Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިޔަފާރިތަކަށް މޮރިޓޯރިއަމްދިނުމަށް ހުށަހެޅި ގަރާރ

ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގައި ލޯ ލާރިއެއް ވެސް ނެތް - ޖާބިރު

14 ޖޫން 2021 | ހޯމަ 08:09

މެންބަރު ވަނީ ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ދިނުން އެދި ގޮވާލައި ހުށަހަޅާފައިވާ ގަރާރަށް ތާއީދުކުރައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖޫން 2021 | ހޯމަ 08:09
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިިމުނުއިރު ދިވެހިރާއްޖޭގެ ދައުލަތުގައި ލޯ ލާރިއެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އިޤްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ދިނުން އެދި ގޮވާލައި ހުށަހަޅާފައިވަ ގަރާރަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ހާލަތު ގޯސްވެގެން ދާ ދަނޑިވަޅުތަކުގައި ރިޒަރވްގައި ފައިސާ ހުންނަ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައިރު ދައުލަތުގެ ރިޒަރވްގައި ލޯ ލާރިއެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ކޮމަރޝަލް ބޭންކެއް ނެތް ކަމަށާއި، ރާއްޖޭގައި ހުންނަނީ އެސްބީއައިގެ ވެސް ބްރާންޗެއް ކަމަށެވެ. އަދި ދެން ހުންނަނީ ދެތިން ހަތަރު ވިޔަފާރިވެރިއެއް ހިސޯރު ކޮށްގެން އުޅޭ ބޭންކް އޮފް މޯލްޑިވްސް ކަމަށް ވިދާޅުވެ މެންބަރު ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ. އަދި އެތަނުން ވެސް ޕްރޮޖެކްޓަކަށް ފައިނޭންސެއް ނުދޭ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޖާބިރު ވަނީ މި ދަނޑިވަޅުގައި ރައީސް އަމަލު ކުރައްވަމުން އަންނަ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފައެވެ.

މިގަރާރަށް ތާއިދުކޮށް ގިނަ މެންބަރު ވާހަކަ ދެއްކެވިއިރު ގަރާރުގައި ބުނީ ކޮވިޑް-19 ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބައްޔަށް ފައްސިވާ ފަރާތްތައް އެތައް ގުނައަކުން އިތުރުވެފައިވާތީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ މިބަލި ފެތުރުން ކޮންޓްރޯލް ނުވާނެކަމަށް ބަލައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޚާއްސަ ފިޔަވަޅުތަކެއް 05 މެއި 2021 ވަނަ ދުވަހުން ފެށިގެން އަޅަންފަށައި، އިތުރު ޚާއްސަ ފިޔަވަޅުތައް އަޅައި، މި އެންމެހާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށް އަދި ފިޔަވަޅުތައް އިތުރަށް ހަރުކަށިވަމުންދާ ކަމަށެވެ.

ގަރާރުގައި އިތުރަށް ބުނީ ކޮވިޑް މިހާރު ފެތުރެމުންދާ މިންވަރަށާއި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަމުންދާ ދިއުމަށް ބަލައި، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުލިބި ދިގު މުއްދަތަކަށް ފިޔަވަޅުތައް ދަމަހައްޓަން ޖެހިދާނެ ކަމަށް ބެލެވެން އޮތުމާއެކު މޮރެޓޯރިއަމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއަބްދުﷲ ޖާބިރު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް