Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސުޕަ ލީގު ކުލަބުތައް ޖޫރިމަނާކުރުން

ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ކުލަބުތަކަށް ޖޫރިމަނާއެއް

އިނގިރޭސި ހަ ކުލަބާއެކު ޖުމްލަ ނުވަ ކުލަބެއް ވަނީ ލީގުން ވަކިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ޖޫން 2021 | ބުދަ 22:18
ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ހަ ކުލަބުގެ ލޯގޯ

ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ހަ ކުލަބުގެ ލޯގޯ

ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ހަ ކުލަބު ޖޫރިމަނާކުރަން އިނގިރޭސި ޕްރިމިއާ ލީގުން ނިންމައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ސުޕަ ލީގު އިއުލާންކުރީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އާއި، ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގު އިއުލާންކުރީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އަދި ސުޕަ ލީގާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެން، އެ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބުންވެސް ވަނީ އެ މުބާރާތުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ދެން އެ މުބާރާތުން ވަކިވެފައިވަނީ އިންޓަ އާއި މިލާނުގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯއެވެ. އެހެންކަމުން މި ވަގުތު ސުޕަ ލީގުން ވަކިނުވެ އޮތް ތިން ކުލަބަކީ ރެއާލާއި، ބާސާ އަދި ޔުވެންޓަސްއެވެ.

އިނގިރޭސި އެފްއޭއިން ބުދަ ދުވަހު ވަނީ ސުޕަ ލީގުގައި ބައިވެރިވި ހަ ކުލަބު ޖޫރިމަނާކުރަން ނިންމާފައެވެ. އެގޮތުން އެ ހަ ކުލަބު އެކުވެގެން 21 މިލިޔަން ޕައުންޑް ދެއްކުމަށް ވަނީ އަންގާފައެވެ. އެއީ ކޮންމެ ކުލަބަކުން 3.5 މިލިޔަން ޕައުންޑެވެ. އަދި ޕްރިމިއާ ލީގުގެ ގަވާއިދު ހުއްދަ ނުދޭ މަޝްރޫއެއްގައި ދެން ބައިވެރިވެއްޖެނަމަ، އެ ކުލަބެއް ޖޫރިމަނާކުރުމުގެ އިތުރުން ޕޮއިންޓް އުނިކުރާނެ ކަމަށްވެސް ވަނީ އަންގާފައެވެ.

ޕްރިމިއާ ލީގުން ސުޕަ ލީގުގައި ބައިވެރިވި ކުލަބުތަކަށް ފިޔަވަޅު އެޅިއިރު، ޔުއެފާއިންވެސް މީގެ ކުރިން ވަނީ ސުޕަ ލީގުން ވަކިވި ކުލަބުތަކަށް އަދަބުދީފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި ކުލަބުތަކުން 15 މިލިޔަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑުކުރަން އެންގުމާއި، އެއް ސީޒަން ވަންދެން އެ ކުލަބުތަކަށް ލިބޭ ފައިސާގެ ފަސް އިންސައްތަ ޔުއެފާއަށް ނެގުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ޚިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިޔަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި، ޔުއެފާގެ އެ ނޫންވެސް އެހެން ކޮންމެ އުސޫލަކާ ޚިލާފުވެއްޖެނަމަ އެ ކުލަބެއް 50 މިލިޔަން ޕައުންޑްގެ ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

ސުޕަ ލީގުގައި މި ވަގުތު ތިން ކުލަބެއް އޮތްއިރު، ޔުއެފާއިން މިހާރު އަންނަނީ އެ ތިން ކުލަބުގެ މައްސަލަ ބަލަމުންނެވެ. އަދި އެ ތިން ކުލަބުން ސުޕަ ލީގުން ވަކިނުވެއްޖެނަމަ، ޔޫރަޕުގެ މުބާރާތްތަކުން އެ ކުލަބުތައް ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުޕަ ލީގުގައި ހިމެނުނު ނުވަ ކުލަބެއް މުބާރާތުން ވަކިވުމާއެކު އެ ލީގު ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް، މީގެ ކުރިން ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ވަނީ ސުޕަ ލީގުގެ މަސައްކަތް އެއްކޮށް ހުއްޓާނުލާނެ ކަމަށާއި، އެގޮތުން މުބާރާތުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ޔޫރަޕިއަން ސުޕަ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް

ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް

02 ޖެނުއަރީ 2024
ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި

ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި

23 ޑިސެމްބަރު 2023
ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް

ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް

22 ޑިސެމްބަރު 2023
ސުޕަ ލީގު ކުލަބުތަކުގެ މައްސަލަ ޔުއެފާއިން ދޫކޮށްލައިފި

ސުޕަ ލީގު ކުލަބުތަކުގެ މައްސަލަ ޔުއެފާއިން ދޫކޮށްލައިފި

28 ސެޕްޓެމްބަރު 2021
ބާސާ، ރެއާލް އަދި ޔުވެންޓަސްގެ މައްސަލަ ޔުއެފާއިން ބަލަނީ

ބާސާ، ރެއާލް އަދި ޔުވެންޓަސްގެ މައްސަލަ ޔުއެފާއިން ބަލަނީ

26 މެއި 2021

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު