Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެއްމާބަނޑު 10 ކުދިން ވިހެއުން

އެއްމާބަނޑު 10 ކުދިން ވިހައި ދުނިޔޭގެ ރިކޯޑެއް

ލިބިފައިވަނީ ހަތް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 06:07
އެއްމާބަނޑު 10 ކުދިން ވިހޭ އަންހެންމީހާ މާބަނޑުއިރު

އެއްމާބަނޑު 10 ކުދިން ވިހޭ އަންހެންމީހާ މާބަނޑުއިރު

ސައުތު އެފްރިކާގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހައިފިއެވެ.

މިކަން ރަސްމީކޮށް ޔަގީން ކޮށްދީފައި ނުވި ނަމަވެސް، ސައުތު އެފްރިކާގެ ޕްރިޓޯރިއާ ހޮސްޕިޓަލަށް އެއްމާބަނޑު 10 ކުދިން ވިހޭކަމަށް އުމުރުން 37 އަހަރުގެ ގޯސިއާމީ ސިތޯލް ކިޔާ އަންހެނަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މިކަން ޔަގީން ވެއްޖެނަމަ ވެގެން ދާނީ ދުނިޔޭގެ ރިކޯޑަކަށެވެ.

ވިހޭ އަންހެނާގެ ފިރިމީހާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ލިބިފައިވަނީ ހަތް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.

އެއްމާބަނޑު 10 ކުދިން ލިބުނު އަންހެން މީހާއަށް ކުރިން ވެސް ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފައެވެ. މިހާރު އެކުދިންގެ އުމުރަކީ 6 އަހަރެވެ. ދެފަހަރު ވެސް އޭނާއަށް ކުދިން ލިބިފައި ވަނީ މާބަނޑު ވުމަށް އެއްވެސް ފަރުވާއެއް ބޭނުންކުރުމަކާ ނުލައި ގުދުރަތީ ގޮތުންނެވެ.

މާބަނޑުވުމުން އެންމެ ފުރަތަމަ ކުރި ސްކޭންތަކުން އެނގުނު ގޮތުގައި ދެމަފިރިންނަށް ލިބެން އުޅެނީ އެއްމާބަނޑު 6 ކުދިންނެވެ. ފަހުން ހެދި ސްކޭންތަކުން ދެއްކީ ބަނޑުގައި 8 ކުދިން ތިބި ކަމަށެވެ. އެހެންނަމަވެސް ބަނޑަށް 29 ހަފްތާގައި ސިޒޭރިއަން ހެދި އިރު އެއްމާބަނޑު 10 ކުދިން ލިބުމުން ދެމަފިރިންނަށް ލިބިފައި ވަނީ ވަރަށް ބޮޑު ހައިރާން ކަމެވެ.

މިއީ މިހާތަނަށް އެއްމާބަނޑު އެންމެ ގިނަ ކުދިން ލިބުނު ފަހަރެވެ. މީގެ ކުރިން އެއްމާބަނޑު 9 ކުދިން ވިހައި މާލީގެ އަންހެނަކު ދުނިޔޭގެ ރިކޯޑު ހަދާފައިވެއެވެ. އެއީ ހުސްވި މެއި މަހުގެ ތެރޭގައެވެ.

ސައުތު އެފްރިކާ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025
ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި
10 އޮކްޓޯބަރު 2025

ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

10 އޮކްޓޯބަރު 2025
ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟
19 މާރިޗު 2024

ކޮރަޕްޝަނުގެ ތުހުމަތުގައި ދެކުނު އެފްރިކާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ގެ ބަލައިފާސްކޮށްފި

19 މާރިޗު 2024
ކޮރަޕްޝަނުގެ ތުހުމަތުގައި ދެކުނު އެފްރިކާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ގެ ބަލައިފާސްކޮށްފި
13 ޖެނުއަރީ 2024

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އީޔޫ ހިމޭނުން އޮތީ ކީއްވެ؟

13 ޖެނުއަރީ 2024
ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އީޔޫ ހިމޭނުން އޮތީ ކީއްވެ؟
06 ޑިސެމްބަރު 2023

މަންޑޭލާ "މެޖިކް" އަދިވެސްއެގޮތުގައި އެބައޮތްތަ؟

06 ޑިސެމްބަރު 2023
މަންޑޭލާ "މެޖިކް" އަދިވެސްއެގޮތުގައި އެބައޮތްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު