Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްރުކޮށްގެން ކުރިޔަށްގެންދިޔަ ބައްދަލުވުން

ކޮމިޓީ ބައްދަލުވުން ސިއްރުކުރާ ހިސާބުން ދެން ބައްދަލުވުން ބާއްވާނީ މަޖިލީހުގެ އިދާރާގައި

13 ޖޫން 2021 | އާދީއްތަ 14:09

ސިއްރު ކޮމިޓީ ބައްދަލުވުމުގައި ކަންކަން ހިނގާދިޔަ ގޮތް މީޑިޔާއަށް ކޮމިޓީން ވަނީ ސާފުކޮށްދީ ބަޔާނެއް ނެރެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖޫން 2021 | އާދީއްތަ 14:09
މީގެ ކުރިން ބޭއްވުނު އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

މީގެ ކުރިން ބޭއްވުނު އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ސުލޫކު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނިކޮށް އެބައްދަލުވުމުގެ ތަފްސީލުތައް ލީކުކޮށްލާފައިވާތީ ކުރިއަށް އޮތް ތަނުގައި އެ ކަން ތަކުރާރުވިއަ ނުދިނުމަށް އޮންލައިންކޮށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުންތަކުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބައްދަލުމުން ސިއްރުކުރަން ކޮމިޓީން ނިންމާ ހިސާބުން ކޮމިޓީގެ ބައްދަލުވުން މެދުކަނޑާލައި މަޖިލީހުގެ އިދާރާގައި އެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް އެ ކޮމިޓީން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލަ ބެލި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނިކޮށް އެބައްދަލުވުމުގެ ތަފްސީލުތައް ލީކުކޮށްލާފައިވާތީ ސިއްރު ކޮމިޓީ ބައްދަލުވުމުގައި ކަންކަން ހިނގާދިޔަ ގޮތް މީޑިޔާއަށް ކޮމިޓީން ވަނީ ސާފުކޮށްދީ ބަޔާނެއް ނެރެފައެވެ.

Advertisement - newsAdvertisement

ކޮމިޓީން ބުނީ 6 މެއި 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގަވާ ޕާލިމަންޓްރީ އިންކުއަރީއަށް ހާޒިރުވުމަށް މޯލްޑިވްސް ނެޝެނަަލް ޑިފެންސް ފޯސްގެ އެކިއެކި އޮފިސަރުންނަށް އަންގަވާފައިވާ ކަމަށެވެ.

އަދި ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ އިންކުއަރީއަށް ހާޒިރުވުމަށް އަންގަވާފައިވާ ސިފައިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ގައުމީ ދިފާއީ ބާރުން ކަމުގައި އަންގަވާފައިވުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ރާއްޖޭގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ ލަފައާއި މަޖިލީހުގެ ގަވާއިދާ ޚިލާފުވުން ކަމުން އެއީ މަޖިލީހުގެ މަސައްކަތައް ހުރަސްއެޅި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭފަދަ ކަމެއްކަމަށް ވާތީ، 06 ޖޫން 2021 ގައި އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މައްސަލަ އިމްތިޔާޒާ ސުލޫކު ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 138 ވަނަ މާއްދާގެ (އ)ގެ ދަށުން 6 ޖޫން 2021 ވަނަ ދުވަހުގެ ރޭ 10:15ށް އެޖެންޑާ ކުރެވުނު ކަމަށާ މަޖިލީހުގެ ގަވާއިދުގެ 146 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށް ބަޔާނުގައި ބުނެއެވެ.

އެބައްދަލުވުމުގައި ކޮމިޓީއަށް ހުށައެޅި ތާއީދުލިބުނު ހުށައެޅުންތައް ތަރުތީބުން ވޯޓަށް އެހުނު ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެންމެ ފުރަތަމަ ހުށައެޅި ތާއީދުލިބުނު ހުށައެޅުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިހާރު ވެސް ޕާލިމަންޓްރީ އިންކުއަރީއެއް ކުރިއަށް ގެންދަވަމުންދާ ކަމަށާއި ހާޒިރުކުރައްވަންޖެހިވަޑައިގަންނަވާ ފަރާތްތައް ހާޒިރުކުރައްވަމުންދާ ކަމަށާ އަދި ހަމަ އެއާއެކު ސިޔާސީ ބޭފުޅު ލިޔުމެއްގައި ސޮއި ކުރައްވާފައި ފޮނުއްވުމަކީ އެއްވެސް ހާލެއްގައި އެބޭފުޅެއްގެ މައްސަލަ ނެގިދާނެކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާ މިކަމުގައި ވަރަށް ގިނަ މައުލޫމާތުތަކެއް ހުރުމުން މި މައްސަލައަކީ މަޖިލީހުގެ އިމްތިޔާޒާ ސުލޫކު ކޮމިޓީން ބެލިދާނެ މައްސަލައައެއް ކަމަށް ގަބޫލު ނުކުރެވޭތީ މި މައްސަލަ ކޮމިޓީން ބޭރުކުރުމަށް ފެންނަކަމަށް ހުށައެޅި ތާއީދުލިބުނު ހުށައެޅުން އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވި ކަމަށް ބުނެއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް