Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖޯ ބައިޑަން އިނގިރޭސިވިލާތައް ވަޑައިގަތުން

ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބައިޑަން އިނގިރޭސިވިލާތަށް

އިނގިރޭސިވިލާތަކީ ބައިޑަން ޔޫރަޕަށް ކުރައްވާ 8 ދުވަހުގެ ދަތުރުގެ ފުރަތަމަ މަންޒިލު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 02:34
ރައީސް ޖޯ ބައިޑަންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖިލް ބައިޑަން

ރައީސް ޖޯ ބައިޑަންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖިލް ބައިޑަން

ބޭރުޤައުމަކަށް ފުރަތަމަ ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމުން މި ދަތުރުގެ ކަންކަން ބައިނަލްއަޤްވާމީ މީޑިއާތަކުން ދަނީ ވަރަށް ގާތުން ކަވަރުކުރަމުންނެވެ. ރައީސް ބައިޑަންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖިލް ބައިޑަން އިނގިރޭސިވިލާތައް ވަޑައިގެންފައި މިވަނީ މިހަފުތާގައި އެ ޤައުމުގައި ބާއްވާ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި އިނގިރޭސިވިލާތަކީ އެމަނިކުފާނު ޔޫރަޕުގެ ޤައުމުތަކަށް ކުރައްވާ 8 ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.

ބައިޑަން އިނގިރޭސިވިލާތައް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތީ ސަފޯލްކް އަސްކަރީ ބޭސްގައި ހުންނަ އެމެރިކާގެ 100 ވަނަ ރިފިއުލިންގް ވިންގް ކަމުގައިވާ އާރް.އެފް މައިލްޑެންހޯލްއަށެވެ. މިއީ މިވަގުތު ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެމެރިކާގެ މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމަށް ދާއިމީގޮތެއްގައި ޤާއިމުވުމުގެ ހުއްދަ ދީފައިވާ ހަމައެކަނި މަރުކަޒުކަމުގައިވާއިރު، މި މަރުކަޒަށް ވަޑައިގެން ބައިޑަންގެ ދެ ކަނބަލުން ވަނީ މި މަރުކަޒުގައި ދިރިއުޅެމުންދާ އެމެރިކާގެ އަސްކަރިއްޔާއާއި އެ މީހުންގެ އާއިލާތަކާ ބައްދަލުކޮށްފައެވެ.

ޖީ7 ސަމިޓަކީ ދުނިޔޭގެ އެންމެ މުއްސަނދި 7 ޑިމޮކްރަސީގެ ގޮތުގައި ގުނާ، އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ކެނެޑާ އަދި ޖަޕާންގެ ވެރިން ބައްދަލުވުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓްކުރިއަށްދަނީ ޖޫން 11ން 13ށް ކަމުގައިވާއިރު، މި ސަމިޓަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާ ގުޅުން ގޯސްވެފައިވާ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންއާއި، އިނގިރޭސި ރާނީ އެލިޒަބަތު ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ބައިޑެން ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތްފަހުން އިނގިރޭސިވިލާތުގެ އެންމެ އިސް ދެވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އިނގިރޭސިވިލާތުގެ ސެއިންޓް އައިވްސް ކައިރީގައި އޮންނަ ކާބިސް ބޭގައި ބާއްވާ ސަމިޓުގައި ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމާއި، މޫސުމީ ބަދަލުތައް ކުޑަކުރަން މި ޤައުމުތަކުން ކުރާ މަސައްކަތް ހިއްސާކުރާނެކަމަށް މަޢުލޫމާތުލިބެއެވެ.

ޖީ7 ސަމިޓް ހުކުރު ދުވަހު ފެށުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާދިއްތަ ދުވަހު ސަމިޓް ނިންމާލެއްވުމަށްފަހު ފުރާވަޑައިގަތުމުގެ ކުރިން ރައީސް ބައިޑަން އިނގިރޭސި ރާނީ އެލިޒަބަތު ދިރިއުޅުއްވާ ވިންޑްސަރ ކާސަލްއަށް ވަޑައިގެން ރާނީއާ ވެސް ރަސްމީކޮށް ބައްދަލުކުރައްވާނެއެވެ.

ޖީ7 ސަމިޓަށްފަހު ބައިޑަންގެ މި ދަތުރުފުޅުގެ ތެރެއިން ނޭޓޯ ސަމިޓާއި، އެމެރިކާއާއި ވިލާތުގެ އިއްތިހާދާއި ދެމެދު އެމަނިކުފާނުގެ ދައުރުގައި ބާއްވާ ފުރަތަމަ ޔޫއެސް-އީޔޫ ސަމިޓުގައި ބައިވެރިވެވަޑައިގެން މި ޖަމިއްޔާތަކުގެ މެމްބަރު ޤައުމުތަކުގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރާނެއެވެ. އަދި މި ދެ ސަމިޓަށްފަހު ރައީސް ބައިޑަން ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެން އެމެރިކާގެ އަސްކަރީ އެންމެ ބޮޑު ވާދަވެރި ޤައުމުކަމުގައިވާ ރަޝިއާގެ ރައީސް ވްލްޑްމިއަރ ޕުޓިންއާ ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓަށްދިން ބަސްތީގަތުމެއްގައި ބައިޑަން ވަނީ އެމަނިކުފާނު މި ކުރައްވާ 8 ދުވަހުގެ ދަތުރުފުޅަކީ ގުޅުން ބަދަހިކޮށް، ގުޅުން ކެނޑިފައިވާ ޤައުމުތަކާއެކު އައު ފެށުމަކުން ގުޅުން ޤާއިމުކުރުމަށް އަމާޒުހިއްޕަވައިގެން ކުރައްވާ ދަތުރުފުޅެއްކަމަށެވެ. މީގެ އިތުރުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވަކިވި އީރާން ނިއުކްލިއަރ ޑީލްއާއި ޕެރިސް އެގްރިމެންޓްގައި އަލުން ބައިވެރިވުމަށް ކުރާ މަސައްކަތް އަވަސްކުރުމަށް ވެސް މިފަހަރު މަޝްވަރާކުރާނެކަމަށް ރައީސް ބައިޑަންވަނީ ވިދާޅުވެފައެވެ.

މިފަދަ ގޮތަކަށް ބައިޑަން ވިދާޅުވެފައިވާއިރު، ޔޫކްރޭންގައި ތިބި އެމެރިކާއާއި ވިލާތުގެ އަސްކަރިއްޔާއަށް އީޔޫއިން ކުރާ ޚަރަދުތައް ކުޑަކަމަށް ބުނެ މި ޚަރަދުތައް އިތުރު ނުކޮށްފިނަމަ އެމެރިކާއިން ވެސް މިކަމުގައި ފަހަތަށްޖެހި އެ ޤައުމުގައި ރަޝިއާގެ ބާރު ގަދަވާނެކަމަށް ބެލެވި މި މަސްރަހު މިހާރުވަނީ ވަރަށް ހޫނު ވެސް ވެފައެވެ.  

ޖޯ ބައިޑަންއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު