Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް ވެކްސިން

އެސްޓްރަޒެނަކާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ މުއްދަތު ދެގުނައަށް އިތުރު ކުރީ ސައިންސްވެރިންގެ ހުއްދަ ނުހޯދާކަން ހާމަވެއްޖެ

ދުވަސް އިތުރު ކުރުމާ ބެހޭ ގޮތުން ވާހަކަ ދެކެވި މަޝްވަރާ ކުރެވުނު، އެހެން ނަމަވެސް ގޮތެއް ނުނިންމާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 ޖޫން 2021 | ބުދަ 06:07
ނަރުހަކު ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒެއް ދައްކާލަނީ

ނަރުހަކު ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒެއް ދައްކާލަނީ

އިންޑިއާ ސަރުކާރުން އެސްޓްރަޒެނަކާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ މުއްދަތު ދެގުނައަށް އިތުރުކުރުން އެއީ ސައިންސްވެރިންގެ ނިންމުމެއް ނޫން ކަން ހާމަވެއްޖެއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީންވަނީ އެސްޓްރަޒެނަކާގެ ދެވަނަ ޑޯޒާ ޖަހާ މުއްދަތު، ފުރަތަމަ ޑޯޒް ޖަހާތާ 12 ނުވަތަ 16 ހަފްތާ ފަހުން ޖެހޭނެ ކަން މެއި މަހުގެ 13 ވަނަ ދުވަހު އިއުލާން ކޮށްފައެވެ. ކުރިން ދެވަނަ ޑޯޒް ޖަހަނީ، ފުރަތަމަ ޑޯޒް ޖަހާތާ 6 ނުވަތަ 8 ހަފްތާ ފަހުންނެވެ. ދުވަސް އިތުރު ކުރީ، ބަލި ފެތުރުން ކޮންޓްރޯލް ނުވެ، ވެކްސިން ލިބުމުގައި ހުރި ދަތި ތަކާއެކުގައެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނީ، ދުވަސް އިތުރުކުރީ، ނޭޝަނަލް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ލަފަޔާ އެކު ކަމަށެވެ. އެހެންނަމަވެސް އެކަން އެ ގްރޫޕްގެ ބައެއް މެމްބަރުން ވަނީ ދޮގުކޮށްފައެވެ. 14 މެންބަރުން ހިމެނޭ މި ގްރޫޕްގެ 3 މެންބަރަކާ ހަވާލާދީ ރޮއިޓާރސްއިން ބުނެފައިވަނީ، ދުވަސް އިތުރުކުރުމަށް އެކަށީގެންވާ ވަރަށް މައުލޫމާތު ނެތް ކަމަށެވެ. އެ ގްރޫޕުން ދުވަސް އިތުރު ކުރުމާ ބެހޭ ގޮތުން ވާހަކަ ދެކެވި މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެއީ ކިހާ މުއްދަތެއްކަން ކަނޑަނާޅާ ކަމަށެވެ. އެކަމުގެ ސަބަބުން ދެން ދިމާވާނެ ކަންކަމާ ބެހޭ މައުލޫމާތުތައް އެއް ކުރެވިފައި ނުވާ ކަމަަށް ވެސް އެ ގްރޫޕުގެ މެމްބަރަކާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.

އެ ގްރޫޕްގެ އެހެން މެމްބަރެއް ކަމަށްވާ މެތިއު ބުނެފައިވަނީ، ސައިންސްވެރިން ލަފާދިނީ، 8 ނުވަތަ 12 ހަފްތާގެ މުއްދަތެއްގެ ތެރޭގައި ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީން ބުނީ، ބަދަލު ގެނައީ، ސައިންސްވެރިންގެ ތަހުލީލުތަކުގެ މައްޗަށް ބިނާ ކޮށް ކަމަށެވެ.

މުއްދަތު އިތުރު ކުރުމަށް މެއި މަހުގެ 13 ވަނަ ދުވަހު ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ، މުއްދަތު އިތުރު ކުރަން ނިންމީ، ސައިސްވެރިންގެ ނިންމުންތަކަށް ބިނާކޮށްކަމަށެވެ. ވެކްސިން ލިބުމުގެ ދަތިކަން ހުރުމުން ނޫން ކަމަށެވެ.

އެސްޓްރަޒެނިކާކޮވިޑް-19ޑަބްލިޔުއެޗްއޯއިންޑިއާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު