Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިއެނާ ކޮންވެންޝަންގައި ބައިވެރިވުމުގެ މައްސަލަ

ވިއެނާ ކޮންވެންޝަންގައި ބައިވެރިވުމަށް ކޮމިޓީން ފާސް ކޮށްފި

10 ޖޫން 2021 | ބުރާސްފަތި 16:54

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މި ދެ ކޮންވެންޝަންގައި ބައިވެރިވުމަށް ނިންމަވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ޖޫން 2021 | ބުރާސްފަތި 16:54
މިކޮންވެންޝަންތަކުގައި ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައި

މިކޮންވެންޝަންތަކުގައި ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައި

ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ޓްރެފިކް 1968 އާއި، ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968 ގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސް ކޮށްފިއެވެ.

މި ކޮންވެންޝަންތަކުގައި ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު، އަމީންޢާންމު އިއްވަވާފައެވެ.

Advertisement - newsAdvertisement

މިސިޓީފުޅުގައި ވަނީ އިންޓަރނޭޝަނަލް ރޯޑް ޓްރެފިކްގެ ރައްކާތެރިކަން ކަށަވަރުކޮށް ކުރިއެރުވުމަށްޓަކައި އެއްހަމަ އިޖުރާތުތަކެއް އެކުލަވާލުމާއި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ އުޅަނދުތަކާ ގުޅިގެން އެފަދަ ގައުމުތަކުގެ މަގުތަކާއި، ޓްރެފިކް ނިޝާންތަކާއި، ޓްރެފިކާ ގުޅޭ އުސޫލުތައް އެއްހަމަކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ދެ މުއާހަދާކަމުގައިވާ ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ޓްރެފިކް އާއި ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށެވެ.

އެގޮތުން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުންގެ ބައްދަލުވުމުގައި އެ ދެ ކޮންވެންޝަންގައި ބައިވެރިވުމަށް ނިންމަވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސްގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަޙުލާ ވިދާޅުވީ، ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ޓްރެފިކް 1968 އާއި ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968 ގައި ބައިވެރިވުމުން، ރާއްޖޭގެ ލައިސަންސް ބޭނުން ކޮށްގެން ކޮންވެންޝަންގައި ބައިވެރިވެފައިވާ އެހެން ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި މުއާހަދާގައި ބައިވެރިވުމަށް ނިންމީ، އަވައްޓެރި ގައުމުތަކުގައި އުޅޭ ދިވެހީންނަށް، ޚާއްސަކޮށް ކިޔަވާ ކުދިންނަށް، ވެހިކަލް ދުއްވާއިރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އާންމުކޮށް ދިވެހި ކިޔަވާ ކުދިން ދިރިއުޅޭ އެއް ގައުމު ކަމުގައިވާ މެލޭޝިއާއަކީ ވެސް މި މުއާހަދާގެ މެންބަރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި މުއާހަދާގައި ރާއްޖެއިން ސޮއި ކުރާއިރު، މުއާހަދާގެ މާއްދާއަކަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެހެން ގައުމުތަކުގެ ވެހިކަލް ގެނެސް ރާއްޖޭގައި ދުއްވޭ ގޮތަށް އޮންނަ މާއްދާއަށް ރާއްޖެއިން އަމަލުކުރުމަށް ނިންމައިފިނަމަ، މިހާރަށްވުރެ ބޮޑަށް މާލޭގައި ތޮއްޖެހުން އިތުރުވެގެން ދާނެ ކަމަށެވެ. އެހެންކަމުން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރިއިރު ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ތާއީދާއެކު، އެ މާއްދާ ރިޒަވޭޝަނަށް ލުމަށް ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މުއާހަދާގެ މަގުސަދަކީ، ރޯޑް ޓްރެފިކްގެ ރައްކާތެރިކަން ކަށަވަރުކޮށް ކުރިއެރުވުމަށްޓަކައި، އަދި ހަމަހަމަ އިޖުރާތުތަކެއް އެކުލަވާލުމަށްޓަކައި، އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ އުޅަނދުތަކާ ގުޅިގެން އެފަދަ ގައުމުތަކުގެ މަގުތަކާ ޓްރެފިކް ނިޝާންތަކާ ގުޅޭ އެހެން އުސޫލުތައް އެއްގޮތް ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް