Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިސާން މަރާލަންޖެހޭކަމަށް ސިޔާމް ވިދާޅުވި މައްސަލަ

ސިޔާމަށް ނަސޭހަތްދީ މައާފަށް އެދުމަށް އެންގުމަށް ކޮމިޓީން ނިންމައިފި

މިމައްސަލަ ވަނީ ފުލުހުންނާއި އެމްއެންޑީއެފަށް ހުށަހަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖޫން 2021 | ބުދަ 20:21
މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު

މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު

ރަައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހިސާން ހުސައިން އަކީ ދަންޖައްސަން ޖެހޭ މީހެއްކަމަށާއި ހިސާން މަރާލިއަސް ފާފަވެރި ނުވާނެކަމަށް މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބެލުމަށްފަހު މިމައްސަލާގައި ސިޔާމް ހިސާން އަރިހުން މައާފަށް އެދިވަޑައިގަތުމަށް ދެންނެވުމަށާއި ސިޔާމަށް ނަސޭހަތްދިނުމަށް ފާސްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހު ކުރިޔަށްދިޔަ 241 ކޮމިޓީގެ ބައްދަލުވުމަށް ފަހުއެވެ. ސިޔާމް، ހިސާން އާ ދިމާލަށް އެހެން ވިދާޅުވާ އޯޑިއޯއެއް ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ލީކުކޮށްލާފައެވެ. ލީކުކޮށްލާފައިވާ އޯޑިއޯގައި ސިޔާމް ވިދާޅުވާކަމަށް އިވެނީ "ހަގީގަތުގައިވެސް ހިސާން ދައްޖަންސަން ޖެހޭކަމަށް. އެކަން ކޮށްގެން ފާފަވެރިވެސްނުވާނެ." އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު ވިދާޅުވީ މިކަން ހިސާން ވަނީ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައި ކަމަށެވެ. އަދި މިމައްސަލަ ފުލުހުންނާއި އެމްއެންޑީއެފަށް ހުށަހަޅާފައިވާކަމަށާއި އިމްތިޔާޒު ކޮމިޓީއަށްވެސް ފޮނުވާފައިވާ ކަމަށެވެ.

ކޮމިޓީއަށް މިމައްސަލަ ފޮނުއްވުމާއެކު ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މިކަމުގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ސިޔާމަށް މިފަދަ ކަމެއް އިތުރަށް ތަކުރާރުނުކުރުމަށް އެދި ނަސޭހަތްތެރިވުމަށާއި މާފަށް އެދިވަޑައިގަތުމަށް އެންގުމަށެވެ. މިހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.

މިހުށަހެޅުން ހުށަހެޅި އެކަމަށް ބަހުސް ކުރުމަށް ހުޅުވާލުމާއެކު 241 ކޮމިޓީގައިވެސް އިންނަވާ އިމްތިޔާޒު ކޮމިޓީގެ މެމްބަރ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ވިދާޅުވީ ސިޔާމް މިހާރު ވަނީ ހިސާންގެ ކިބައިން މާފަށް އެދިވަޑައިގެންފައިކަމަށެވެ. އަދި އެ ދެ ބޭފުޅުން މިހާރު ސަލާންގަލާންކޮށް މައްސަލަ ހައްލުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މައްސަލަ ހައްލުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވުމުން އެ މައްސަލަ ބޭރުކޮށްލަން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އެވެ. ނަޝީދު ވިދާޅުވީ މައާފަށް އެދިފައިވާކަން ނުރަސްމީކޮށް އެނގިފައިވާތީ ރަސްމީކޮށް މިކަން ބަލާ މައްސަލަ ބޭރުކޮށްލުމަށް ހުށަހަޅުއްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއަހުމަދު ސިޔާމްތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލު، ގެޒެޓް ކުރެވުނީ 2 މަސްވާން ގާތްވަނިކޮށް!

07 އޮކްޓޯބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލު، ގެޒެޓް ކުރެވުނީ 2 މަސްވާން ގާތްވަނިކޮށް!
19 ނޮވެމްބަރު 2024

ތަފްސީލެއް ނެތް ބަޖެޓަކަށް ބަހުސްކުރެވޭނެ ގޮތެއް ހިތާއި ސިކުނޑިއަކަށް ނުވިސްނުނު - ސިޔާމް

19 ނޮވެމްބަރު 2024
ތަފްސީލެއް ނެތް ބަޖެޓަކަށް ބަހުސްކުރެވޭނެ ގޮތެއް ހިތާއި ސިކުނޑިއަކަށް ނުވިސްނުނު - ސިޔާމް
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު