Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިހާބު

އިންތިހާބުގެ ނަތީޖާ އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެ: އަލީ ނިޔާޒު

14 މެއި 2017 | އާދީއްތަ 00:50

ހަ ނަތީޖާ ޝީޓެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 މެއި 2017 | އާދީއްތަ 00:50
އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އަލީ ނިޔާޒު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އަލީ ނިޔާޒު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އޮޅުވާލަން އުޅުނަސް އެކަން ދެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 8503 ނަތީޖާ ޝީޓްގެ ތެރެއިން ހަ ނަތިޖާ ޝީޓެއް އިލެކްޝަންސް ކޮމިޝަނަށް ލިބުފައިނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"މިއިންތިހާބު އަޅުގަނޑުމެންނަށް މިހޯދުނީ، އަދި ނަތީޖާ މިހޯދަނީ ގަދަ ބާރުން، ވަރަށް ގިނަ މަސައްކަތުން. އެއްހަފްތާ ވެގެންދާއިރު، އަދިވެސް އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ނުލިބޭ ކަމަށްބުނާ ހަ ނަތީޖާ ޝީޓް އެބަވޭ. 8503 ނަތީޖާ ޝީޓްގެ ތެރެއިން އަދިވެސް އެކޮމިޝަނަށް ހަ ނަތީޖާ ޝީޓް ނުލިބޭކަމަށް އެބޭފުޅުންގެ ތަފާސް ހިސާބުތަކުން ދައްކާ. މިހާތަނަށް ނަތީޖާ ސާފުކުރި ނަތީޖާތައްވެސް އަދި އެހުރީ އެއްވެސް ޝީޓެއް ވެރިފައި ނުކޮށް. ޗެކްކުރުމުގެ މަރުހަލާގައި. ކޮންމެ ގޮތަކަށް ކަންތައްތައް ކުރިކަމުގައިވިޔަސް، ކިތައްމެ ލަހުން ނިންމަން ތިއްބެވިނަމަވެސް، އިރާދަކުރެއްވިއްޔާ މިހާރު ލިބިފައިވާ އިންތިހާބުގެ ނަތީޖާއަކަށް ދެނެއް ބަދަލެއް ނުގެނެވޭނެ. ދިވެހިރައްޔިތުން ވަނީ ގޮތް ނިންމާފަ. އިންތިހާބުގެ ނަތީޖާ ޝީޓްތައް ރައްޔިތުންގެ އަތުގައި އެބަހުރި،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން އެދެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ބަދަލުވާން ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން އެކަން ސާފުކޮށް ފެންނަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޭނުންވި ނަތީޖާ ހާސިލް ވެއްޖެކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ބުނަމުންދިޔައީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 70 ޕަސެންޓް ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ. އެކަން ނަތީޖާ ޝީޓްތަކުން ފެންނަން އެބައޮތް ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.

މި އިންތިހާބުން ސާފުވާ އެހެނިހެން ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް ވިދާޅުވަމުން ނިޔާޒު ވިދާޅުވީ އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ މި ސަރުކާރު ހިންގުމުގައި ގެންގުޅުއްވާ މޮޑެލަކީ ރައްޔިތުން ބަލައިގަންނަ މޮޑަލަކަށްނުވުން ކަމަށެވެ. ރައްޔިތުން ބާރުވެރިކޮށްގެން، ލާމަރުކަޒީ ނިޒާމު ހިންގުމަކީ މިސަރުކާރުން ބޭނުންވާ ގޮތެއް ނޫންކަމަށް މިސަރުކާގެ އަމަލުތަކުން ހާމަވެފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުން ބޭނުންވަނީ، ރައްޔިތުން ބާރުވެރިވެ، ރަށުގެ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުމަށް ކަމަށާއި މުޅި ރާއްޖެ ތަރައްގީ ކުރަށް ރައްޔިތުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކަމަށް ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން ސާފުވާކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް