Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެިއިސްރާއީލް- ފަލަސްތީނުގެ ހާލަތު

ރަސޫލާއަށް ފުރައްސާރަކުރުމާ ދެކޮޅަށް މުޒާހަރާކުރަން އުޅުނު ފަލަސްތީނު ބަޔަކަށް އިސްރާއީލް ސިފައިން ހަމަލާދީފި

އިސްރާއީލުން ބުނީ މިސްކިތުގެ ހަރިންމަ ތެރެއިން ފަލަސްތީނުގެ 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޖޫން 2021 | ހޮނިހިރު 03:24
އިސްރާއީލް ސިފައިން އަލްއަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ވަދެ

އިސްރާއީލް ސިފައިން އަލްއަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ވަދެ

އަލްއަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 9 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ވަދެގަތީ ހުކުރު ނަމާދަށް އަގްސާ މިސްކިތަށް ދިޔަ މީހުން ނަމާދުކޮށް ނިންމުމަށްފަހު ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް އިސްރާއީލުގެ ކަނާތު ފިޔައިގެ ބަޔަކު ކުރިޔަށް ގެންދިޔަ ހަރަކާތަކާއި ދެކޮޅަށް މުޒާހަރާކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

މިސްކިތުގެ ހަރިންމަތެރޭގައި ފަލަސްތީނު މީހުން ޖަމާވެ މުޒާހަރާއަށް ފެށުމުގެ ކުރިން އިސްރާއީލްގެ ސިފައިން ވަނީ އެތަނަށް ވަދެފައެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓުން ބުނާގޮތުގައި 9 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ތިން މީހަކަށްވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ. އިސްރާއީލް ސިފައިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ރަބަރު އުންޑަޔާއި ކަރުނަގޭހާއި އަދި ސްޓަން ގްރެނޭޑް ބޭނުންކޮށްފައެވެ.

އިސްރާއީލް ސިފައިން ބުނީ މިސްކިތުގެ ހަރިންމަތެރެއިން ފަލަސްތީނުގެ 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްދުފަހަނަޅާފައިވާ ޔަހޫދީން ވަނީ އަންގާރަ ދުވަހު މުޒާހަރާއެއް ބާއްވާފައެވެ. މިމުޒާހަރާގައި އެމީހުން ވަނީ "ޑެތް ޓު އަރަބް" ފަދަ ގޮވާލުންތައް ގޮވާފައެވެ. ފަލަސްތީނުގެ ރައްޔިތުން މުޒާހަރާކޮށްފައިވަނީ އިސްރާއީލުން ކުރިޔަށްގެންދިޔަ މި މުޒާހަރާގައި ބައިވެރިވި ބަޔަކު ރަސޫލާށް ފުރައްސާރަކުރާ ވީޑިއޯއެއް އާންމުވުމުންނެވެ.

އަނެއްކޮޅުން އިސްރާއީލް ސިފައިން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ގާޒާއަށް އަމާޒުކޮށްވެސް ހަމަލާތަކެއް ދީފައެވެ. ގާޒާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިމިވަނީ މީގެ މަހެއްހާ ކުރިން އިސްރާއީލާއި ހަމާސް އާ ދެމެދު 11 ދުވަސްވަންދެން ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު