Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން

ކުޑަކުދިން ކުރާ ކުށްތައް މީޑިއާގައި ރިޕޯޓު ނުކުރެވޭ ގޮތަށް ހަދައިފި

14 ޖޫން 2021 | ހޯމަ 13:54

އެމްއެމްސީގެ މި އުސޫލަށް ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 14 ޖޫން 2021 | ހޯމަ 13:54
ޖުމްހޫރީ މައިދާނުގައި ކުޑަކުދިންތަކެއް

ޖުމްހޫރީ މައިދާނުގައި ކުޑަކުދިންތަކެއް

އުމުރުން 18 އަހަރު ނުފުރޭ ކުދިން ކުރާ ކުށްތަކުގެ މައުލޫމާތު މީޑިއާތަކުގައި ރިޕޯޓުނުކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އުސޫލެއް ހަދައިފިއެވެ.

އެމްއެމްސީން ހެދި މިއުސޫލުހޯމަ ދުވަހު ގެޒެޓުގައި އާންމުކޮށްފައިވާއިރު، ހޯމަ ދުވަހުން ފެށިގެން އުސޫލަށް އަމަލުކުރަން ޖެހެއެވެ.

މީޑިއާ ކައުންސިލުން ހަދައި އާންމުކޮށްފައިވާ މި އުސޫލަކީ، ގާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި ގެންގުޅެންވީ މިންގަނޑުތައް އެކަށައަޅައިފައި އޮތުން ކަމަށް ބަޔާންކޮށްފައިވެއެވެ.

އުސޫލުގައިވާގޮތުން ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައުޅޫމާތު މީޑިއާތަކުން ހާމަކުރާއިރު, މީހަކު 18 އަހަރުވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވާތަ އެނޫންވެސް ވަސީލަތެއްގައިވެސް ހާމަކޮށްގެން ނުވާނެއެވެ. އަދި ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއްގައި ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މައުލޫމާތެއް މީޑިއާތަކުގައި ހާމަކުރުން މަނަލެވެ.

އެގޮތުން ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިއު ކުރުމަކީ މަނާކަމެކެވެ. އަދި ކުއްޖާގެ މައުލޫމާތު ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައިވެސް ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާ ފަދަ މައުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިއު ކުރުމަކީ މަނާކަމެކެވެ.

އުސޫލުގައިވާގޮތުން ކުށްކުރާ ކުއްޖާގެ ސްކޫލާއި އެޑްރެސް އަދި ނަން ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ޝަރީއަތުގެ މަރުހަލާގެ ތެރެއިން ވެސް އާންމުކުރުމަކީ މަނާކަމެކެވެ. ނަމަވެސް ކުއްޖާގެ މަސްލަހަތަށް ޓަކައި ކަނޑައެޅިފައިވާ ހާލަތުތަކެއްގައި، އަދި ލިޔުމުން ރެކޯޑު ކުރެވޭ ސަބަބުތަކަށް ޓަކައި، ކޯޓުން ހުއްދަކުރާ މައުލޫމާތުތަކެއް މީޑިއާގައި އަދި އެ ނޫން ވެސް ވަސީލަތްތަކުގައި އާންމުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރަށް ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށްޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ވެސް މަނާކަމެކެވެ. އެގޮތުން ކުއްޖާގެ ނަމާއި އެޑްރެގާއި ތައުލީމު ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް، ނުވަތަ ނުސީދާ ގޮތުން ވެސް ކުއްޖާ އަކީ ކާކުކަން ދޭހަވާ ނުވަތަ ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް އާންމުކުރުން މަނަލެވެ.

އެމްއެމްސީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

02 ނޮވެމްބަރު 2024
ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ
31 އޮކްޓޯބަރު 2024

ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

31 އޮކްޓޯބަރު 2024
ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ
28 އޯގަސްޓު 2024

ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

28 އޯގަސްޓު 2024
ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި
17 ޖުލައި 2023

ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ

17 ޖުލައި 2023
ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ
10 ޖެނުއަރީ 2023

ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި

10 ޖެނުއަރީ 2023
ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި
10 ޑިސެމްބަރު 2022

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބު ކޮށްފި

10 ޑިސެމްބަރު 2022
މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބު ކޮށްފި
05 އޮކްޓޯބަރު 2022

އެމްއެމްސީން ދޭ ގްރާންޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

05 އޮކްޓޯބަރު 2022
އެމްއެމްސީން ދޭ ގްރާންޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
19 އޯގަސްޓު 2022

އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

19 އޯގަސްޓު 2022
އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
12 އޯގަސްޓު 2022

ނޫސްވެރިން ތަމްރީނު ކުރުމަށް ޖަޕާންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި

12 އޯގަސްޓު 2022
ނޫސްވެރިން ތަމްރީނު ކުރުމަށް ޖަޕާންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި
01 އޯގަސްޓު 2022

ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭއިރު އަޚުލާގީ މިންގަނޑު ހިފަހައްޓަން އިލްތިމާސްކޮށްފި

01 އޯގަސްޓު 2022
ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭއިރު އަޚުލާގީ މިންގަނޑު ހިފަހައްޓަން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް