Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހ. ތަރަބޫޒުގޭގައި ރޯވުން

ހ. ތަރަބޫޒުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

އަލިފާންގަނޑު ރޯވި ފަހުން ވެސް ބާރުގަދަ ތިން ގޮވުމެއްގެ އަޑު އިވުނު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ޖޫން 2021 | ހުކުރު 08:39
 ހ. ތަރަބޫޒުގޭގައި ހިނގި އަލިފާނުގެ ހާދިސާ

ހ. ތަރަބޫޒުގޭގައި ހިނގި އަލިފާނުގެ ހާދިސާ

ހ. ތަރަބޫޒުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް 30 މީހަކަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އަދި އެއީ މީހުން ނޫޅޭ ބައެއް ކަމަށާއި މިހާރު އެހީތެރިކަން ފޯރު ކޮށްދިން އެންމެން ވެސް ގެއަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ ތަރަބޫޒުގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އޭސީ މަރާމާތުކުރާ ސާމަނުތަކެއްގައި ކަމަށެވެ. ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 2:44ގައި ކަމަށް ވެސް ބުނެއެވެ. އަދި މެންދަމުން އަލިވެ 3:15 ވީ އިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވި ބަޔަކީ ސައިކަލު ބޯޑު ފަދަ ތަކެތި ހަދާ ބައެއް ކަމަށާއި، އެފަދަ ތަކެތި ހަދާ މެޝިނާއި ސާމާނު އެތަނުގައި ހުންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އަލިފާންގަނޑު ރޯވި ފަހުން އެތަނުން ތިން ފަހަރަކަށް ބާރު ގޮވުމެއްގެ އަޑު އިވުނު ކަމަށް ވެސް އެވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ރައްޔިތުން ބުނެއެވެ.

ހ. ތަރަބޫޒުގޭގައި ރޯވުންއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު