Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްޑީއައި ޕޮލިސީ އިސްލާހުކުރުން

އެއާޓްރެފިކް ކޮންޓްރޯލާމެދު އޮޅުން ނާރާނެހެން އުސޫލު އަލުން އިސްލާހުކޮށްފި

16 ޖޫން 2021 | ބުދަ 02:53

އައު އިސްލާހުގައި ވާގޮތުން އެއާ ޓްރާސްޕޯޓް ސާވިސް އާ ގުޅުންހުރި ޚިދުމަތްތަކުގެ ތެރޭގައި ދައުލަތުގެ ބާރުގެ ދަށުގައިވާ ޚިދުމަތްތަކާއި ފެސިލިޓީތަކެއް ނުހިމެނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 16 ޖޫން 2021 | ބުދަ 02:53
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު

އެއާޓްރެފިކް ކޮންޓްރޯލާމެދު އޮޅުން ނާރާނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި ޕޮލިސީ) އިސްލާހު ކުރުމަށްފަހު ޝާއިއުކޮށްފިއެވެ.

ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭ ގޮތަށް އެފްޑީއައި ޕޮލިސީއަށް އަލަށް ގެނައި އިސްލާހު ގެޒެޓްގައި ޝާއިއުކުރުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވީ އެއާ ޓްރެފިކް އޮޕަރޭޓްކުރުން ބޭރުގެ ފަރާތްތަކަށް ލިބިގެން ދިއުމެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން، ޕޮލިސީގެ އިބާރާތްތައް އިސްލާހު ކުރުމަށްފަހު އަލުން ޝާއިއުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވެއެވެ.

އެފްޑީއައި ޕޮލިސީގެ އެނެކްސް 1 ގެ ކްލާސް ކޯޑް H3 އަލުން ބަދަލުކުރުމަށްފަހު ޝާއިއުކުރި އިސްލާހުގައި ވާގޮތުން އެއާ ޓްރާސްޕޯޓް ސާވިސް އާ ގުޅުންހުރި ޚިދުމަތްތަކުގެ ތެރޭގައި ދައުލަތުގެ ބާރުގެ ދަށުގައިވާ ޚިދުމަތްތަކާއި ފެސިލިޓީތަކެއް ނުހިމެނެއެވެ. އެގޮތުން އެއާޓްރެފިކް ކޮންޓްރޯލް ކުރުމާއި، އިމިގްރޭޝަނާއި، ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ފަދަ ޚިދުމަތްތައް ނުހިމެނޭނެކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

ކުރިން ގެނައި އިސްލާހުގައި ވާގޮތަށް، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ޚިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކަށް ދެވޭނެ ކަމަށް އައު އިސްލާހުގައި ވެސް ބުނެފައިވެއެވެ. އެއާއެކު އެއާވޭ ޓާމިނަލް ފަދަ ޓާމިނަލް ފެސިލިޓީތައް ހިމެނޭގޮތުން އެއާޕޯޓު އޮޕަރޭޓް ކުރުމާއި މެނޭޖް ކުރުމުގެ ޚިދުމަތް ވެސް ދެވޭނެކަމަށް ބުނެފައި ވެއެވެ. ހަމައެހެންމެ އެ ކުންފުނިތަކަށް ގްރައުންޑް ސާވިސް ޚިދުމަތް ދެވޭނެ ކަމަށް ވެސް އިސްލާހުގައި ވެއެވެ.

2020 ވަނަ އަހަރު އެފްޑީއައި ޕޮލިސީ ފުރަތަމަ އެކުލަވާލިއިރު ރާއްޖޭގައި ފްރައިޓް ސާވިސްއާއެކު އެއާ ޓްރާންސްޕޯޓުގެ ޚިދުމަތް ދެވޭނީ ބޭރުގެ 75 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެހެން ނަމަވެސް  ޕޮލިސީއަށް ބަދަލުގެނައީ މި ދާއިރާގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކަށް 75 އިންސައްތަ ތްރެޝްހޯލްޑް އޮތުމުން އިންވެސްޓްކުރުމަށް ހުރަސްތަކެއް ހުރުމުން ކަމަށް ސަރުކާރުން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
18 ފެބުރުއަރީ 2025

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ
05 މެއި 2024

ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

05 މެއި 2024
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
02 ޖެނުއަރީ 2024

ޓްރާންޝިޕްމަންޓަށް ހާއްސަ ކުންފުންޏެއް އުފައްދަނީ

02 ޖެނުއަރީ 2024
ޓްރާންޝިޕްމަންޓަށް ހާއްސަ ކުންފުންޏެއް އުފައްދަނީ
09 ޑިސެމްބަރު 2023

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް: މިނިސްޓަރު ސައީދު

09 ޑިސެމްބަރު 2023
ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް: މިނިސްޓަރު ސައީދު
20 ނޮވެމްބަރު 2023

މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް

20 ނޮވެމްބަރު 2023
މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް
06 އޮކްޓޯބަރު 2023

ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތް ކުރާ 700ށްވުރެ ގިނަ ފާރާތްތަކަށް ފައިސާ ދޫކޮށްފި

06 އޮކްޓޯބަރު 2023
ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތް ކުރާ 700ށްވުރެ ގިނަ ފާރާތްތަކަށް ފައިސާ ދޫކޮށްފި
05 އޮކްޓޯބަރު 2023

ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި

05 އޮކްޓޯބަރު 2023
ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް