Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވިއެނާ ކޮންވެންޝަންގައި ބައިވެރިވުމުގެ މައްސަލަ

ވިއެނާ ކޮންވެންޝަންގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފި

ކޮންވެންޝަންގައި ބައިވެރިވުމަށް ރުހުންދީފައި ވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 48 މެންބަރުންގެ އިއްތިފާގުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 ޖޫން 2021 | ހޯމަ 08:19
މި މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން

މި މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން

ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ޓްރެފިކް 1968 އާއި ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968 ގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި މި ކޮންވެންޝަންގައި ބައިވެރިވުމަށް ރުހުންދީފައި ވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މި މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. މި ކޮންވެންޝަންތަކުގައި ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވަވައިދެއްވީ މަޖިލީހުގެ އަމީންޢާންމެވެ..

މިސިޓީފުޅުގައި ވަނީ އިންޓަރނޭޝަނަލް ރޯޑް ޓްރެފިކްގެ ރައްކާތެރިކަން ކަށަވަރުކޮށް ކުރިއެރުވުމަށްޓަކައި އެއްހަމަ އިޖުރާތުތަކެއް އެކުލަވާލުމާއި، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ އުޅަނދުތަކާ ގުޅިގެން އެފަދަ ގައުމުތަކުގެ މަގުތަކާއި، ޓްރެފިކް ނިޝާންތަކާއި، ޓްރެފިކާ ގުޅޭ އުސޫލުތައް އެއްހަމަކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ދެ މުއާހަދާކަމުގައިވާ ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ޓްރެފިކް އާއި ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށެވެ.

އެގޮތުން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުންގެ ބައްދަލުވުމުގައި އެ ދެ ކޮންވެންޝަންގައި ބައިވެރިވުމަށް ނިންމަވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސްގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަޙުލާ ވިދާޅުވީ، ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ޓްރެފިކް 1968 އާއި ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968 ގައި ބައިވެރިވުމުން، ރާއްޖޭގެ ލައިސަންސް ބޭނުން ކޮށްގެން ކޮންވެންޝަންގައި ބައިވެރިވެފައިވާ އެހެން ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި މުއާހަދާގައި ބައިވެރިވުމަށް ނިންމީ، އަވައްޓެރި ގައުމުތަކުގައި އުޅޭ ދިވެހީންނަށް، ޚާއްސަކޮށް ކިޔަވާ ކުދިންނަށް، ވެހިކަލް ދުއްވާއިރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އާންމުކޮށް ދިވެހި ކިޔަވާ ކުދިން ދިރިއުޅޭ އެއް ގައުމު ކަމުގައިވާ މެލޭޝިއާއަކީ ވެސް މި މުއާހަދާގެ މެންބަރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި މުއާހަދާގައި ރާއްޖެއިން ސޮއި ކުރާއިރު، މުއާހަދާގެ މާއްދާއަކަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެހެން ގައުމުތަކުގެ ވެހިކަލް ގެނެސް ރާއްޖޭގައި ދުއްވޭ ގޮތަށް އޮންނަ މާއްދާއަށް ރާއްޖެއިން އަމަލުކުރުމަށް ނިންމައިފިނަމަ، މިހާރަށްވުރެ ބޮޑަށް މާލޭގައި ތޮއްޖެހުން އިތުރުވެގެން ދާނެ ކަމަށެވެ. އެހެންކަމުން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރިއިރު ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ތާއީދާއެކު، އެ މާއްދާ ރިޒަވޭޝަނަށް ލުމަށް ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މުއާހަދާގެ މަގުސަދަކީ، ރޯޑް ޓްރެފިކްގެ ރައްކާތެރިކަން ކަށަވަރުކޮށް ކުރިއެރުވުމަށްޓަކައި، އަދި ހަމަހަމަ އިޖުރާތުތަކެއް އެކުލަވާލުމަށްޓަކައި، އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ އުޅަނދުތަކާ ގުޅިގެން އެފަދަ ގައުމުތަކުގެ މަގުތަކާ ޓްރެފިކް ނިޝާންތަކާ ގުޅޭ އެހެން އުސޫލުތައް އެއްގޮތް ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު