Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އިޝްތިހާރުކުރުން

ގަތަރާއި މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި

މި ކެމްޕޭންގެ ތެރެއިން ރާއްޖޭގެ ރަށްތައް ޕްރޮމޯޓްކުރެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2023 | ހުކުރު 07:39
މާފުށިވަރު ރިސޯޓު

މާފުށިވަރު ރިސޯޓު

ގަތަރާއި މެދުއިރުމަތީގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ކޮޒްމޯ ޓްރެވަލްއާއެކު ހައިބްރިޑް މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީއިން މާޗް މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން ކޮޒްމޯ ޓްރެވަލްއާއެކު ކުރިއަށް ގެންދާ މި ކެމްޕޭންގެ ހަރަކާތްތައް އޮންލައިންކޮށް އަދި އޮފްލައިންކޮށް ކުރިއަށް ގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ކެމްޕެއިން އަމާޒުކޮށްފައިވަނީ ގަތަރާއި މެދުއިރުމަތީގައި ސަނީ ސައިޑް އޮފް ލައިފް އިތުރަށް ޕްރޮމޯޓް ކުރުމަށެވެ.

Advertisement - businessAdvertisement

ކޮޒްމޯ ޓްރެވަލަކީ މިނިވަން އަދި ކޯޕަރޭޓް ދަތުރުވެރިންނަށް ރެޑީ-މޭޑް އަދި ކަސްޓަމައިޒްޑް ޓްރެވަލް ޕެކެޖުތައް ވިއްކާ ޓްރެވަލް މެނޭޖްމަންޓް ކުންފުންޏެކެވެ. މި ކުންފުނިން ދޭ ހިދުމަތްތަކުގެ ތެރޭގައި ޓިކެޓް ވިއްކުމާއި، އިންބައުންޑް އަދި އައުޓްބައުންޑް ހޮޓަލް ބުކިން ހަދައިދިނުމާއި، ވިސާ ޕްރޮސެސް ކުރުމާއި، މަންޒިލްތަކުގައި އެކްޓިވިޓީ ޕްރޮގްރާމްތައް އިންތިޒާމް ކުރުން ހިމެނެއެވެ. ކޮޒްމޯ ޓްރެވަލްގެ 73 އަށް ވުރެ ގިނަ ގޮފި މުޅި މެދުއިރުމައްޗާއި އިންޑިއާގައި ހުރެއެވެ.

އެމްއެމްޕީއާރުސީގެ އަމާޒަކީ މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް އަލިއަޅުވާލާ، ރާއްޖޭގެ ތަފާތު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އަދި ތަޖުރިބާތައް މާކެޓްކުރުމެވެ. މިގޮތުން މި ކެމްޕެއިންގެ ދަށުން ރާއްޖެއާ ގުޅުން ހުރި އިޝްތިހާރާއި ޕޯސްޓްތައް ކޮޒްމޯ ޓްރެވަލްސްގެ ވެބްސައިޓާއި ގޫގުލް ޑިސްޕްލޭ ނެޓްވޯކް އަދި ޔޫޓިއުބް މެދުވެރިކޮށް ގަތަރާއި މެދުއިރުމަތީގެ މާކެޓުގައި ދައުރުކުރާނެއެވެ. އަދި ކޮޒްމޯ ޓްރެވަލްގެ ޑާޓާބޭސްގައި ހިމެނޭ ފަރާތްތަކަށް އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދީ، ގަތަރާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ހުންނަ އެ ކުންފުނީގެ ރީޓެއިލް އައުޓްލެޓްތަކުގައި ވެސް ރާއްޖޭގެ އިޝްތިހާރުތައް ބަހައްޓާނެއެވެ. މި ކެމްޕޭނަށް 1.1 މިލިއަން އިމްޕްރެޝަންސް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

މި ކެމްޕޭންގެ ސަބަބުން ގަތަރު އަދި މެދުއިރުމަތީ މާކެޓުގެ ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަތުރުވެރިންގެ މެދުގައި ހާއްސަކޮށް ޕީކް ހޮލިޑޭ ސީޒަންތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރާނެއެވެ. މި ކެމްޕެއިން ކުރިއަށް ގެންދަނީ ގަތަރާއި މެދުއިރުމަތީގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިންގ ސްޓްރެޓެޖީގެ ދަށުންނެވެ.

2022 ވަނަ އަހަރުގެ ނިޔަލަށް މެދުރިއރުމަތިން ރާއްޖެއަށް 100،494 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މުއްދަތުގައި ގަތަރުން ރާއްޖެއަށް އައިސްފައިވަނީ 6،060 ފަތުރުވެރިންނެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މިގޮތުން މިއަހަރުވެސް މެދުއިރުމަތީގެ އަދި ގަތަރުގެ މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކުގައި ބައިވެރިވެ، ކެމްޕެއިންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

2022 ވަނަ އަހަރު އެމްއެމްޕީއާރުސީން ޖުމްލަ 176 ހަރަކާތް ހިންގާފައިވާއިރު، މީގެތެރޭގައި 90 މާކެޓިންގ ކެމްޕޭން، 42 ފެއަރގައި ބައިވެރިވުން، 06 ރޯޑްޝޯ ހޯސްޓުކުރުން، 10 ވާޗުއަލް އިވެންޓް، 18 ފެމިލިއަރައިޒޭޝަން ދަތުރު، އަދި 10 އެހެނިހެން އިވެންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ. މިހަރަކާތްތަކުގެ ޓޯޓަލް ރީޗްއަކީ 8,799,249,501 އެވެ. މި މަސައްކަތްތަކުގެ ސަބަބުން 2022ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑިވަނީ އަހަރު ނިމުމުގެ ދެ ހަފްތާ ކުރިން ހާސިލްކުރެވިފައެވެ. މީގެ އިތުރުން ރާއްޖެއިން އިން 2022ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، 'ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން'ގެ ލަގަބު ކާމިޔާބުކޮށްފައެވެ. އަދި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް 'ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑު' ގެ ލަގަބުވެސް އެމްއެމްޕީއާރުސީއިން ވަނީ ކާމިޔާބު ކޮށްފައެވެ.

އެމްއެމްޕީއާރްސީރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު