Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރަޕިން ސުޕަ ލީގު

ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް

ސުޕަ ލީގު ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖެނުއަރީ 2024 | އަންގާރަ 09:50
އިޓަލީ ޤައުމީ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ

އިޓަލީ ޤައުމީ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ

ޔޫރަޕުގެ ބައެއް ކުލަބުތަކުން އިސްވެ އޮވެ، އުފައްދަން މަސައްކަތް ކުރަމުން އަންނަ ސުޕަ ލީގަށް، އިޓަލީ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ފާޑު ކިޔައިފި އެވެ.

އެ ލީގު އުފެއްދުމުގެ މަސައްކަތް ކުލަބުތަކުން ފެށީ 2021 ވަނަ އަހަރު އެވެ. ނަމަވެސް، އެކަމަށް ހުރަސް އެޅިގެން ދިޔައީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔުއެފާ) އިން އެކަމާ ދެކޮޅު ހެދުމުންނެވެ. އެ ދެ އިދާރާގެ އިންޒާރުތަކާ އެކު، ބައެއް ކުލަބުތަކުން ވަނީ އެ ލީގުން ވަކި ވެސް ވެފަ އެވެ.

އެ މައްސަލައިގައި ދާދި ފަހުން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް (އީސީޖީ) އިން ވަނީ ގޮތެއް ނިންމައިފަ އެވެ. އެ ކޯޓުން ނިންމީ އެ ލީގު ހުއްޓުވުމަށް ފީފާ އަދި ޔުއެފާ އަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ފީފާ އާއި ޔުއެފާ އިން މަސައްކަތް ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެ ލީގަށް ކުލަބުތަކުގެ ތާއީދު ލިބޭ ގޮތެއް ނުވި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކާއި، އިޓާލިއަން ލީގުގެ ކުލަބުތަކުގެ އިތުރުން، އެހެނިހެން ލީގުތަކުގެ ކުލަބުތަކުން ވެސް ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްޕަލެއްޓީ ބުނީ، ސުޕަ ލީގުން ފެންނަނީ ބާރުވެރި މީހުންނަށް އެކަނި އޭގެ ޤަވާއިދު ހެދޭ މަންޒަރު ކަމަށެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި އެއީ ބަޔަކު، އެމީހުންގެ އަމިއްލަ އެޖެންޑާއެއް ފެތުރުމަށް ކުރަމުން އަންނަ މަސައްކަތެކެވެ. އިތުރަށް އޭނާ ބުނީ ފުޓުބޯޅަ އަކީ ދެ ގޯލާއި، ބޯޅައެއް ކަމަށާއި، އެ ކުޅިވަރުގެ ރީތި ނަން ހަޑިކޮށްލަން އެއްވެސް ބަޔަކު ބޭނުންނުވާނެ ކަމަށެވެ. ގިނަ ކުލަބުތަކުން އެކަމާ ދެކޮޅު ހަދަނީ ވެސް އެ ސަބަބާހުރެ ކަމަށް ސްޕަލެއްޓީ ބުންޏެވެ.

ސުޕަ ލީގު ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑުންނެވެ. ނަމަވެސް، ސްޕެނިޝް ލީގުގެ ކުލަބުތަކުގެ ތާއީދު ވެސް ސުޕަ ލީގަށް ނެތެވެ. އެ ލީގުގެ ކުލަބުތަކުން ވެސް ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

ޔޫރަޕިއަން ސުޕަ ލީގުލޫސިއާނޯ ސްޕަލެޓީ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2023

ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި

23 ޑިސެމްބަރު 2023
ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި
22 ޑިސެމްބަރު 2023

ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް

22 ޑިސެމްބަރު 2023
ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް
04 ޑިސެމްބަރު 2023

ސްޕެއިނާ ދެކޮޅަށް ކުޅެން އިޓަލީ އޮތީ ވަރަށް ބޭނުންވެފައި: ސްޕަލެޓީ

04 ޑިސެމްބަރު 2023
ސްޕެއިނާ ދެކޮޅަށް ކުޅެން އިޓަލީ އޮތީ ވަރަށް ބޭނުންވެފައި: ސްޕަލެޓީ
22 ނޮވެމްބަރު 2023

ޕްރެޝަރު ބޮޑު ވަގުތެއްގައި، ޔޫރޯ އަށް ކޮލިފައިވުމުން ސްޕަލެއްޓީ ހިތްހަމަޖެހިފައި

22 ނޮވެމްބަރު 2023
ޕްރެޝަރު ބޮޑު ވަގުތެއްގައި، ޔޫރޯ އަށް ކޮލިފައިވުމުން ސްޕަލެއްޓީ ހިތްހަމަޖެހިފައި
28 ސެޕްޓެމްބަރު 2021

ސުޕަ ލީގު ކުލަބުތަކުގެ މައްސަލަ ޔުއެފާއިން ދޫކޮށްލައިފި

28 ސެޕްޓެމްބަރު 2021
ސުޕަ ލީގު ކުލަބުތަކުގެ މައްސަލަ ޔުއެފާއިން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު