Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ބަލީގައި ރާއްޖެއިން ދެމީހަކު ނިޔާވުން

އިތުރު ދެ މީހަކު ނިޔާވެ މަރުގެ އަދަދު 205ށް

ހޮނިހިރު ދުވަހު އެންމެ ފުރަތަމަ މީހަކު ނިޔާވެފައި ވަނީ ދަންވަރު 1:30 ހާއިރު

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 19 ޖޫން 2021 | ހޮނިހިރު 06:00
ހުޅުމާލެ ސަހަރާ

ހުޅުމާލެ ސަހަރާ

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެމީހަކު ނިޔާވެ، ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 205ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހޮނިހިރު ދުވަހު އެންމެ ފުރަތަމަ މީހަކު ނިޔާވެފައި ވަނީ ދަންވަރު 1:30 ހާއިރުއެވެ. އެއީ އުމުރުން 55 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 204 ވަނަ މީހާއެވެ.

ހޮނިހިރު ދުވަހު ފަތިހު 05:19 ހާއިރު ބަލީގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 205 ވަނަ މީހާއެވެ.

މިހާތަނަށް 71،000 އަށްވުރެ ގިނަ މީހުން ރާއްޖެއިން ކޮވިޑް ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެކްޓިވް ކޭހުގެ އަދަދު މިހާރު ހުރީ 6000 ން މަތީގައެވެ. އޭގެތެރެއިން 50 އެއްހާ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު