Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯނިންގ ވިއު ގޭގައި ރޯވުން

ކައުންސިލްގެ މުވައްޒަފުން އަމަލީ ގޮތުން ނުކުމެ އެހީވާން ވެސް މި ތިބީ ތައްޔާރަށް- ޑރ. މުއިއްޒު

27 މެއި 2021 | ބުރާސްފަތި 04:43

އެ ގޭގެ މީހުން ޢިޔާސުއްދީނަށް ގެންދެވިފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 މެއި 2021 | ބުރާސްފަތި 04:43
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައި ރާއްޖެޓީވީއާ ވާހަކަދައްކަވަނީ

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައި ރާއްޖެޓީވީއާ ވާހަކަދައްކަވަނީ

މއ. މޯނިންގ ވިއުގެ 3 ވަނަ ފަންގިފިލާގައި އަލިފާން ރޯވުމާގުޅިގެން ސިޓީ ކައުންސިލުގެ މުވައްޒަފުން ނުކުމެ އަމަލީ ގޮތުން އެހީވާން ޖެހުނަސް އެކަމަށް ތައްޔާރަށް ތިބި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގުމާގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ދެއްވި ބަސްދީގަތުމުގައި ޑރ. މުއިއްޒު ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކޮށް އެމީހުންގެ ޝަކުވާއާއި ކަންބޮޑުވުން އަޑުއަހާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ އެމީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް އައިސްފައިވަނީ ހާދިސާ ރިޕޯޓު ކުރެވުނުތާ 50 މިނެޓު ފަހުން ކަމަށެވެ. އަދި އެންމެ ފުރަތަމަ އެ ސަރަހައްދުގައި ހަރަކާތްތެރިވީ ކުޑަ ޓީމެއް ކަމަށެވެ. އަދި މި އަލިފާންގަނޑު ކޮންޓްރޯލު ކުރަން ވަގުތު ނެގީ އެމްއެންޑީއެފުން ކަންތައް ކުރި ގޮތުން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އެމްއެންޑީއެފްގެ ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ޑިޒަރސްޓަރ މެނޭޖްމަންޓުން ކަންތައް ކުރައްވާގޮތް ވެސް ބައްލަވާނެ ކަމަށާއި ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނާ ވެސް ވާހަކަ ދައްކަވާނެ ކަމަށެވެ. މީގެ އިތުރުން މިހާރު އެންމެ މުހިއްމު ކަމަކީ ލިބުނު ގެއްލުން އެސެސް ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާއިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުމާއެކު 2 މިނިޓެއްގެ ތެރޭގައި އަލިފާން ނިއްވާ ފުރަތަމަ ވެހިކަލް ސައިޓަށް ދިޔަ ކަމަށެވެ. އަލިފާން ރޯވި ގޭގެ 4 ފަންގިފިލާއަކީ ވެސް ލަކުޑިން ޑެގް އަޅައިގެން ހަދާފައިވާ ގެއެއް ކަމުން އަލިފާނުގެ ހޫނުން ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އަލިފާން ފެތުރިގެން ގޮސްފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ މއ. މޯނިންގ ވިއު ތިން ވަނަ ފަންގިފިލާގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ފަތިހު ގާތްގަނޑަށް 5:00 ހާއިރު ކަމަށް ބުންޏެވެ. އަލިފާންގަނޑު ނިވާލާފައި ވަނީ 6 ޖެހި ފަހުންނެވެ. އެ ގޭގައި ދިރިއުޅޭ މީހުން މިހާރު ވަނީ ވަގުތީގޮތުން ޣިޔާސުއްދީން ސްކޫލަށް ގެންގޮސްފައެވެ.

މއ. މޯނިންގ ވިއުގައި ހިނގި އަލިފާނުގެ ހާދިސާއެމްއެންޑީއެފްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް