Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް މޮރިޓޯރިއަމް ދިނުން

ލޯނު ނަގާފައިވާ ވިޔަފާރިތަކަށް މޮރިޓޯރިއަމް ދިނުމަށް އެދި ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ފަށައިފި

14 ޖޫން 2021 | ހޯމަ 06:43

ގަރާރު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖޫން 2021 | ހޯމަ 06:43
ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓިފައިވޭ

ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓިފައިވޭ

ކޮވިޑް-19 ގެ ބަލިމަޑުކަމުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ދިނުން އެދި ގޮވާލައި ހުށަހަޅާފައިވަ ގަރާރުގެ އިބްތިދާއީ ބަހުސް ފަށައިފިއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ މި ގަރާރުގެ ބަހުސް ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަށާފައިވާއިރު މެންބަރު ވަނީ މި ގަރާރު މަޖިލީހަށް އިއްވާފައެވެ.

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ ކޮވިޑް-19 ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބައްޔަށް ފައްސިވާ ފަރާތްތައް އެތައް ގުނައަކުން އިތުރުވެފައިވާތީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ މިބަލި ފެތުރުން ކޮންޓްރޯލް ނުވާނެކަމަށް ބަލައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޚާއްސަ ފިޔަވަޅުތަކެއް 05 މެއި 2021 ވަނަ ދުވަހުން ފެށިގެން އަޅަންފަށައި، އިތުރު ޚާއްސަ ފިޔަވަޅުތައް އަޅައި، މި އެންމެހާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށް އަދި ފިޔަވަޅުތައް އިތުރަށް ހަރުކަށިވަމުންދާ ކަމަށެވެ.

މެންބަރު ވިދާޅުވީ ކޮވިޑްގެ ފުރަތަމަ ރާޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ އާމްދަނީ ހީނަރުވެގެން ގޮސްދާނެކަމަށް ބަލައި، ވިޔަފާރިތަކަށް އެހީވުމަށްޓަކައި، ލޯނުތައް ނަގާފައިވާ ވިޔަފާރިތަކަށް ލޯނު ދެއްކުމުގައި ލުއިދިނުމުގެ ގޮތުން މޮރެޓޯރިއަމްގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ބަލި ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ކޮވިޑްގެ ފުރަތަމަ ރާޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެޅި ފިޔަވަޅުތަކާ، އެއްފަދަ ނުވަތަ އެއްފަދަ ނަތީޖާތަކެއް ވިޔަފާރިތަކަށް ކުރާނެ ފިޔަވަޅުތަކެއް ކަމަށެވެ.

ގަރާރުގައި އިތުރަށް ބުނީ ކޮވިޑް މިހާރު ފެތުރެމުންދާ މިންވަރަށާއި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަމުންދާ ދިއުމަށް ބަލައި، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުލިބި ދިގު މުއްދަތަކަށް ފިޔަވަޅުތައް ދަމަހައްޓަން ޖެހިދާނެ ކަމަށް ބެލެވެން އޮތުމާއެކު މޮރެޓޯރިއަމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން 05 މެއި 2021 ވަނަ ދުވަހުން ފެށިގެން އަޅަމުން އަންނަ ފިޔަވަޅުތައް އެއްކޮށް އުވާލާ ދުވަހުން ފެށިގެން 06 މަސް ދުވަހުގެ ނިޔަލަށް، ރާއްޖޭގެ ރަޖިސްޓްރީ ކޮށްފައިވާ ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވިޔަފާރިތަކުގެ ބޭނުމަށް ނަގާފައިވާ ލޯނާއި ކްރެޑިޓް ފެޓިލިޓީތަކަށް އެ އުސޫލުގެ ދަށުން މޮރިޓޯރިއަމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭގޮތަށް ދިވެހި ސަރުކާރަށް ގޮވާލައި ހުށަހަޅާ ކަމަށް މެންބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް