Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިސޯޓްތަކަށް ރުއްގަސް ގެންދިއުން

ރަށްރަށުން ރިސޯޓްތަކަށް ރުއްގަސް ގެންދާނަމަ އީޕީއޭގެ ހުއްދަ ބޭނުންވާނެ

ރަށްރަށުން ރިސޯޓްތަކަށް ރުއްގަސް ގެންދަން ލޯކަލް ކައުންސިލްތަކުން މިހާރު ހުއްދަ ދޫކުރޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 12 ޖޫން 2021 | ހޮނިހިރު 07:01
އީޕީއޭ ޕްރެސް ކޮންފަރެންސް

އީޕީއޭ ޕްރެސް ކޮންފަރެންސް

ރަށްރަށުން ރިސޯޓްތަކަށް ރުއްގަސް ގެންދަން ލޯކަލް ކައުންސިލްތަކުން ހުއްދަ ދިނަސް، އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަވެސް ހޯދަންޖެހޭނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

އީޕީއޭއިން ވަނީ ރަށްރަށުން ރިސޯޓްތަކަށް ރުއްގަސް ގެންދަން ލޯކަލް ކައުންސިލްތަކުން ހުއްދަ ދިނަސް، އީޕީއޭގެ ހުއްދަ ނެތި އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިމާވެށި ރައްކާތެެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ރުއްގަސް ނަގައިގެން އެހެން ތަންތަނަށް ގެންދެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށާއި އެކަމަކު ބައެއް ފަރާތްތަކުން ކައުންސިލްތަކުން ދޭ ހުއްދައަކަށް އެކަނި ބިނާކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންވެ، ރިސޯޓްތަކުގައި އިންދަން ރުއްގަސް ގެންދަނީ އެ ރަށެއްގެ ކައުންސިލުން ދޭ ހުއްދައިގެ އިތުރުން އެ އޭޖެންސީގެ ހުއްދަ ލިބިގެން ކަން ކަށަވަރުކުރަން އެ ބަޔާނުގައި އެދިފައިވެ އެވެ.

އެގޮތުން އެ މަޝްރޫއަކަށް ދޫކޮށްފައިވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ޑިސިޝަން ސްޓޭޓްމަންޓްގައި ރުއްގަސް ނަގަން ދީފައިވާ ހުއްދަ އާއި ރުއްގަސް ނަގަން ހުއްދަ ދީފައިވާ އަދަދާއި އެ ހުއްދަ ދީފައިވާ ސަރަހައްދުގެ ބޮޑުމިން ބެލުމުގެ އިތުރުން ރުއްގަހާ އެކު ރަށްރަށުން ކަޅު ފަސް ބޭރުކުރިޔަ ނުދޭން އެ ބަޔާނުގައި އެދިފައިިވެ އެވެ. އަދި ރުއްގަސް އުފުލާ ފަރާތްތަކާއި އުޅަނދުތަކުގައި ވެސް އެކަމަށް ދޫކޮށްފައިވާ ހުއްދަތަކެއް ހުންނަން ޖެހޭނެ ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައޮވަނީ އެކަންކަން ފުރިހަމަ ނުކޮށް، ރުއްގަސް އެހެން ރަށްރަށަށް ގެންދާ ފަރާތްތައް އީޕީއޭ އިން ހުއްޓުވައި، ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުއްދަ ނެތި ރަށްރަށުން ރިސޯޓްތަކަށާއި ރާއްޖެ އިން ބޭރަށް ގިނަ އަދަދަކަށް ރުއްގަސް ގެންދިއުމުގެ މައްސަލަ މީގެކުރިން ފެންމަތިވެފައިވެއެވެ.

އީޕީއޭލޯކަލް ގަވަމަންޓް އޮތޯރިޓީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު