިޔާ އަށް އެހީވާން ހުޅުވާފައިވާ ފަންޑަށް ލިބޭނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަމް ސޫން އެޑިބަލް އޮއިލްގެ އެކްސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ސިއު ޔުއެންގ ހޭންގ ވިދާޅުވީ މި ކެމްޕޭނު ކުރިއަށް ގެންދަނީ މާދަމާއިން ފެށިގެން އޮގަސްޓް މަހުގެ 15 އާ ހަމައަށް ކަމަށާއި މިކެމްޕެއިންއިން ދެ ލައްކަ ރުފިޔާ ފަންޑްރައިޒް ކުރުމަށް ބޭނުންވާ ކަމަށެވެ. އަދި މިފަންޑްރައިޒްއިން ލިބޭ ހުރިހާ ފައިސާއެއް ޖަމާ ކުރާނީ ފިޔަވަތި ޗައިލްޑް ކެއާ އިންސްޓިޓިއުޝަނަށް ކަމަށްވެސް ސިއު ވިދާޅުވި އެވެ.

މި ކެމްޕޭނު ފެށުމުންވެސް އެންޓަބެކްސްގެ އަގަކަށް ވަކި ބަދަލެއް ނާންނާނެ ކަމަށް ލޮޓަސްއިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ އިންސްޓިޓިއުޝަން މެނޭޖްމަންޓް އެންޑް ކޯޑިނޭޝަންގެ ހެޑް މުންޒިރު އިބްރާހިމް ވިދާޅުވީ އެންޓަބެކްސްގެ ކެމްޕޭނުގެ ސަބަބުން ފިޔަވަތި ހިޔާގައި މިހާރު ގާއިމް ކުރަން ފަށާފައިވާ އާލީ ޗައިލްޑްހުޑް އިންސްޓިޓިއުޝަން ބިނާ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

މިކަމުގައި ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މުންޒިރު އެދިވަޑައިގެންނެވި އެވެ.

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2024

ކޮކާ-ކޯލާ އާއި މާވެލް ގުޅިގެން ރާއްޖޭގައި ފޯރިގަދަ ކެމްޕޭނެއް ފަށައިފި

11 ސެޕްޓެމްބަރު 2024
ކޮކާ-ކޯލާ އާއި މާވެލް ގުޅިގެން ރާއްޖޭގައި ފޯރިގަދަ ކެމްޕޭނެއް ފަށައިފި
28 މެއި 2023

ދެކުނު އެފްރިކާގައި ރާއްޖެ އިސްތިހާރުކުރުމަށް ކެމްޕޭނެއް ފަށައިފި

28 މެއި 2023
ދެކުނު އެފްރިކާގައި ރާއްޖެ އިސްތިހާރުކުރުމަށް ކެމްޕޭނެއް ފަށައިފި
12 މެއި 2023

އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރަން ރޭޑިއޯ މާކެޓިން ކެމްޕޭނެއް ފަށައިފި

12 މެއި 2023
އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރަން ރޭޑިއޯ މާކެޓިން ކެމްޕޭނެއް ފަށައިފި
13 ޖެނުއަރީ 2023

ގަތަރާއި މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި

13 ޖެނުއަރީ 2023
ގަތަރާއި މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި
20 ޑިސެމްބަރު 2022

އައިކެއަރ އިން އައު އަހަރާ ދިމާކޮށް ސޯޝަލް މީޑިއާ ގިވްއަވޭ ކެމްޕޭނެއް

20 ޑިސެމްބަރު 2022
އައިކެއަރ އިން އައު އަހަރާ ދިމާކޮށް ސޯޝަލް މީޑިއާ ގިވްއަވޭ ކެމްޕޭނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު