Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލްޖީއޭ ބޯޑު އިންތިޚާބު

އެލްޖީއޭ ބޯޑު އިންތިޚާބުގެ އެންމެފަހުގެ ތައްޔާރީތައް ނިމިއްޖެ

10 ޖޫން 2021 | ބުރާސްފަތި 09:34

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 11:00 އާ ހަމައަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 10 ޖޫން 2021 | ބުރާސްފަތި 09:34
އެލްޖީއޭ ބޯޑު އިންތިޚާބުގެ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް އަތޮޅުތެރެއަށް ފޮނުވުން

އެލްޖީއޭ ބޯޑު އިންތިޚާބުގެ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް އަތޮޅުތެރެއަށް ފޮނުވުން

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައި ވާ އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް 'ރާއްޖެއެމްވީ' އަށް ވިދާޅުވީ، އާންމުކޮށް އިންތިޚާބުތަކުގައި ވާންޖެހޭ ތައްޔާރީތައް މި އިންތިޚާބުގައި ވެސް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ. އަދި އެހުރިހާކަމެއް ވެސް މިހާރު ފުރިހަމަކުރެވި ނިމިފައި ވާކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ 18 އަތޮޅުގައި އިންތިޚާބުގެ ވޯޓު ފޮށި ބެހެއްޓުމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މަޝްވަރާގެ ދަށުން އެ ކޮމިޝަނުން ފަހުން ނިންމާފައި ވަނީ އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތައް ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ފޮނުވާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިންތިޚާބުގެ ވޯޓު ކަރުދާސް އަތޮޅުތެރެއަށް ފޮނުވާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންގެ ހަވާލުގައެވެ. އެގޮތުން އެ ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން ކޮންމެ އަތޮޅަކަށް ވެސް ދެ މުވައްޒަފަކު ފޮނުވާފައި ވާކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެ މުވައްޒަފުން ތިބުމަށް ހަމަޖެހިފައިވަނީ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށުގެތެރެއިން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގައި، ރައްޔިތުންނާ އެކަހެރިވެގެން ކަމަށެވެ.

ރަށްރަށުގައި އިންތިޚާބު ކުރިއަށްދާއިރު ހަރަކާތްތެރި ވާނީ އެ ރަށެއްގެ އޮފިޝަލުންނެވެ. އެގޮތުން އިންތިޚާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ އިއުލާން ކުރުމަށްފަހު ވޯޓު ފޮށިތައް އަތޮޅުތެރޭގައި ތިބޭ ކޮމިޝަންގެ މުވައްޒަފުންނާ ހަވާލުކުރުމަށް ހަމަޖެހިފައި ވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބަށް ހޭދަވީ ޚަރަދުތަކާ ބެހޭގޮތުން ޝަރީފް ވިދާޅުވީ، އެންމެ ގިނަ ހޭދައެއް ކުރަން ޖެހުނީ އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމަށް ކަމަށެވެ. ޝަރީފް ވިދާޅުވީ އިންތިޚާބުގެ ލޮޖިސްޓިކް ކަންކަމަށް ގާތްގަނޑަކަށް އެއްމިލިއަން ޚަރަދުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުން އެ ޚަރަދުތައް ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައި ވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މި އިންތިޚާބުގައި މާލެ ސިޓީގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން އައްޑޫ ސިޓީ ހުޅުދޫ މީދޫގެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ދެރަށުގެ މެދުގައި ހުންނަ ސްކޫލްގައެވެ. އެހެން ރަށްރަށުގެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް އިދާރާގައެވެ.

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 11:00 އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަންއެލްޖީއޭ ބޯޑު އިންތިޚާބު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް