Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޮކޮވިޑް ހާލަތު ބަދަލެއް ނުވޭ

އަދަދުތައް ތިރިވިޔަސް ކޮވިޑްގެ ބަނަކަން އަދި ފިލައިގެނެއް ނުދޭ

ރާއްޖޭގައި ކޮންމެ އެއް ލައްކަ މީހުގެތެރެއިން 12،589 މީހުން ޕޮޒިޓިވްވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 09:45
ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި

ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި

މުޅި ދުނިޔެ އެ ވިލާގަނޑެއްގެ ބަނަކަމުގެ ދަށުގައިވެފައިމިވާ "ކޮވިޑް-19"ގެ ވިލާގަނޑު ރާއްޖެއާ ހިސާބަށް އައީ، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބަލީގެ ހާލަތު ގޯސްވެ، ހޮސްޕިޓަލްތައް ފުރި، މީހުން މަރުވާ މަންޒަރު ލައިވްކޮށް ޓީވީ ޗެނަލްތަކުން ދިޔައީ ދައްކަމުންނެވެ. މި ކުޑަކުޑަ ރާއްޖެއަށް ބިޔަ ރާޅެއް ބިންދާލައިފިނަމަ ދެންވާނެ ގޮތަކާމެދު ވިސްނާ މީހުންގެ ހާސްކަން އިތުރުވިއެވެ. އެއާއެކު އެކަމަށް ދިވެހިންދިން ސަމާލުކަން، އިތުރުވެ، ބައެއް މީހުން މަގުމަތީގައި މާސްކް އަޅަން ފެށިއެެވެ. އެހެންނަމަވެސް އޭރު މާސްކް އެޅުމަކީ، މަޖުބޫރު ކަމެއް ނޫނެވެ. އޭހެންނަމަވެސް އަމިއްލަ ސާފުތާހިރުކަމާ އަމިއްލަ ރައްކާތެރިކަމަށްޓަކއި އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމަސް އައީ އިރުޝާދު ދެމުންނެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 12 މާޗް 2020ގައި 30 ދުވަހަށް ފުރަތަމަ އިއުލާން ކުރިއެވެ.

ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ރިޕޯޓްކުރީ މީގެ 456 ދުވަސް ކުރިންނެވެ. އެއާއެކު ބަލީގެ ބިރުވެރިކަން އިންތިހާއަށް އިތުރުވިއެވެ. އެއްވެސް ފަރުވާއެއް އަދި ބޭހެއްވެސް ނެތް މުޅިން އައު ބައްޔެއްގެ މި ކޮޅިގަނޑުގެ ދަށުގައި ރާއްޖެ ވުމުން އުފެދުނު ބިރުވެރިކަމެެވެ. އެ ބިރުވެރިކަން އިތުރަށް ބޮޑުވެގެންދިޔައީ މުޅި މާލެ ފުރަބަންދަކަށް ދިޔަ ހިސާބުންނެވެ.

ކޮންމެ ދުވަހަކު އެޗްޕީއޭއިން އާންމުކުރާ ތަފާސްހިސާބުތަކަށް ސަމާލުކަން ހުއްޓުނެވެ. ބަލި ޖެހޭ މީހުންގެ އަދަދު އެނގެން ބޭނުވެ، އޭރު އެކުލަވާލި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު, މިހާރުގެ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް އިންތިޒާރު ކުރެވެން ފެށިއެެވެ. ބަލި ޖެހޭ މީހުގެ ހާލަތު އެނގި ދެން ކަންވެގެންދާނެ ގޮތަކާމެދު އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ނޫސްވެރިންވެސް އަވަސްވެގަތެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސެއް ބައްޔަށް ޕޮޒިޓިވްވެ، މާލެ ސަރަހައްދު ފުރަތަމަ ފުރަބަންދު ކުރީ 2 ދުވަހަށެވެ. އެހެންނަމަވެސް މާލެ ސަރަހައްދުން ކޭސްތައް އިތުރުވާން ފެށުމާއެކު ފުރަބަންދުގެ މުއްދަތު އިތުރު ކުރިއެވެ. ދެފަހަރެއްގެ މަތިން އިތުރު ކުރުމަށްފަހު ލުއިތައް ދޭން ފެށިއެވެ. އެއާއެކު ބައެއް ކަންކަން މަޖުބޫރުވިއެވެ. މާސްކު އެޅުން އެއީ މަޖުބޫރު ކަމަކަށްވިއެވެެ.

ދުވަހެއް ދުވަހަކަށް ދިވެހިންވެސް ބައްޔަން ހޭނެން ފެށިއެވެ. "ނިއު ނޯރމަލް" އަކަށް ދާން މިސްރާބު ޖެހިއެވެ. ފުރަތަމަ މީހުންގެ ހިތުގައި އުފެދުނު ބިރުވެރިކަން ކުޑަވާން ފެށިކަން މަގު މައްޗާއި، ދިވެހިންގެ އުޅުމަށް އަންނަން ފެށި ބަދަލުތަކުން ފެންނަން ފެށިއެވެ. ކަމެއް ދިގުލައިގެންދާނަމަ އެކަމަކަށް މީހުން ހޭނުމަކީ އިންސާނީ ތަބީއަތެކެވެ. ބަލި ރާއްޖެއިން ފެނުނު އިރު ދިވެހިންގެ އަމަލު ހުރިގޮތާ މިހާރު އަމަލު ހުރިގޮތާ ތަފާތެވެ. އޭރު ގެއިން ބޭރަށް ބޯދިއްކޮށްލަންވެސް ޖެހިލުންވެއެވެ. މިހާރު އެހެނެއް ނޫނެވެ. އެބިރުވެރިކަން ފިލައި ދިވެހިން މިއާއެކު އުޅެން ދަސްކުރީއޭވެސް ބުނެވިދާނެއެވެ.

ރާއްޖޭގައި ކޮވިޑް ސާމްޕަލް ޕޮޒިޓިވް ރޭޓަށް ބާލާއިރު 5 އިންސައްތައިގައި ހިފެހެއްޓިފައި އޮތުމަށްފަހު، ކޭސްތައް އިތުރުވާން ފެށީ މި އަހަރުގެ އެޕްރީލް މަހުގެ ފަހު 10ގައެވެ. އަދަދުތައް އިތުރުވަމުން ގޮސް މެއި މަހުގެ މެދަކާ ހަމައަށް ދިޔައިރު ސާމްޕަލް ޕޮޒިޓިވް ރޭޓް 30 އިންސައްތައަށް އިތުރުވިއެވެ.

ބައްޔާމެދު ފަރުވާ ކުޑަކޮށްލެވެނީ މިކަން ދިގުލައިގެން ދިޔުމުންނެވެ. މިކަމުން އަރައިގަންނަން އަދި ހާލަތު ރަނގަޅުކުރަން މަަސައްކަތް ކުރުންވެސް އޮތީ އަމިއްލަ މީހާގެ އަތް މަތީގައެވެ. ބައްޔާ ބެހޭ މައުލޫމާތު ހޯދައި، އެއަށް އިޖާބަދީ، އެއަށް ވިސްނައިގެން އުޅުމެވެ. ކުރިން އުޅުނު އާއްމު ދިރުއުުޅުމުގައި އުޅެވެން އޮތީ މިކަންކަން ކޮށްގެންނެވެ. އަޅާ ހަރުކަށި ފިޔަަވަޅުތަކާއެކު ކޭސް ތަކުގެ އަދަދު ދަށަށް ދިޔަ ނަމަވެސް މިއީ ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަވީ ކަމަށް ނުބެލެވޭ ކަމަށް ކަމުގެ މާހިރުން ދަނީ ބުނަމުންނެވެ.

ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ އެ ރޭޓް 5 އިންސައްތައަށްވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަކީ، އާއްމު ހާލަތަށް ރުޖޫއަ ވުމަށް މުހިއްމު ކަމެއް ކަމަށެެވެ. ކޭސްތަކުގެ އަދަދު ދަށްވާން ފެށީ، ސާމްޕްލިންއަށް ގެނައި ބަދަލުތަކާއެކުކަމަށް ޑރ ނަޒްލާ މުސްތަފާ ވަނީ ވިދާޅުވެފައެވެ. ކޭސް ތަކުގެ އަދަދު ދެހާހަށް އަރައިގެން ދިޔުމުން ކޮންޓެކްޓް ޓްރޭސިން އެހާ ރަނގަޅަށް ނެހެދޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިހާރުގެ ރޭޓް ދަށްވެފައި އޮތުމުން އެއީ، އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަަކަށް ލުއި ދެވޭނެ ސަބަބެއް ނޫންކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ 80 އިންސައްތަ މީހުންގެ ކޮންޓެކްޓުން ބަލައި ހޯދުމަށް ކަމަށެވެ. އަދި ރެންޑަމް ސާމްޕަލިން އިތުރުކޮށް ބަލި އޮތް މިންވަރު ވީހާވެސް ރަނގަޅަށް ދެނެގަތުމަށް ކަމެވެ.

ދިވެހިންނަކީ އަބަދުވެސް ކަންކަމުގައި އެހެން ގައުމުތަކުގެ ތަފާސްހިސާބުތަކާ އެ ގައުމުތަކުގެ ކަންކަން އޮންނަ ގޮތަށް ބަލާ ބައެކެވެ. އެހެން ކަމުން ސިންގަޕޫރުގެ ތަފާސް ހިސާބުތަކާ ރާއްޖޭގެ ތަފާސް ހިސާބުތަކާ އަޅާ ކިޔާލާނަމެވެ. ރާއްޖޭގައި ބަލި ޖެހުނު މީހުގެ އަދަދު އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކަނީ 69،213 ކަމަށެވެ. ސިންގަޕޫރުގައި ބަލި ޖެހުނު އަދަދު ހުރީ، 62،223ގައެވެ. ދެން އާބާދީގެ ނިސްބަތުން މިއަދަދުތައް މިނެ ކިރާލާނަމެވެ. ވާރލްޑް މީޓަރ އިން ދައްކާގޮތުން ރާއްޖޭގެ އާބާދީއަކީ 549،762 އެވެ. ސިންގަޕޫރުގެ އާބާދީއަކީ، 5،894،164އެެވެ. މި އާބާދީގެ ނިސްބަތުން ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ނިސްބަތަކީ، 12 އިންސައްތައެވެ. ސިންގަޕޫރުގައި 1.0 އިންސައްތައެވެ.

އެހެންކަމުން ރާއްޖެގައި ކޮންމެ އެއް ލައްކަ މީހުންގެ ތެރެއިން 12،589 މީހުން ޕޮޒިޓިވްވާއިރު، ސިންގަޕޫރުގައި ކޮންމެ އެއްލައްކައަކުން ޕޮޒިޓިވްވަނީ 1،055 މީހުންނެވެ.

ބަލީގައި ރާއްޖެއިން 191 މީހުން މަރުވި އިރު ސިންގަޕޫރުގައި މިހާތަނަށް މި ބަލީގައި މަރުވެފައިވަނީ، 34 މީހުންނެވެ.

އެހެންކަމުން އާބާދީގެ ނިސްބަތަށް ބަލާއިރު ރާއްޖޭގެ ހާލަތަށް ބަދަލެއް ނާދެއެވެެ. މިހާރުގެ އަދަދުތައް ތިރިވަމުން އައި ނަމަވެސް މިއީ ކުރިން އުޅުނުގޮތަށް ފިޔަވަޅުތައް ދޫކޮށްލަންވީ ވަގުތެއް ނޫނެވެ. ފިޔަވަޅުތަކުގައި ހިފަހައްޓައި، ބޭރަށް ނުކުތުން މަދުކުރަންވީ ވަގުތެވެ. އެހެންނޫންނަމަ މެއި މަހުގެ މެދުތެރޭގައި އޮތް ހާލަތަށްދާން މާގިނަ ދުވަހެއް ނުނަގާނެއެވެ.

އެޗްޕީއޭގެ ޑޭޝްބޯޑްގައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ބަލިޖެހުނު މީހުންގެ ތެރެއިން 77.7 އިންސައްތައަކީ، ދިވެހިންނެވެ. ދެން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެއީ، 11.7 އިންސައްތައެވެެ.

މެއި މަހު ރާއްޖެއަށް ބިންދާލި ކޮވިޑްގެ ރާޅަކީ އަވަށްޓެރި ގައުމުތަކުގައި މިހާލަތު ގޯސްވުމުގެ ސަބަބުން ބިންދާލި ރާޅެއް ކަމަށް މީހުން ބުނަމުން ދިޔަނަމަވެސް، ރަސްމީ ސިފައެއްގައި މިކަން ހާމަކޮށްފައި ނެތެވެ. އެޕްރީލް މަސް ނިމި މެއި މަސް ފެށުނު އިރު އިންޑިއާގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ ހަތަރު ލައްކައިން މަތީގައެެވެ. މި އަދަދު މިހާރު ލައްކައަކަށް މިވަނީ ދަށްވެފައެެވެ. އިންޑިއާގެ ހާލަތު ގޯސްވެ އެގައުމުން ވެކްސިން ބޭރުކުރުން ހުއްޓާލުމުން އެކަމުގެ އަސަރު ރާއްޖެއަށްވެސް ކުރިއެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑްގެ ޑޯޒްތައް ލިމިޓް ކުރަން ޖެހި ފުރަތަމަ ޑޯޒްޖެހި މީހުންނަށް ދެވަނަ ޑޯޒް ނުޖެހި ދުވަސްތައް މިދަނީ ފާއިތުވަމުންނެވެ.

ވެކްސިނަކީ ބަލިން ރައްކާތެރިވުމަށް މިހާތަނަށް އޮތް ހަމައެކަނި ފަރުވާއެވެ. ވެކްސިން ޖެހުމަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެ ގައުމެއްގެ އާބާދީއަށް ވެކްސިން ހޯދުމުގެ މަސައްކަތް ހުރިހާ ގައުމަކުންވެސް އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު