Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯނިންވިއުގެ އަލިފާނުގެ ހާދިސާ

މޯނިންވިއު އަލިފާނުގެ ހާދިސާ- އާންމު ހާލަތަށް ރުޖޫއަ ވުމަށް 1.2 މިލިއަން ރުފިޔާ

13 ޖޫން 2021 | އާދީއްތަ 18:04

މިވަގުތު ވަގުތީ ބޯހިޔާވަހިކަމުގައި ތިބީ 14 މީހުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖޫން 2021 | އާދީއްތަ 18:04
މއ. މޯނިންގ ވިއުގައި ހިނގި އަލިފާނުގެ ހާދިސާ

މއ. މޯނިންގ ވިއުގައި ހިނގި އަލިފާނުގެ ހާދިސާ

މއ. މޯނިންގވިއުގައި މެއި މަހުގެ 27 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ރިލީފް އެހީފޯރުކޮށް ދިނުމަށާއި، އަދި ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ޖުމްލަ 1,279,393.8 (އެއް މިލިއަން ދެ ލައްކަ ހަތްދިހަ ނުވަ ހާސް ތިން ސަތޭކަ ނުވަދިހަ ތިން ރުފިޔާ އަށްލާރި) ޚަރަދުވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނެފިއެވެ.

ހާދިސާއާއި ގުޅިގެން ހެދުނު ރިލީފް އެހީ އަދި ގެއްލުމުގެ އެސެސްމަންޓުން ހާމަވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް 34 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު މިވަގުތު ވަގުތީ ބޯހިޔާވަހިކަމުގައި ތިބީ 14 މީހުންނެވެ. މެއި މަހުގެ 27ން ފެށިގެން ފުރަތަމަ 21 ދުވަހުގެ ނިޔަލަށް ވަގުތީ ހިޔާ ހަމަޖައްސާދިނުމަށް 155،000 ރުފިޔާ ޚަރަދު ކުރެވޭނެ ކަމަށް އެސެސްމަންޓުން ހާމަވެއެވެ.

Advertisement - newsAdvertisement

މި މުއްދަތުގައި، އެހީ ބޭނުންވާ އާއިލާތަކަށް ޒަރޫރީ ކެއިންބުއިމުގެ ކަންތަކަށް ފައިސާގެ ގޮތުގައި 141،000 ރުފިޔާ ވަނީ ހަމަޖައްސާދީފައެވެ. އަދި ބޭނުންވާ އަންނައުނުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 46،000 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ވުމާއެކު ވަގުތީ ހިޔާ ހަމަޖެއްސުމަށާއި ރިލީފް އެހީގެ ފޯރުކޮށްދިނުމަށް މިހާތަނަށް ޚަރަދު ކޮށްފައިވަނީ ޖުމުލަ 342،000 ރުފިޔާއެވެ.

މޯނިންގވިއުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 8 ގޭބިސީއެއްގެ އެސެސްމަންޓް ވެސް އެ އޮތޯރިޓީން ވަނީ ހަދާފައެވެ. އެގޮތުން ގޭބިސީތަކުގެ ސްޓްރަކްޗަރއަށް ލިބުނު ގެއްލުމާއި، ގޭބިސީތަކުގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ވަނީ އެސެސްކޮށް ބަލާފައެވެ. މިކަމަށް ޖުމްލަ 705،093.80 ރުފިޔާ ޚަރަދުވާއިރު މީގެ ތެރޭގައި ހިމެނެނީ ސްޓްރަކްޗަރއަށް ލިބުނު ގެއްލުމަށް ބަލައި އާއިލާތަކަށް އެހީގެ ގޮތުގައި ދެވޭ 658،408.80 ރުފިޔާ، އަދި ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ބަދަލުގައި އާއިލާތަކަށް ދެވޭ 46،685 ރުފިޔާއެވެ.

މީގެ އިތުރުން އާއްމު ހާލަތަށް ރުޖޫއަވުމަށް ދެވޭ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭއިރު، ކުއްޔަށް ދިރިއުޅުނު އާއިލާ އަލުން ތަނެއް ކުއްޔަށް ހިފައިގެން ދިއުމަށް ދޭ އެހީ 2 އާއިލާއަކަށް ފޯރުކޮށްދެއެވެ. މިކަމަށް ހަމަޖައްސާފައި ވަނީ 92،300 ރުފިޔާއެވެ. އަދި މޯނިންގވިއު މަރާމާތުކުރުމަށް ދާ މުއްދަތުގައި ވެސް 2 އާއިލާއަކަށް އެހީވުމަށް ނިންމާފައިވެއެވެ. މިކަމަށް ޚަރަދުވާނީ 140،000 ރުފިޔާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މިކަމަށް ޚަރަދުވާނީ ޖުމްލަ 232،300 ރުފިޔާއެވެ.

މއ. މޯނިންގ ވިއުގައި ހިނގި އަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 މެއި 2021

ކައުންސިލްގެ މުވައްޒަފުން އަމަލީ ގޮތުން ނުކުމެ އެހީވާން ވެސް މި ތިބީ ތައްޔާރަށް- ޑރ. މުއިއްޒު

27 މެއި 2021
ކައުންސިލްގެ މުވައްޒަފުން އަމަލީ ގޮތުން ނުކުމެ އެހީވާން ވެސް މި ތިބީ ތައްޔާރަށް- ޑރ. މުއިއްޒު
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް