Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ ފްލެޓްގެ އަގު

ހިޔާ ފްލެޓްގެ ހިސާބު ނުބައޭ ކިޔާއިރު ޓާޓާ ފްލެޓް ދޭން ހިސާބު ކިޔެވީ ކޮންފޮތަކުންބާ؟

ބޯހިޔާކޮށްލުމަށް ދަރާވިކިގެން ހޯދި ފްލެޓުން ރައްޔިތުންނަށް ހަގީގީ ހިޔާވަހި ކަމެއް ނުލިބުނު

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 16 ޖޫން 2021 | ބުދަ 15:01
މުއިއްޒު ވިދާޅުވަނީ ހިޔާ ފްލެޓް މިހާރު ކަނޑައަޅާފައި އޮތްވަރަށް ވުރެ ހެޔޮކޮށް ދެވޭނެ ކަމަށް

މުއިއްޒު ވިދާޅުވަނީ ހިޔާ ފްލެޓް މިހާރު ކަނޑައަޅާފައި އޮތްވަރަށް ވުރެ ހެޔޮކޮށް ދެވޭނެ ކަމަށް

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކުރި ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ރައްޔިތުން ބޯ ހިޔާ ކޮށްލަން ވަންނާނެ ގެދޮރު ހޯދައި ދިނުމަށް މޮޅެތި ނަންނަމުގައި އެކި މަޝްރޫއުތަށް އެކި ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރިއަށް ގެންދިޔަ މަޝްރޫއަކީ ވެށިފަހި މާލެ ޕްރޮގްރާމެވެ. ނުވަތަ ޓާޓާ ފްލެޓޭ މިކިޔޭ ފްލެޓްތަކެވެ. އަދި ކުރީގެ ރައީސް ޔާމީން ގެންގުޅުއްވި ސިޔާސަތަށް ނަންދެވިގެން ދިޔައީ ހިޔާ މަޝްރޫއުގެ ނަމުންނެވެ.

ކޮންމެ އަކަސް ހިޔާ ފްލެޓްގެ ނަމުގައި އަވަސް އަރުވާލައިގެން ޔާމީންގެ ސަރުކާރުން ފްލެޓްތަކެއް ހަދައިފިއެވެ. ކުލަކުލައިގެ އުސް ޓަވަރުތައް އުފުލިގެން ދިޔުމާއެކު ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައި ތިބި ރައްޔިތުންގެ އުންމީދުތައްވެސް އެގޮތުގައި އުފުލިގެންގެ ދިޔައެވެ. މިހާރު އިދިކޮޅުގައި އޮތް ޕީޕިއެމްގެ ސަރުކާރުގެ ތަރައްގީގެ ފަސް މަންޒަރުގެ ގޮތުގައި، ރައީސް ޔާމީންގެ ބޮޑު ފޮޓޯގެ ފަހަތުގައި ވެސް މި ދެންނެވި ކުލަ ޓަވަރުތައް އެ ޕާޓީން ގެންދަނީ ބޭނުން ކުރަމުންނެވެ. ބަލައިލަން ޗާލު ނަމަވެސް އެތެރެހުރީ " ކޮތަރުކޮށި" ތަކެއް ހެނެވެ. ކޮންމެއަކަސް އެވާހަކަ ބާއްވަމާ ހިނގާށެވެ. ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫންތާއެވެ.   

ހިޔާ ފްލެޓާއި ބެހޭގޮތުން ވާހަކަ ދައްކާއިރު މިހާރު އެންމެ ހޫނު މައުލޫއަކީ އެ ފްލެޓްތަކުގެ އަގެވެ. ފްލެޓް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ 7500 ކަމަށް މިސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެކަމަކު މި އަގަކީ "ސިއްސައިގެން" ދާހާ ބޮޑު އަގެއް ކަމަށް ނިމިދިޔަ ސަރުކާރުގެ އިސްވެރިން އަންނަނީ ބުނަމުންނެވެ. އަޑަށް ބާރު ލާފައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވަނީ 5600 ރުފިޔާއަށް ފްލެޓްތައް ދެވެން ޖެހޭނެ ކަމަށެވެ. އެއީ މާ ވަރުގަދަ ތަޖުރިބާކާރުންތަކަކާ މަޝްވަރާކުރުމަށްފަހު ޖެއްސެވި ހިސާބެއް ކަމަށް މުއިއްޒު ވިދާޅުވެއެވެ. އެހެން މުއިއްޒު ވިދާޅުވުމާ އެކު ޓާޓާ ފްލެޓްތަކުގެ މަތިން ހަނދާން ނެތުނީތޯ ބައެއް ރައްޔިތުން މިހާރު އަންނަނީ ސުވާލު ކުރަމުންނެވެ.

ޓާޓާ ފްލެޓް ލިބުނު މީހުންގެ ދިގު އިންތިޒާރަށް ޕީޕީއެމްގެ ވެރިކަމުގައި ހަދާލި ގޮތް މިހާ އަވަހަށް ހަނދާން ނެތުނީ ތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު ކުރަމުންނެވެ. ޓާޓާ ފްލެޓްތަކުގެ އިމާރާތްކުރި ފައިސާ ހަމަޖެއްސުމަށް ރައްޔިތުންނަށް ޖެހުނީ އެމީހުންގެ ފްލެޓްތަކަށް އެއްފަހަރާ ބޮޑު އަގު ދައްކާށެވެ. އެކަމަކު "ރައްޔިތުންނަށް ލުއި ފަސޭހަ ކޮށް ދިނުމުގެ" ގޮތުން ދެ ފުރުސަތެއް އެ ސަރުކާރުން ފަހިކޮށްދިނެވެ. އޭގެ ތެރެއިން އެއް މަގަކީ ދިގު އިންތިޒާރަކަށް ފަހު، އަމިއްލަ ދެރަ ނިކަމެތިކަން ގަބޫލުކޮށް ކުރުމަށްފަހު ފްލެޓް ދޫކޮށްލުމެވެ. ދެވަނަ މަގަކީ މީހާ ސަލާމަތް ނުވާވަރުގެ އިންޓަރެސްޓް ބޮޑު ލޯނެއް ނެގުމަށްފަހު ފައިސާ ދެއްކުމެވެ.

ބޮޑު އިންޓަރެސްޓްގައި ލޯނު ނެގި މީހުންގެ ލޯން ވިހި އަހަރު ދުވަހުން ޚަލާސްކޮށް ނިމޭއިރު އެ ފެންވަރުގެ ދެ ފްލެޓް ގަންނަހާ ފައިސާ އެމީހުންގެ އަތުން ޚަރަދުވެއެވެ. އެ ރައްޔިތުން ގެންދަނީ  ލޯންގެ ގޮތުގައި މަހަކު 17،000 ރުފިޔާ ދައްކަމުންނެވެ. އޭގެ ފަހުން އެއަށްވުރެ ކުޑަ އިންޓަރެސްޓެއްގައި ވެސް ލޯން ނެގި މީހުން އެބައުޅެއެވެ. އެފަދަ ގޮތެއްވެސް ހަމަނުޖެހުނު މީހުންގެ އަތުން ސަރުކާރުން ފްލެޓް އަތުލީއެވެ.  ފްލެޓްތައް ދިނީ ފަސްއަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ދެއްކޭނެ ފެންވަރުގެ މީހުންނަށެވެ. މިއީ މަޝްރޫއު އެމްޑީޕީގެ ވެރިކަމުގައި ހަވާލު ކުރި އިރަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

އެއްބައެއްގެ އަތުން ފްލެޓް އަތުލި އިރު، ބޮޑު ލޯނާއެކު ފްލެޓްތަކަށް ވަން މީހުންނަށް ވެސް ހިތްހަމަޖެހުމެއް ނެތެވެ. ދޮރުފަތްތަކުގައި ޖަހާފައި ހުރި ބިއްލޫރި ކޮޅުވެސް ވަޔާފޭބިއެއެވެ. މެއިންޓަނަންސް ފީގެ ގޮތުގައި ފީއެއް ދައްކައިގެން އުޅޭ އިރު ވެސް، ވިއްސާރަ މޫސުމެއްނަމަ ޖެހެނީ ފާރުތަކުގައި ފޮތި އޮޅާށެވެ. ބޯހިޔާކޮށްލުމަށް ދަރާވިކިގެން ހޯދި ފްލެޓުން ރައްޔިތުންނަށް ހަގީގީ ހިޔާވަހި ކަމެއް ނުލިބުނެވެ. ހިޔާ ފްލެޓްގެ ވާހަކަ ދައްކާއިރު, ޓާޓާ ފްލެޓްތަކުގެ ހިސާބު ކުރީ ސަރުކާރުން ހެދިގޮތުގެ ހިތި ރައްޔިތުންގެ ކަރުބުޑުން ފިލާނެ ޒަމާނެއް ވެސް ނޭނގެއެވެ.

ހިޔާ ފްލެޓްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު